Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ސަރުކާރު ހުއްޓުން

އެމެރިކާ ސަރުކާރު ހުއްޓުން: ކަންތައްތަކެއް ގުރުބާން ކުރެއްވުމަށްފަހު ޓްރަމްޕްގެ އާ ޕްލޭނެއް

ޑްރީމަަރސްގެ ގޮތުގައި 700،000 އެއްހާ މީހުން އެބަތިބި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2019 | އާދީއްތަ 11:19
އާ ޕްލޭނާ ބެހޭގޮތުން ރައީސް ރައީސް ޓްރަމްޕް ވާހަކަފުޅު ދެއްކެވުމުގެ ކުރިންސްވެސް ޓްރަމްޕް ހުށަހަޅުއްވާނެކަމަށް ލަފާކުރެއްވޭ ޕްލޭނަށް ޑެމޮކްރޭޓުންވަނީ ދެކޮޅު ހައްދަވާފައި

އާ ޕްލޭނާ ބެހޭގޮތުން ރައީސް ރައީސް ޓްރަމްޕް ވާހަކަފުޅު ދެއްކެވުމުގެ ކުރިންސްވެސް ޓްރަމްޕް ހުށަހަޅުއްވާނެކަމަށް ލަފާކުރެއްވޭ ޕްލޭނަށް ޑެމޮކްރޭޓުންވަނީ ދެކޮޅު ހައްދަވާފައި

ސަރުކާރު ހުއްޓުމުކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ޑިމޮކްރެޓުންނާއެެކު އެއްބަސް ވުމަކަށް ދެވޭތޯ، މެކްސިކޯއާއި އެމެރިކާގެ ސަރަހައްދީ އިމުގައި ފާރެއް ރޭނުމަށް ރަައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުން ބަދަލުކުރައްވައި އާ ޕްލޭނެއް ހުށަހަޅުއްވައިފިއެވެ.

ބޯޑަރު ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމަނައިގެން ފާސްކުރުމަށް ރައީސް ޓްރަމްޕް ބޭނުންފުޅުވާއިރު ޑިމޮކްރެޓުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ބަޖެޓް ފާސްނުވެ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަތާ ހަތަރު ހަފްތާވެފައި ވާއިރު ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވަނީ އެ ފާރު ރޭނުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އާ ޕްލޭނާ ބެހޭގޮތުން ރައީސް ރައީސް ޓްރަމްޕް ވާހަކަފުޅު ދެއްކެވުމުގެ ކުރިންސްވެސް ޓްރަމްޕް ހުށަހަޅުއްވާނެކަމަށް ލަފާކުރެއްވޭ ޕްލޭނަށް ޑެމޮކްރެޓުންވަނީ ދެކޮޅު ހައްދަވާފައެވެ.

މިއީ އެމެރިކާގެ ތާރީޚްގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަށްއައި ފަހަރު ކަމަށްވާއިރު 800،000 މުވައްޒަފުންނަށް އެކަމުގެ އަސަރުވަނީ ކޮށްފައެވެ.

ރައީސް ޓްރަމްޕްގެ ތަގުރީރު ފައްޓަވާފައިވަނީ އެމެރިކާއަކީ ރެފިއުޖީންނަށް މަރުހަބާ ކިއުމުގެ ފަޚުރުވެރި ސަގާފަތެއް އޮތް ގައުމެއްކަމަށް ވިދާޅުވެއެވެ. ނަމަވެސް އެ ނިޒާމް ހަލާކުވެފައި އޮންނަތާ ޒަމާންތަކެއް ވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ އެ މަނިކުފާނު އެ ހުންނެވީ ސަރުކާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ކޮންގްރެސްއަށް ކުރިޔަށްދެވޭނެ މަގެއް ފޯރުކޮށްދިނުމަށެވެ.

ބޯޑަރު ފާރު އެޅުމަށް ބޭނުންފުޅުވާ ސަބަބު ތަކުރާރުކުރައްވައި ޓްރަމްޕް މި ފަހަރު ވިދާޅުވީ އެތަނުގައި އަަޅަނީ ދާއިމީ ފާރެއް ނޫންކަމަށާއި އެއީ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ދަގަނޑު ސްޓަރކްޗަރއެއް ގާއިމް ކުރައްވާނީ ކަމަށެވެ. ރައީސް ޓްރަމް އެހެންވިދާޅުވ ނަމަވެސް ފާރު ރޭނުމަށް ކުރިންވެސް ކަނޑައަޅުއްވައި ކޮންގްރެސްގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެންފައިވާ 5.7 ބިލިއަން ޑޮލަރުން އެއްވެސް މިންވަރަކަށް ބަދަލެއް ނާދެއެވެ.

ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ދެ ހުހުށަހެޅުއްވުމާމެދުވެސް ޑްރީމަރސް އަދި ޓެމްޕޮރަރީ ޕްރޮޓެކްޝަން ސްޓޭޓަސްގައި ތިބޭފަރާތްތަކުން ކަންބޮޑުވެއެވެ.

ޑްރީމަރސްއަކީ ޑީޕޯޓްކޮށްލުމުގެ ބިރެއްނެތި އެ ގައުމުގައި ވަޒީފާ އަދާކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގޭ ޕްރޮގްރާމްގެ ދަށުގައި ތިބި ފަރާތްތަކެވެ. ހުއްޓާލުމަށް ރައީސް ޓްރަމްޕް މަސައްކަތްކުރައްވަމުން ގެންދަވާ މި ޕްރޮގްރާމްގެ ދަށުގައި ތިބި ފަރާތްތަކަށް ރައްވެހިކަމެއް ނުލިބޭނެއެވެ.

ޑްރީމަަރސްގެ ގޮތުގައި 700،000 އެއްހާ މީހުން އެބަތިއްބެވެ. އެ މީހުންނަކީ އެމީހުންގެ ޅައުމުރުގައި އެމީހުންގެ މައިންބަފައިން ގަވައިދާ ޚިލާފަށް އެ ގައުމަށް އެތެރެވެފައިވާ މީހުންނެވެ.

ރައީސް ޓްރަމްވަނީ ޓެމްޕޮރަރީ ޕްރޮޓެކްޝަން ސްޓޭޓަސްގައި ތިބި ފަރާތްތަކަށްވެސް ވަޒީފާ އަދާކުރުމުގެ ހުއްދައާއެެކު ތިން އަހަރު އެ ގައުމުގައި މަޑުކުރުމުގެ ހުއްދަ ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެކަމަކީ ރައީސް ޓްރަމްޕް ކުރިން ދެކޮޅު ހެއްދެވި ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު