Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައިރޯބީގެ ހޮޓަލަކަށް ހަމަލާދިނުން

ނައިރޯބީގައި ދިން ޓެރަރިސްޓު ހަމަލާގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި

19 ޖެނުއަރީ 2019 | ހޮނިހިރު 04:18

މި ހަމަލާތަކުގައި 21 މީހެއްގެ ފުރާނަ ވަނީ ގެއްލިފައި

އަމަން ހަލީމް
އަމަން ހަލީމް | 19 ޖެނުއަރީ 2019 | ހޮނިހިރު 04:18
އަލް ޝަބާބްގެ ހަނގުރާމަވެރިންތަކެއް

އަލް ޝަބާބްގެ ހަނގުރާމަވެރިންތަކެއް

ކެންޔާގެ ވެރިރަށް ނައިރޯބީއަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށް، އެ މީހުން 30 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކެންޔާގެ ހަތަރު ރައްޔިތަކާއި ކެނެޑާގެ ރައްޔިތެކެވެ. 18 ގަޑި އިރަށް ދެމިގެންދިޔަ މި ހަމަލާތަކުގެ ޒިންމާ ނެގީ، ކެންޔާގެ އަވަށްޓެރި ސޮމާލިއާގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ އަލް ޝަބާބް ޖަމާއަތުންނެވެ. މި ހަމަލާތަކުގައި 21 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި އެ ގައުމުގެ ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސިކިއުޝަން ވިދާޅުވީ ތަހުގީގު ޓީމުން މި މައްސަލައާއި ގުޅިގެން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އިރު، މައްސަލައިގެ ބޮޑުކަމުން އަދި ވަގުތު ބޭނުންވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖޮއެލް ގަންގާއާއި އޮލިވަރ މުތީއާއި، އޮސްމާން އިބްރާހިމް، ގްލޭޑީސް ކާރީ އަދި ގުލައިދު އަބްދިހާކިމްއެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ނައިރޯބީގެ އީސްޓްލޭ އާއި ރުއަރްކާ ނެއިބަރހުޑްތަކުން ބުދަ ދުވަހުގައެވެ.

އަލް ޝަބާބްއިން ބުނީ މި ހަމަލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނަން ނިންމުމާއި ގުޅިގެން، އެކަމުގެ ރައްދެއްގެ ގޮތުގައި ދިން ހަމަލާއެއް ކަމަށެވެ.

ނައިރޯބީގެ ޑުސިތް ޑީ2 ކޮމްޕްލެކްސްއަށް ދިން ހަމަލާގައި ކެންޔާގެ 16 މީހުން މަރުވެފައިވާއިރު، ދެން އޭގެ ތެރޭގައި ހިމެނެނީ އެމެރިކާއާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ މީހުންނެވެ. އިތުރަށް މަރުވި ތިން މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބަޔެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއީ ނައިރޯބީގެ ވެސްޓްގޭޓް މޯލަށް 2013 ވަނަ އަހަރު ދިން ހަމަލާއަށް ފަހު އެ ގައުމުގައި ދިން އެއްމެ ނުރައްކާތެރި ހަމަލާއެވެ. ވެސްޓްގޭޓް ހަމަލާގައި 60 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް