Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޙަޝޯގްޖީގެ ގަތުލު

ކުރީގެ އެޑްވައިޒަރު އަލް-ގަހްތާނީއާއި ވަލީއަހުދު މުހައްމަދު އަދިވެސް މުއާމަލާތް ކުރޭ: ރިޕޯޓް

12 ޖެނުއަރީ 2019 | ހޮނިހިރު 04:33

ސިއްރު މަސްދަރުތަކަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ވަލީއަހުދު ސަލްމާން އަދިވެސް އަލް-ގަހްތާނީއާއި އެކު އެކި ކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 12 ޖެނުއަރީ 2019 | ހޮނިހިރު 04:33
ވަލީއަހުދު މުހައްމަދު ބިން ސަލްމާން

ވަލީއަހުދު މުހައްމަދު ބިން ސަލްމާން

ސައުދީ ނޫސްވެރިޔާ ޖަމާލް ޙަޝޯގީގެ މަރުގެ މޭސްތިރި ކަމަށް ތުހުމަތު ކުރެވޭ، ކުރީގެ އެޑްވައިޒަރު ސައުދް އަލް-ގަހްތާނީއާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން މުއާމަލާތް ކުރާކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާއާއި ސައުދީގެ ސިއްރު މަސްދަރުތަކަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ވަލީއަހުދު މުހައްމަދު އަދިވެސް އަލް-ގަހްތާނީއާއި އެކު އެކި ކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށެވެ. ވަލީއަހުދުއާ މި ފަހުން ބައްދަލުކުރި އެމެރިކާގެ މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އަލް-ގަހްތާނީ އަތުގައި މުހިއްމު ލިޔެކިޔުންތައް އެބަހުރި ކަމަށާއި، އޭނާ ކުއްލިއަކަށް އެކަހެރިކޮށްލި ކަމަށް ގަބޫލުކުރުމަކީ، ވާނެ ކަމެއް ނޫން ކަމަށެވެ.

އެ ނޫހަށް މައުލޫމާތު ދިން ސައުދީ މަސްދަރުން ވެސް ވަނީ މިކަން ޔަގީންކޮށްދީފައެވެ. އެ މަސްދަރުން ބުނެފައިވަނީ މަގާމުން ވަކިކުރެވުނު އިރު، އަލް-ގަހްތާނީ ކުރަމުން ދިޔަ މަސައްކަތްތައް ނިންމުމަށް ނުވަތަ ހަވާލުކުރަން އޭނާ ޖެހޭނެ ކަމަށެވެ.

އަލް-ގަހްތާނީއާއި ބެހޭގޮތުން އެއްމެ ފަހުން ރަސްމީ ފަރާތަކުން ބަހެއް ބުނެފައިވަނީ، ހަޝޯގީގެ މައްސަލައިގައި އޭނާގެ ތަހުގީގު ކުރަމުންދާ ކަމަށާއި ގައުމުން ބޭރުވުން އޭނާއަށް މަނާކުރެވިފައިވާ ކަމަށް، ރުނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޙަޝޯގީގެ މައްސަލައާއި ގުޅިގެން އަލް-ގަހްތާނީ މަގާމުން ދުރުކުރެވުނު އިރު، ތުރުކީން ބުނެފައިވަނީ ޙަޝޯގީ ސައުދީއަށް އަނބުރާ ދާން އެއްބަސްނުވެއްޖެ ހާލަތެއްގައި އޭނާ މަރާލަން އޯޑަރު ދިނީ އަލް-ގަހްތާނީ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޙަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސުލެޓްގެ ތެރޭގައިއެވެ. އެތައް ދުވަހެއް ވަންދެން ސައުދީއިން އޭނާއަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނުމަށް ފަހު ވަނީ، އެ ގައުމުގެ ރައްޔިތުންތަކެއް ވެގެން ޙަޝޯގީ މަރާލިކަމަށް އެއްބަސްވެފައެވެ. މި މައްސަލައިގައި ޝާމިލްވީ ކަމަށް ބުނާ ފަރާތްތަކަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ސައުދީ ޕްރޮސިކިއުޓަރު ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް

10 އެޕްރީލު 2017
ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް