Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - އުތުރު ކޮރެއާ

ޓްރަމްޕާއި ކިމްގެ ދެ ވަނަ ބައްދަލުވުން އޮންނާނީ އަންނަ މަހު

19 ޖެނުއަރީ 2019 | ހޮނިހިރު 17:34

ބައްދަލުވުން ބާއްވާނެ ތާރީހާއި ތަން ފަހުގެ ތާރިހެއްގައި އިއުލާންކުރާނެ

އަމަން ހަލީމް
އަމަން ހަލީމް | 19 ޖެނުއަރީ 2019 | ހޮނިހިރު 17:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން (ވ)

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން (ވ)

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ރަސްމީ ބައްދަލުވުން އަންނަ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ވައިޓް ހައުސްއިން އިއުލާންކޮށްފިއެވެ.

ހުކުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ވައިޓް ހައުސްގެ އޮފިޝަލްއަކު ބުނީ ބައްދަލުވުން ބާއްވާނެ ތާރީހާއި ތަން ފަހުގެ ތާރިހެއްގައި އިއުލާން ކުރާނެ ކަމަށެވެ. އެ ބައްދަލުވުން ބާއްވާން ޝޯޓްލިސްޓު ކުރެވިފައިވާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑް އަދި ހަވާއީ ހިމެނެއެވެ.

އެ ބައްދަލުވުން އޮންނާނެ ކަން އިއުލާން ކުރެއްވީ، ކުރީގެ އުތުރު ކޮރެއާގެ ޖާސޫސީ އިދާރާގެ ވެރިޔާ އަދި މިހާރު ނިއުކްލިއަރ މައްސަލައިގެ މަޝްވަރާއާ ހަވާލުވެގެން ހުންނެވި އެންމެ އިސް ފަރާތް ކަމުގައިވާ ކިމް ޔޮންގް ޗޮލް، ޓްރަމްޕާ އެކު އޯވަލް އޮފީހުގައި ބޭއްވި 90 މިނިޓުގެ ބައްދަލުވުމަކަށް ފަހުގައިއެވެ.

ކިމް އާއި ޓްރަމްޕް ބައްދަލުކުރައްވާނެ ކަން އިއުލާން ކުރައްވާފައި މި ވަނީ، ދުވަސްތަކެއް ވަންދެން ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުމަށް ފަހުގައެވެ.

ޓްރަމްޕާއި ކިމް ފުރަތަމަ ބައްދަލުކުރެއްވީ 2018 ވަނަ އަހަރުގެ ޖޫން މަހުގައި ސިންގަޕޫރުގައެވެ. އެ ފަހަރުގެ ބައްދަލުމުވުމަށް ފަހު އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލާނެ ކަމަށް ބުނި ނަމަވެސް، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައި ވަނީ، އުތުރު ކޮރެއާ އިން އަދިވެސް ނިއުކްލިއަރ ހަކަތައާއި، ހަތިޔާރާއި މިސައިލް އުފެއްދުން ހުއްޓާލާފައި ނުވާ ކަމަށެވެ. އުތުރު ކޮރެއާއިން ބުނަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލާނީ އެމެރިކާއިން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

ރައީސް ޓްރަމްޕާއި ބައްދަލު ކުރަން ބޭނުން: ރައީސް މަޑޫރޯ

11 އޯގަސްޓު 2017
ރައީސް ޓްރަމްޕާއި ބައްދަލު ކުރަން ބޭނުން: ރައީސް މަޑޫރޯ
07 ޖުލައި 2017

ޖީ20 ސަމިޓް: ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވައިފި

07 ޖުލައި 2017
ޖީ20 ސަމިޓް: ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވައިފި
07 ޖުލައި 2017

ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

07 ޖުލައި 2017
ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް