Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގައުމީ އެއާލައިން މޯލްޑިވިއަން

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބުމުގެ ޝަކުވާ ކުރަން ނުޖެހޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2019 | ބުދަ 19:14
ގައުމީ އެއާލައިން \'\'މޯލްޑިވިއަން\'\'

ގައުމީ އެއާލައިން \'\'މޯލްޑިވިއަން\'\'

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ ވަދުއު ފުއްދުމުގެ ގޮތުން ގައުމީ އެއާލައިންތަކުގެ އެތެރޭގެ އުދުހުންތަކުގެ އަގު ބުރާސްފަތި ދުވަހުން ފެށިގެން ހެޔޮކޮށްފިއެވެ. އެގޮތުން މާލެ އާއި ހަނިމާދޫގެ ދެކޮޅު ދަތުރާއި، މާލެއާއި ތިމަރަފުށީގެ ދެކޮޅު ދަތުރު އަދި މާލެއާއި ކައްދޫގެ ދެކޮޅު ދަތުރުގެ އަގުވަނީ 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު އަދަދަކަށް ކުޑަކޮށްފައެވެ. މީގެ އިތުރުން މާލެއާއި އިފުރާއި ދެމެދުގެ ދެކޮޅު ދަތުރާއި، މާލެއާއި ކުޑަހުވަދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،500 ރުފިޔާއާއި 2،056 ފުރިޔާއާއި ދެމެދުގެ އަގަކަށް ކުޑަ ކޮށްފައެވެ. މާލެއާއި ކޫއްޑޫ އަދި މާލެއާއި ކާޑެއްދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،652 ރުފިޔާއާއި 2،442 ރުފިޔާއާއި ދެމެދުގެ އަގަކަށް ކުޑަކޮށްފައެވެ. އަދި މާލެއާއި ފުވައްމުލަކުގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،698 ރުފިޔާއާއި 2،598 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައެވެ.

މާލެ އާއި އައްޑޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،698 ރުފިޔާއާއި 2،666 ރުފިޔާއާދެމެދުގެ އަގަކަށް ކުޑަކޮށްފައެވެ. މި އަގުތަކުގައި ޓިކެޓް ވިއްކަން ފަށާނީ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެންނެއެވެ. މީގެ ކުރިން ކޮންމެ އެތެރޭގެ އުދުހުންތަކުގެ ކޮންމެ މަންޒިލަކަށްވެސް ފަސް ފެއަރއެއްގައި ޓިކެޓް ވިއްކަމުންދިޔަ ނަމަވެސް މިހާރު ޓިކެޓް ވިއްކަމުންދާނީ ތިން ފެއަރއެއްގައެވެ. އެގޮތުން ކުރިން އެންމެ އަގުބޮޑުކޮށް ޓިކެޓް ވިއްކި ދެ ފެއަރ މިހާރު އުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެހެންކަމުން މިއީ ކުރީގެ އަގުތަކާއި އަޅާބަލާއިރު މިއަގުތަކަކީ 25 އިންސައްތައާއި 30 އިންސައްތައާއި ދެމެދުގެ އަގުހެޔޮވުމެކެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ދުރު ރޭންޖްތައް ކަމަށްވާ އައްޑޫ ސިޓީ ފަދަ ދާއިރާތަކުގެ ޓިކެޓް ރޭންޖުން ފެންނާނެއެވެ.

ޓިކެޓްގެ އަގަށް ގެނެވުނު ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު ކޮންމެ ދުވަހަކުވެސް 500 ސީޓް އަގު ހެޔޮ ބޭންޑުތަކުން ލިބެން ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.

ޓިކެޓުގެ އަގުތަކަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ރިޒްވީ ވިދާޅުވީ ޓިކެޓް އަގުތައް ހެޔޮ ކުރުމުގެ ކުރިން، އަގު ހެޔޮ ފެއަރތަކުގައި ގެންގުޅެފައި ހުރީ 5000 ސީޓް ކަމަށާއި، އޭގެ ތިން ގުނަ މިހާރު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން އަގު ހެޔޮކޮށް ޓިކެޓް ވިއްކަން ފެށުމާއެކު މަހެއްގެ މައްޗަށް ފަނަރަ ހާސް ސީޓް އެންމެ ދަށް ދެ ބޭންޑުގައި އަބަދުވެސް ލިބެން ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު