Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސާޒޯ ނޮނާކާ

އެންމެ މުސްކުޅި މިހާގެ ރިކޯޑް އޮތް މަސާޒޯ މަރުވެއްޖެ

22 ޖެނުއަރީ 2019 | އަންގާރަ 08:58

މަސާޒޯ މަރުވިއިރު އުމުރަކީ 113

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 ޖެނުއަރީ 2019 | އަންގާރަ 08:58
ގިނިސް ވޯލްޑް ރިކޯޑްސްއިން މަސާޒޯ އާއި ރިކޯޑް ލިބުނު ކަމުގެ ލިޔުން ހަވާލުކުރަނީ

ގިނިސް ވޯލްޑް ރިކޯޑްސްއިން މަސާޒޯ އާއި ރިކޯޑް ލިބުނު ކަމުގެ ލިޔުން ހަވާލުކުރަނީ

ނިމިގެންދިޔަ އަހަރާއި ހަމައަށް ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާކަމަށް ކަނޑައަޅައި ގިނިސް ވޯލްޑް ރިކޯޑްސްއިން 'އެންމެ މުސްކުޅި މިހާގެ ރިކޯޑް' ދީފައިވާ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ މަސާޒޯ ނޮނާކާ މަރުވެއްޖެއެވެ.

މަސާޒޯ މަރުވިއިރު އޭނާގެ އުމުރަކީ 113 އަހަރެވެ.

މަސާޒޯގެ ކާފަދަރިއެއް ކަމަށްވާ ޔޫކޯ އާއި ހަވާލާދީ، އޭއެފްޕީ އާއި އޭޕީގައި ބުނެފައިވަނީ މަސާޒޯ މަރުވެފައިވަނި އާދީއްތަ ދުވަހުގެ ހެނދުނު އޭނާ ނިދާފައި އޮއްވާ ކަމަށެވެ. އޭނާގެ މަރަކީ ޤުދުރަތީ މަރެއް ކަމަށާއި، މަރުވުމާއި ހަމައަށްވެސް އާންމު ގޮތެއްގައި ސިއްޙަތު ރަނގަޅު ކަމަށް ޔޫކޯ ވަނީ ބުނެފައެވެ.

މަސާޒޯ މަރުވެފައިވަނީ ޖަޕާނުގެ މައި ރަށް ކަމަށްވާ ހޮކައިޑޯގެ ޓޮކާޗީ ސަބްޕްރީފެކްޗަރގެ އަޝޮރޯ އަވަށުގައި ހުންނަ އޭނާގެ އައިލާއަށް ނިސްބަތްވާ ޓުއަރިސްޓް އިން އެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަސާޒޯގެ އާއިލާ ދިރިއުޅެނީވެސް ވޭތުވެދިޔަ 4 ޖީލުގައިވެސް އެ އާއިލާއިން ހިންގި މި އިންގައެވެ.

1905 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އުފަންވި މަސާޒޯ، އޭނާގެ މައިންބަފައި މަރުވުމަށްފަހު މުސްކުޅި އުމުރާއި ހަމައަށް މަސައްކަތް ކޮށްފައިވަނީ އާއިލީ އެ އިން ހިންގުމުގައެވެ. އޭނާ އެ މަސައްކަތަކުން ރިޓަޔަރ ވުމުން، އެތަން މިހާރު ހިންގަނީ އޭނާގެ ކަފަދަރިފުޅު ޔޫކޯއެވެ.

މަސާޒޯ ކައިވެނިކޮށްފައިވަނީ 1931 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް 5 ކުދިން ލިބިފައިވެއެވެ. މަސާޒޯއަށް ވުރެ މާކުރިން އޭނަގެ އަންހެނުންނާއި، 3 ކުދިން ވަނީ މުސްކުޅިވެ، މަރުވެފައެވެ.

"މިއީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް. ހޮނިހިރު ދުވަހުވެސް ކާފަގެ ހާލު ރަނގަޅު"، ޔޫކޯ ބުނެފައިވެއެވެ.

ޔޫކޯ ބުނީ ރިޓަޔަރމަންޓަށްފަހު ހޭދަކުރި ދުވަސްތަކުގައި އެންމެ ޝައުޤުވެރިކަމާއިއެކު މަސާޒޯ ކުރި ކަމަކީ ސޫމޯ ރެސްލިންގ ބެލުން ކަމަށެވެ.

ގިނިސް ވޯލްޑް ރިކޯޑްސްއިން އެންމެ މުސްކުޅި މީހާގެ ރިކޯޑް މަސާޒޯއަށް ދީފައިވަނީ، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އޭރު އެ ރިކޯޑް އޮތް ސްޕެއިންގެ ފްރޭންސިސްކޯ ނޫނޭޒް އޮލިވެރާ މަރުވުމާއި ގުޅިގެންނެވެ. އޮލިވޭރާ ފްރޭންސިސްކޯ މަރުވިއިރު އޭނާގެ އުމުރަކީވެސް 113 އަހަރެވެ.

ޖަޕާނަކީ ދުނިޔޭގެ ނިސްބަތުން ދިރިތިބޭ އުމުރު އެންމެ ދޮށި އެއް ޤައުމެވެ. އަދި މިހާތަނަށް އެންމެ މުސްކުޅި މީހުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ގިނަ މީހުންނަކީވެސް ޖަޕާނުގެ ރައްޔިތުންނެވެ. މީގެ ތެރޭގައި އެންމެ މުސްކުޅި މިހާގެ ރިކޯޑް ލިބިފައިވަނިކޮށް، 2013 ވަނަ އަހަރު އުމުރުން 116 އަހަރުގައި މަރުވި ޖިރޯއެމަން ކިމޫރާވެސް ހިމެނެއެވެ.

ޖިއޭން ލުއީސް ކެލްމެންޓް ޒުވާން އިރާއި މަރުވުމުގެ އަހަރެއް ކުރި: އޭނާ މަރުވެފައިވަނީ އުމުރުން 122 އަހަރުގައި

ފަހުގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި ކަމަށް ގިނިސް ވޯލްޑް ރިކޯޑްސްއިން ކަނޑައަޅާފައިވަނީ ފްރާންސްގެ އަންހެނެއް ކަމަށްވާ ޖިއޭން ލުއީސް ކެލްމެންޓެވެ. އޭނާ މަރުވެފައިވަނީ 1997 ވަނަ އަހަރު، އުމުރުން 122 އަހަރުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

13 ޖޫން 2017

ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

13 ޖޫން 2017
ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
11 ޖޫން 2017

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!

11 ޖޫން 2017
ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!
01 ޖޫން 2017

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް