Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ގޭމްސް

ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގައި ފަށަން ތައްޔާރުވެއްޖެ

4 އެޕްރީލު 2018 | ބުދަ 12:59

މެމްބަރު 71 ގައުމުން 4500 އެތުލީޓުން މި މުބާރާތުގައި ބައިވެރިވާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 އެޕްރީލު 2018 | ބުދަ 12:59
2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ކޮންޓިންޖެންޓް - މިއަހަރުގެ ގޭމްސްގައި ރާއްޖެ ބައިވެރިނުވާނެ

2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ކޮންޓިންޖެންޓް - މިއަހަރުގެ ގޭމްސްގައި ރާއްޖެ ބައިވެރިނުވާނެ

ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގައި މެދުގައި ބާއްވާ ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ގޯލްޑް ކޯސްޓްގައެވެ. އެ ޖަމިއްޔާގެ މެމްބަރު 71 ގައުމުން 4500 އެތުލީޓުން މި މުބާރާތުގައި ބައިވެރިވާއިރު ޖުމްލަ 275 ކުޅިވަރެއްގައި މި އެތުލީޓުން ވާދަކުރާނެއެވެ. މިއަހަރުގެ ގޭމްސް ވެގެންދާނީ ބައިނަލްއަގްވާމީ ބޮޑު ކުޅިވަރު މުބާރާތެއްގައި އަންހެން އަދި ފިރިހެން އެތުލީޓުންނަށް އެއްވަރަކަށް ކުޅިވަރު އިވެންޓް ބޭއްވިގެންދާނެ ފުރަތަމަ ފަހަރަށެވެ. މިއަހަރުގެ ގޭމްސް 12 ދުވަހަށް ދެމިގެންދާއިރު އެ 12 ދުވަހުގެ ތެރޭގައި ދުނިޔޭގެ 2.4 ބިލިއަން މީހުން ތަމްސީލު ކުރެވިގެންދާނެއެވެ. ހަމައެހެންމެ އެކި އިވެންޓްތައް 17 ސްޓޭޑިއަމެއްގައި ކުރިޔަށްދާނެއެވެ.

މިއަހަރުގެ ގޭމްސްގައި އަނެއްކާ ވެސް ބާސެކެޓްބޯލް ހިމަނާފައިވާއިރު ބީޗް ވޮލީ ހިމެނުމުގެ ގޮތުން ޖޫޑޯ ނުބާއްވާނެއެވެ. ހަމައެހެންމެ ކޮމަންވެލްތު ގޭމްސްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިއަހަރު އަންހެނުންގެ ރަގްބީ ޔޫނިއަން ކުރިޔަށްދާނެއެވެ.

ޖުމްލަ 1600 މީހުންގެ އާބާދީއެއް އޮންނަ ކޮމަންވެލްތުގެ އެންމެ ކުޑަ ގައުމު ކަމަށްވާ ނިއުއޭ އިން މި ގޭމްސްގައި 19 އެތުލީޓުން ބައިވެރިވާނެއެވެ. ހަމައެހެންމެ 2013 ވަނަ އަހަރު އެ ޖަމިއްޔާއިން ވަކިވުމަށް ފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލަށް ގުޅުނު ގެމްބިއާ ވެގެންދާނީ ހަ އެތުލީޓުންނާއެކު މި ގޭމްސްއަށް އެންމެ ކުޑަ ކޮންޓިންޖެންޓެއް ފޮނުވާ ގައުމަކަށެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްއާއެކު ނުކުޅެދޭ މީހުންނަށް ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް ކަމަށްވާ ޕެރަ ސްޕޯޓް ޕްރޮގްރާމް ވެސް ފެށިގެންދާނެއެވެ. ޖުމްލަ 38 އިވެންޓު މި ބައިގައި ކުރިޔަށްދާއިރު އޭގެ ތެރޭގައި އެތުލެޓިކްސް، ސްވިމިންގ، ޓޭބަލް ޓެނިސް އަދި ޓްރެކް ސައިކްލިންގްގެ އިތުރުން ޕަވަރލިފްޓިން ވެސް ކުރިޔަށްދާނެއެވެ. މި އިވެންޓުތަކުގައި 300 އެތުލީޓުން ވާދަކުރާއިރު މިއީ 2014 ވަނަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ގޭމްސްގައި ވާދަކުރި އެތްލީޓުންނަށްވުރެ 73 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ގޭމްސްއަށް 474 އެތްލީޓުންނާއެކު އެންމެ ބޮޑު ކޮންޓިންޖެންޓެއް ފޮނުވާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އޮސްޓްރޭލިއާއެވެ. މިއަހަރުގެ ގޭމްސްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޝެއާ ދަ ޑްރީމް" އެވެ. ހަމައެހެންމެ މި ގޭމްސްގެ މެސްކޮޓަށް ދީފައިވާ ނަމަކީ "ބޮރޯބީ" އެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖެ ވާދަކުރަން އޮތް ނަމަވެސް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމާއެކު މިއަހަރުގެ ގޭމްސްގައި ރާއްޖެ ފެނިގެން ނުދާނެއެވެ. 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ފަސް ކުޅިވަރެއްގައި ރާއްޖޭގެ 23 އެތުލީޓުން ވާދަކުރިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި
11 މެއި 2017

ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް

11 މެއި 2017
ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް
09 މެއި 2017

އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި

09 މެއި 2017
އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި
25 އެޕްރީލު 2017

ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ

25 އެޕްރީލު 2017
ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް