Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިއްސާރައިގެ ގެއްލުން

ގދ ދެރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ދަނީ އެސެސްމެންޓް ހަދަމުން: އެންޑީއެމްއޭ

7 ޖެނުއަރީ 2019 | ހޯމަ 08:36

މިމަސައްކަތް ކުރަމުން ދަނީ ކައުންސިލްއާ ގުޅިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2019 | ހޯމަ 08:36
ވާދޫގައި ފެން ބޮޑުވެފައި

ވާދޫގައި ފެން ބޮޑުވެފައި

ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި ބޮޑަށް ގެއްލުންވި، ގދ ތިނަދޫއާއި، ވާދޫއަށް ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމެންޓް ހަދަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޕްރޮޖެކްޓް މެނޭޖަރ ހިސާން ހުސައިން ވިދާޅުވީ މިނިމިގެން ދިޔަ ހަފްތާގައި ކުރި ވިއްސާރާގައި ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓުކޮށްފައިވަނީ ތިނަދޫއިންނާއި، ވާދޫން ކަމަށެވެ. އަދި މިހާރު މިދެރަށުގެ ކައުންސިލްއާ ގުޅިގެން ދެރަށަށް ލިބުނު ގެއްލުމުގެ ތަފްސީލުތައް ބެލުމަށް އެސެސްމެންޓް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ އެސެސްމެންޓް ހަދާނިމި، ތަފްސީލު ލިބުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ތިނަދޫގެ މަގުތައް ވަރަށް ބޮޑަށް ފެންބޮޑުވެ، އެ ރަށުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ތިނަދޫ ފަޔަރ ސްޓޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ވާދޫއަށް ބޯކޮށް ވާރޭވެހި އެރަށުގެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށާއި ފަރުނީޗަރަށާއި ގޭތެރޭގައި ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ އުދައަރާގެން އުޅޭ ކަމަށް މީޑިއާއިން މައުލޫމާތު ލިބުނު ނަމަވެސް އެއޮތޯރިޓީން ގުޅައި ގެއްލުން ލިބިފައިވޭތޯ ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އުދަ އަރައިގެން ގެއްލުން ވެގެން އެއްވެސް ރަށަކުން ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

ހުވަދުއަތޮޅަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ވާރޭވެހި، ފެން ބޮޑުވުމާއި ކަނޑު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސްކޮފައެވެ. އަދި ފެން ބޮޑުވެދާނެ ކަމަށް ކުރިއާލާ ތައްޔާރުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރާ ނަމަ، ނިވާލާފައި ބެހެއްޓުމަށާއި ވެސް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް