Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް

ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި

މި ޕްރޮގްރާމް ކުރިއަށް ދާނީ 15 ޖެނުއަރީ އިން 17އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ޖެނުއަރީ 2019 | އަންގާރަ 12:36
ަަސީއެމްޑީއޭއިން ކުރިއަށްގެންދާ ޑައިރެކްޓާސް ޕްރޮގްރާމް

ަަސީއެމްޑީއޭއިން ކުރިއަށްގެންދާ ޑައިރެކްޓާސް ޕްރޮގްރާމް

ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ އާއި ވިމެން އޮން ބޯޑްސް (ވޮބް) ގުޅިގެން ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމެއް އަންގާރަ ދުވަހު ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ދާނީ 15 ޖެނުއަރީ އިން 17 ޖެނުއަރީ 2019ގެ ނިޔަލަށެވެ.

މި ޕްރޮގްރާމްއަކީ ލިސްޓުކޮށްފައިވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ޕްރައިވެޓް ކުންފުނިތަކުގެ ބޯޑުގެ ޑައިރެކްޓަރުންނާއި ސީނިއަރ އެގްޒެކެޓިވް މަޤާމުތައް ފުރުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

އަދި ޑައިރެކްޓަރުކަން ނުވަތަ ކުންފުންޏެއްގެ ސީނިއަރ އެގްޒެކެޓިވް މަޤާމެއް ފުރުމުގެ ޝައުގުވެރިކަން ހުރި ކޮންމެ ފަރާތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވެއެވެ.

މިޕްރޮގްރާމްގެ އަމާޒަކީ ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކަށް އަހުލުވެރިކުރުވުމާއި، ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކާ އެއްގޮތަށް ކުންފުނީގެ ހިންގުން ބައްޓަންކުރުމުގައި ބޯޑުގެ ޒިންމާއާ މަސްއޫލިއްޔަތުތަކާގުޅޭ ގޮތުން މައުލޫމާތު ދިނުމެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ފޯރުކޮށްދެވޭނެ އެހެނިހެން އަސާސީ މައުލޫމާތުގެ ތެރޭގައި، ކުންފުންޏާބެހޭ ޤާނޫނާއި ޓެކްސްގެ ނިޒާމާއި އެންޓި-ކޮރަޕްޝަނާއި އޮޑިޓިންގގެ މައުލޫމާތު ހިމެނެއެވެ.

މިޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ ރާއްޖޭގެ ތަޖުރިބާކާރު ފަރާތްތަކެކެވެ. މިޕްރޮގްރާމްގައި ޖުމުލަ 27 ފަރާތަކުން ބައިވެރިވެފައިވެއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު