Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއާ ސަފީރު

އޮސްޓްރޭލިއާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

9 ޖެނުއަރީ 2019 | ބުދަ 11:55

ރައީސް، އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 9 ޖެނުއަރީ 2019 | ބުދަ 11:55
ރައީސް އޮސްޓްރޭލިއާ ސަފީރާ ބައްދަލުކުރެއްވުން

ރައީސް އޮސްޓްރޭލިއާ ސަފީރާ ބައްދަލުކުރެއްވުން

އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހަޗެސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމްގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ދެޤައުމުވެސް ޝައުޤުވެރިވާ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަގީންކުރައްވާ ކަމަށާއި މިއީ ކުރިއަށްއޮތް ތާނގައި ވެސް ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކަންބޮޑުވެލައްވާ ކަންތައްތައް ވެސް ފާހަގަކުރައްވާފަ އެވެ. މި ގޮތުން އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ޑިމޮކްރަސީގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި އަދި އިންސާނީ ވަޞީލަތް ހަރުދަނާކުރުމަކީ އޮސްޓްރޭލިއާ އާއި ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމެވެ. އަދި ދިވެހި ސަރުކާރުގެ މި ނިންމެވުމަށް ސަފީރު މަރުހަބާ ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި އޮސްޓްރޭލިއާގެ ސަފީރު ސަރުކާރަށް ތައުރީފު ކުރެއްވެވިއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އޮސްޓްރޭލިޔާގެ ސަފީރު ވަނީ ނައިބު ރައީސް ފައިސަލް ނަސީމްއާ ވެސް ބައްދަލުކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2020

2023 ވަނަ އަަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައި

25 ޖޫން 2020
2023 ވަނަ އަަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައި
08 ޖޫން 2020

އޮސްޓްރޭލިއާގެ ގޯލްކީޕަރު ލޭންގަރޭކް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

08 ޖޫން 2020
އޮސްޓްރޭލިއާގެ ގޯލްކީޕަރު ލޭންގަރޭކް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ
23 މާރިޗު 2020

އޮލިމްޕިކްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި

23 މާރިޗު 2020
އޮލިމްޕިކްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި
30 ޖެނުއަރީ 2020

ޗައިނާގެ އަންހެން ފުޓުބޯޅަ ޓީމު އޮސްޓްރޭލިއާގައި ކަރަންޓީނުކޮށްފި

30 ޖެނުއަރީ 2020
ޗައިނާގެ އަންހެން ފުޓުބޯޅަ ޓީމު އޮސްޓްރޭލިއާގައި ކަރަންޓީނުކޮށްފި
17 ޑިސެމްބަރު 2018

އިންމަގެ ވަދާއީ މެޗު މި މަހު 29 ގައި، ޝުމައިކަލް އާއި ސަލްގާޑޯ ބައިވެރިވާނެ

17 ޑިސެމްބަރު 2018
އިންމަގެ ވަދާއީ މެޗު މި މަހު 29 ގައި، ޝުމައިކަލް އާއި ސަލްގާޑޯ ބައިވެރިވާނެ
21 ނޮވެމްބަރު 2018

ޓިމް ކެހިލް: 15 އަހަރަށްފަހު އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

21 ނޮވެމްބަރު 2018
ޓިމް ކެހިލް: 15 އަހަރަށްފަހު އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
04 އެޕްރީލު 2018

ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގައި ފަށަން ތައްޔާރުވެއްޖެ

04 އެޕްރީލު 2018
ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގައި ފަށަން ތައްޔާރުވެއްޖެ
16 ނޮވެމްބަރު 2017

ހަތް އަހަރު ފަހުން ޓިމް ޕެއިން އޮސްޓްރޭލިއާ ކްރިކެޓް ޓީމަށް ނަގައިފި

16 ނޮވެމްބަރު 2017
ހަތް އަހަރު ފަހުން ޓިމް ޕެއިން އޮސްޓްރޭލިއާ ކްރިކެޓް ޓީމަށް ނަގައިފި
15 ނޮވެމްބަރު 2017

ހޮންޑިއުރާސް ބަލިކޮށް ޖެހިޖެހިގެން ހަތަރު ވަނަ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2017
ހޮންޑިއުރާސް ބަލިކޮށް ޖެހިޖެހިގެން ހަތަރު ވަނަ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިވެއްޖެ
07 ސެޕްޓެމްބަރު 2017

އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި

07 ސެޕްޓެމްބަރު 2017
އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް