Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ - ސްރީލަންކާ

ބޭންކް އޮފް ޗައިނާއިން ލަންކާއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ހުށައަޅައިފި

16 ޖެނުއަރީ 2019 | ބުދަ 15:39

އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އެރަން ވިކްރަމަރަތްނެ ވިދާޅުވީ ލަންކާއިން މި ހުށައެޅުމާއި ދޭތޭރޭ ވިސްނަމުންދާ ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 16 ޖެނުއަރީ 2019 | ބުދަ 15:39
ޗައިނާގެ އެހީގައި ހަދާ ކޮލޮމްބޯ ޕޯޓް ސިޓީ ކައިރިން މީހަކު ދުވެފައި ދަނީ

ޗައިނާގެ އެހީގައި ހަދާ ކޮލޮމްބޯ ޕޯޓް ސިޓީ ކައިރިން މީހަކު ދުވެފައި ދަނީ

ޗައިނާގެ އެއްމެ ބޮޑު އެއް ބޭންކް ކަމުގައިވާ ބޭންކް އޮފް ޗައިނާ އިން، ލަންކާގެ ސަރުކާރަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ހުށައަޅައިފިއެވެ.

ލަންކާގެ ސަރުކާރަށް މި ހުށައެޅުން އައިސްފައި މި ވަނީ، ސިޔާސީ މަސްރަހު ހަލަބޮލިވުމާ ގުޅިގެން އެ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ. ބޭންކް އޮފް ޗައިނާ އިން ވަނީ މި ހުށައެޅުމުގައިވާ އަދަދު 1 ބިލިއަން ޑޮލަރަށް ބޭނުންވެއްޖެ ހާލަތެއްގައި ބޮޑުކުރުގެ ފުުރުސަތު ވެސް ހުށައެޅުމުގައި ހިމަނާފައެވެ.

ރޮއިޓާރޒްއާ ވާހަކަދައްކަވަމުން އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އެރަން ވިކްރަމަރަތުނެ ވިދާޅުވީ ލަންކާ އިން މި ހުށައެޅުމާ ދޭތޭރޭ ވިސްނަމުންދާ ކަމަށެވެ. އަދި އިންޑިއާއާ އެކު ވެފައިވާ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމުގައިވާ އަދަދު 400 މިލިއަން ޑޮލަރުން 1 ބިލިއަން ޑޮލަރަށް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިކްރަމަރަތުނެ ވިދާޅުވިއެވެ.

ވިކްރަމަރަތުނެ ވިދާޅުވީ ސަރުކާރުގެ ކޮމިޓީއަކުން މި ލޯނުގެ ކަންކަން ދިރާސާ ކުރުމަށް ފަހު، ލޯނުގެ ޝަރުތުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މި ލޯނުގެ "ސިޔާސީ އަގު" ވަރަށް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަންކާގެ ކްރެޑިޓް ރޭޓިންގް ދަށްކުރުމާ ގުޅިގެން، އެ ގައުމަށް ދަރަނި ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެ ގައުމުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެކަނި ވެސް 2.6 ބިލިއަން ޑޮލަރު އެކި ފަރާތްތަކަށް ދައްކަން ޖެހެއެވެ. އަދި މުޅި ޖުމުލަ 5.9 ބިލިއަން ޑޮލަރުގެ ދަރަނި އެ ގައުމުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި ދައްކަން ޖެހެއެވެ.

ލަންކާއަށް އިންވެސްޓް ކުރާ ފަރާތްތަކުން ކުރާ އިތުބާރު ގެއްލެން މެދުވެރިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން ވަކިކުރުމަށް އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ނިންމެވުމާއި ގުޅިގެންނެވެ. އަދި އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަނު ކުރުމަށް ފަހު ސިރިސޭނާ ވަނީ، އެ ގައުމުގެ ގާނޫނޫހަދާ މަޖިލިސް އުވާލާފައެވެ.

ނަމަވެސް އެ ގައުމުގެ ސުޕްރީމް ކޯޓުން ގާނޫނުހަދާ މަޖިލިސް އުވާލަން ނިންމި ނިންމުން ބާތިލުކުރުމާ ގުޅިގެން، ސިރިސޭނާ ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި އަލުން ބޮޑު ވަޒީރުގެ މަގާމަށް ވިކްރަމަސިންހަ އައްޔަނުކޮށްފައެވެ.

ލަންކާގެ ޖުމްލަ ދަރަނީގެ ތެރެއިން ހަތަރު ބައިކުޅަ އެއްބަޔަކީ، ޗައިނާއަށް ދަރާފައިވާ ފައިސާއެވެ. ލަންކާގައި ބަނދަރުތަކާއި މަގުތަކާއި އުމްރާނީ ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ވަނީ އެ ގައުމަށް 8 ބިލިއަން ޑޮލަރު ދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

01 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
14 އެޕްރީލު 2017

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017
 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް