Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓްރީ

އެއްމާބަނޑު ދެ ކުދިންނާ އެކު ރަޝްފާ މަރުވި މައްސަލަ ހެލްތުން ބަލަނީ

15 ޖެނުއަރީ 2019 | އަންގާރަ 09:07

ފުލުހުންނަށާއި ހެލްތަށް މައްސަލަ ހުށަހަޅާފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 15 ޖެނުއަރީ 2019 | އަންގާރަ 09:07
އުމުރުން 21 އަހަރުގެ ރަޝްފާ އަހުމަދު: ބަނޑުގައި އޮތް ދެ ދަރިންނާ އެކު ރަޟްފާ މަރުވީ މިދިޔަ މަހުގެ 29 ގައި

އުމުރުން 21 އަހަރުގެ ރަޝްފާ އަހުމަދު: ބަނޑުގައި އޮތް ދެ ދަރިންނާ އެކު ރަޟްފާ މަރުވީ މިދިޔަ މަހުގެ 29 ގައި

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ޒުވާން އަންހެން ކުއްޖަކު ކ. މާފުށީގައި މަރުވި މައްސަލާގައި އެ ރަށު ސިއްހީ މަރުކަޒުގެ އިހްމާލެއް އޮތްތޯ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ބަނޑަށް އަށް މަހުގައި އެއްމާބަނޑު ދެ ކުދިންނާ އެކު މިދިޔަ މަހުގެ 29 ވަނަ ދުވަހު މާފުށީގައި މަރުވީ އެ ރަށު ޒުވާނަކާ އިނދެގެން އުޅޭ ފުވައްމުލަކު ހޯދަނޑު، އޯޝަންވިލާ، ރަޝްފާ އަހުމަދު (ރަޝް), 21, އެވެ. އޭނާ މަރުވީ ހުންގަދަވުމުން މާފުށީ ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައި ވަނިކޮށް، ޖެހިގެން އައި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފިޓުޖެހިގެންނެވެ.

Advertisement - newsAdvertisement

ރަޝްފާ އާއިލާއިން މީޑީއާތަކުގައި ބުނެފައި ވަނީ އޭނާ ކެއްސާތީ، މާފުށީ ސިއްހީ މަރުކަޒަށް ދެއްކި ކަމަށާއި ޑޮކްޓަރުން އޭނާ އަށް ދީފައިވާ ބޭހާ މެދު އާއިލާއިން ޝައްކު އުފެދޭ ކަމަށެވެ. އެ ބޭސް ކޭ ފަހުން، ދަންވަރު އާދަޔާ ހިލާފަށް ހޮޑުލައި ސިއްހީ ހާލަތު ގޯސްވެ، މަރުވީ ކަމަށް ރަޝްފާގެ އާއިލާއިން ބުނެފައިވެއެވެ.

ރަޝްފާއަށް ދިން ބޭސްތަކާ މެދު ސުވާލު އުފައްދައި، އާއިލާއިން ވަނީ އެ މައްސަލަ ފުލުހުންނަށާއި ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައެވެ.

ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހެލްތު މިނިސްޓްރީއަށް އާއިލާ އިން އެ މައްސަލަ ހުށަހެޅުމުގެ ކުރިން އެ މިނިސްޓްރީގެ ހެލްތު އެޝުއަރެންސް ސެކްޝަނުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ ސެކްޝަނުން ބަލަމުންދަނީ ރަޝް އާއި އޭނާގެ ބަނޑުގައި އޮތް ދެ ދަރިން މަރުވީ ޑޮކްޓަރެއްގެ އިހްމާލުންތޯ ނުވަތަ ނަރުހުންގެ އިހްމާލުންތޯ އަދި އެކަން މެދުވެރިވީ އެހެން ގޮތަކުންތޯ ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފަސްހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާފުށީ ސިއްހީ މަރުކަޒުގެ ހާލަތާ ގުޅޭ ގޮތުން މާފުށީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ބުނީ ބޮޑު އާބާދީއަކަށް އެކަށީގެންވާ ހިދުމަތްތަކެއް އެ ރަށުގެ ސިއްހީ މަރުކަޒުގައި ނެތް ކަމަށާއި ޒަހަމްވެފައި ހުންނަ ތަނެއް، "ފަހާލާނެ ރޮނދި ކޮޅެއް" އަދި އޮކްސިޖަން ފުޅިއެއް ވެސް އެތަނުގައި ނުހުންނަ ކަަމަަށެވެ.

ގެސްޓުހައުސް ވިޔަފާރި ކުރި އަރާފައިވާ، މާފުށިން ކޮންމެ އަހަރަކު ރެކޯޑު އަދަދަކަށް ދައުލަތަށް ޓެކްސް ދައްކަމުންދާއިރު ވެސް ސިއްހީ މަރުކަޒު ހާލަތާއި ރަށުގެ ތަރައްގީއަށް ދައުލަތުން ހޭދަ ނުކުރާތީ، ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިދިޔަ އަހަރު މާފުށީ ގެސްޓު ހައުސްތަކުން ދައުލަތަށް ވަނީ 150 މިލިއަން ރުފިޔާގެ ޓެކްސް ދައްކާފައެވެ. ނަމަވެސް އެ ރަށު ކައުންސިލްގެ ބަޖެޓަށް ވެސް ދައުލަތުން ދީފައި ވަނީ ދެ މިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް