Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނިފެންމާ ލޯންޗް ގޮވުން

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި މައްސަލައިގައި ސުވާލެއް ނުކުރޭ، އާ ތަހްގީގަށް މައުލޫމާތު ދޭނަން: ޝައިނީ

9 ޖެނުއަރީ 2019 | ބުދަ 11:23

މަންޒަރު ދުރުން ފެނުނު ބައެއް މީހުންގެ ބަޔާންވެސް ފުލުހުން ނަގާފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 9 ޖެނުއަރީ 2019 | ބުދަ 11:23
ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު އެހެން ލޯންޗަކަށް މީހުން ބަދަލުކުރަނީ

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު އެހެން ލޯންޗަކަށް މީހުން ބަދަލުކުރަނީ

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވިއިރު އޭގައި ހުންނެވި ނަމަވެސް ތަހްގީގުގައި އެއްވެސް ފަރާތަކުންވެސް ސުވާލެއް ނުކުރާ ކަމަށާއި އަލުން ފަށާ ތަހްގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝައިނީ ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވީ އެމަނިކުފާނު ވެސް އޭގައި ހުންނަވަނިކޮށް ކަމަށެވެ. ނަމަވެސް ތަހްގީގު ނިންމިއިރު މަންޒަރު ފެނުން މީހެއްގެ ހައިސިއްޔަތުންވެސް އެއްވެސް ސުވާލެއް ތަހްގީގުގައި ކުރައްވާފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ވަގުތުގެ މަންޒަރު ފެންނަ ދެ ވީޑިއޯ އެއް އާންމުވެ އަސްލު ވީޑިއޯއާ މެދު ވަނީ ސުވާލު އުފެދިފައި އެވެ. ލޯންޗްގައި އެއްޗެއް ގޮވި ވަގުތު ބޮޑު އަލިފާންގަނޑެއް ފެތުރިގަންނަ ވީޑިއޯއެއް ރައީސް އޮފީހުން މީގެ ކުރިން އާންމުކޮށްފައިވަނިކޮށް ފަހުން އާންމު އާންމުވި ވީޑިއޯގައި އަލިފާންގަނޑެއް ނުފެނެ އެވެ. ރައީސް ޔާމިންގެ ތަރުޖަމާނެއްގެ ގޮތުގައި ކުރިން ހުންނެވި އިބްރާހިމް މުއާޒް އަލީ ދާދި ފަހުން ވިދާޅުވަނީ އެ ލޯންޗްގައި އެއްޗެއް ގޮވި ވަގުތު އަލިފާން ކަންޏެއްވެސް ދެކިވަޑައިގެންފައިނުވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދުގައި ހުންނެވިއިރު، ޝައިނީ ވަނީ އެ މަނިކުފާނާ ބައްދަލުކުރައްވައިފަ އެވެ. އެއަށް ފަހު ޝައިނީ ވިދާޅުވެފައިވަނީ ލޯންޗުގެ ހާދިސާއާ ގުޅުވައި އަދީބު ދައްކަވާ ވާހަކަތައް ގަބޫލު ކުރެއްވޭ ކަމަށެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ދުވަހުގެ ދެ ވީޑިއޯއެއް އުޅޭތީ ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ އަލުން ތަހްގީގު ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ޝައިނީ ވިދާޅުވީ އެ ދުވަހު ފެނުނު މަންޒަރުތަކާ ގުޅޭ ގޮތުން އާންމުންކޮން ކޮމެންޓެއް މި ވަގުތު ކުރައްވަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އަލުން އެ މައްސަލަ ތަހްގީގުކުރަން ނިންމައި ފުލުހުން އެދިއްޖެ ނަމަ އެ ދުވަހުގެ ފެނިވަޑައިގެންނެވި މަންޒަރުތަކުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުވެސް އެެ ހާދިސާ ހިނގިއިރު ހުރީ އެ ލޯންޗުގައި. އެހެން ނަމަވެސް އެ މައްސަލައިގެ ތަހްގީގަށް ވެސް މިހާތަނަށް އެއްވެސް ސުވާލެއް ނުކުރޭ. އެހެން ނަމަވެސް އެ ތަހްގީގު އަލުން ކުރުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވާތީ މި ވަގުތު އެ ފެނުން މަންޒަރުތަކާމެދު އާންމުކޮން ކޮމެންޓެއް ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫން ކަންނޭނގެ. ނަމަވެސް ތަހްގީގަށް ބޭނުންވެއްޖެ ނަމަ ބަޔާންދޭން މި ހުރީ ތައްޔާރަށް،" ޝައިނީ ވިދާޅުވި އެވެ.

ރިޔާސީ ލޯންޗްގައި ތިބި ބައެއް މީހުންނާ ތަހްގީގުގައި ސުވާލުކޮށްފައި ނުވިޔަސް، އެ ހާދިސާ ހިނގި ވަގުތު މަންޒަރު ފެނުނު ނޫސްވެރިނާއި އާންމުންގެ ބައެއް ފަރާތްތަކާ ސުވާލުކޮށް ބަޔާން ނަގާފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް