Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ އައްޑޫ މީދޫ ދާއިރާ ޕްރައިމަރީ

އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު

16 ޖެނުއަރީ 2019 | ބުދަ 11:53

ބޮޑު ފަނޑިޔާރު މަނިކުފާނުއްސުރެ ފަށައިގެން ރާއްޖޭގެ ފަނޑިޔާރުގޭގައި ގިނައިން މަސައްކަތް ކުރައްވާފައިވަނީ މީދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 16 ޖެނުއަރީ 2019 | ބުދަ 11:53
މީދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ރޮޒައިނާ އާދަމްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން

މީދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ރޮޒައިނާ އާދަމްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން

އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ރޮޒެއިނާ އާދަމްގެ ކެމްޕޭން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި އިންސާފު ގާއިމްކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވެފައި ވަނީ އައްޑޫސިޓީ މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.

Advertisement - newsAdvertisement

އިންސާފު ގާއިމްކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1300 އަހަރުން ކުރިން، މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނުއްސުރެ ފަށައިގެން ރާއްޖޭގެ ފަނޑިޔާރުގޭގައި ގިނައިން މަސައްކަތް ކުރައްވާފައިވަނީ މީދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ދައުރުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ނަން ފާހަގަކުރައްވާ، އެ މަނިކުފާނު އުޅުއްވާ ހިތްދަތި ހާލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ ސަލާމަތް ލިބެން އޮތީ އައްޑޫ ސިޓީ ތަރައްގީވެގެން ކަމަށެވެ.

" މަޖިލިސް 19 ވެގެންދާނީ އައްޑޫމީދޫ އަކީ ޒަމާނުއްސުރެ ފެށިގެން ރާއްޖޭގެ ކޮންކަމަކާއި ހަވާލުވެ ތިބި ބައެއްކަން ދަނެގެން، އެކަން އެގި އެކަން ކުރުމަށް އެ ރަށުގެ ރައްޔިތުންނަށާއި އެ ސިޓީގެ ރައްޔިތުންނަށް މަގުފަހިކޮށްދޭ މަޖިލީހަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫސިޓީގެ ތަރައްގީގެ ބާނީއަކީ ރައީސް ނަޝީދު ކަމަށް އެ ސިޓީގެ ރައްޔިތުން ގަބޫލުކުރަމުން އަންނައިރު، ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ އައްޑޫ ސިޓީ ތަރައްގީކުރުމަށް 19 ވަނަ ރައްޔިތުން މަޖިލީހުގައި ކުރައްވާނެ ކަންތައްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫސިޓީގެ ރައްޔިތުން ރަށް ދޫކޮށް ހިޖްރަކުރަމުން އަންނަ މައްސަލަ އެއީ ބޮޑު މައްސަލައެއް ކަމަށެވެ. މަދުވެގެން 60000 (ފަސްދޮޅަސް ހާސް) މީހުންގެ އާބާދީ އައްޑޫ ސިޓީގައި ދިރިއުޅެންޖެހޭ ކަމަށާއި، ސިޓީއަށް މީހުން ގެންނާނެ ގޮތްތައް ބަލާ، ދިރާސާކުރަންޖެހޭ ކަމަށެވެ. އެމްޑީޕީގެ މުޅި މެނިފެސްޓޯ އަމާޒުކުރެވިފައި ވަނީ އައްޑޫ ސިޓީ އާބާދުކުރުމަށް ކަމަށާއި، އެކަން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެކަން ކުރަން މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަރައްގީގެ ތަސައްވުރާއި އެހެން ޕާޓީތަކުގެ ތަރައްގީގެ ތަސައްވުރު ބޮޑުތަނުން ތަފާތުވާނެ ކަމަށެވެ. އެހެން ޕާޓީތަކަކީ ވައުދުވާ އަދި ވައުދުވާން ދަންނަ ޕާޓީތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވައުދެއް އެ ޕާޓީތަކުގައި ނެތް، ވައުދުވާން ވެސް ނުދަނޭ. ވައުދަކީ ސިޔާސަތެއް އެކުލަވާލައި އެކަމެއް ކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް