Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަލްމާން ޚާން

ސަލްމާން ޚާން ކައިވެނި ކުރާނެ އަހަރު ބުނުމުން ގިނަ ބަޔަކު ހައިރާންވެއްޖެ

6 ޖެނުއަރީ 2019 | އާދީއްތަ 10:32

ފިލްމު ރިލީޒް ކުރާނީ 2019، ޖޫން މަހުގެ 5 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 6 ޖެނުއަރީ 2019 | އާދީއްތަ 10:32
ބޮލީވުޑުގެ މަޝްހޫރު ސުޕަރސްޓަރ ސަލްމާން ޚާން

ބޮލީވުޑުގެ މަޝްހޫރު ސުޕަރސްޓަރ ސަލްމާން ޚާން

ބޮލީވުޑުގެ މަޝްހޫރު ސުޕަރސްޓަރ ސަލްމާން ކައިވެނި ކުރާ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ. އެގޮތުން އޭނާއަށް ސަޕޯޓްކުރާ އެތައް ބައެއްގެ އިތުރުން އޭނާއާ އެކު ފިލްމުތަކުގައި މަސައްކަތްކުރާ އަންހެން ފަންނާނުންނާއި ބޮލީވުޑުގައި ސަލްމާނާއި ރަޙްމަތްތެރިކަން އޮންނަ އެކި ފަރާތްތަކުން އަބަދުވެސް ކައިވެނި ކުރާނެ ދުވަހެއް ބުނުމަށް އެދި އޭނާއާ ސުވާލު ކުރަމުން ދެއެވެ.

ސަލްމާން މީހަކާ ކައިވެނި ކުރާ ދުވަހެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބާ ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން ސޯނަމް ކަޕޫރާއި، ދީޕިކާ ޕަދުކޯން، އަދި ޕްރިޔަންކާ ޗޯޕްޅާ ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކައިވެނިކޮށްފައެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިމްލު "ބާރަތު" ޕްރޮމޯޓްކުރުމަށްޓަކައި "ދަ ކަޕިލް ޝަރްމާ ޝޯވް" އަށް ދިއުމަށް ފަހު ސަލްމާން ވަނީ އޭނާ ކައިވެނި ކުރާނެ އުމުރު ބުނެފައެވެ.

ގިނަ ބަޔަކަށް މިކަމުން ހައިރާންކަން ގެނުވީ ކަޕިލް އޭނާ ކައިވެނިކުރާނެ ދުވަހަކީ ކޮބައިކަން އެހުމުން ބުނީ ފިލްމު "ބާރަތު" ގައި ވެސް އޭނާ ކައިވެނި ކުރަނީ 72 އަހަރުގައި ކަމަށާއި އެހެންކަމުން އެ ފިލުމުގައި ކަންތައް ވެގެންދާ ގޮތަށް އޭނާ ވެސް ކަންތައް ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ތަފާތު އެކި ވާހަކަ ދައްކަމުންނެވެ.

އަލީ އައްބާސް ޒަފަރުގެ މި ފިލްމުގެ މަސައްކަތް ނިމިފައިވާއިރު މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ ޕަންޖާބާއި، މުމްބާއީ، ދިއްލީ، އަދި މޯލްޓާގައެވެ.

ސަލްމާން ޚާންގެ ފިލްމް "ބާރަތު" ގައި އޭނާގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގައި ސަލްމާންގެ އުމުރުން 18 އަހަރާއި 70 އަހަރާ ދެމެދުގެ ފަސް ސިފައެއް ފެނިގެން ދާނެއެވެ. އެގޮތުން ސަލްމާން އޭނާގެ ޒުވާން ދުވަސްވަރު ކެރިއަރ ފެށުނުއިރު ކުޅެފައިވާ ފިލްމް މައިނޭ ޕްޔާރްކިޔާ އިން ފެނިގެންދާ ގޮތުން ފެށިގެން މިހާރާ ހަމައަށް ދައްކުވައިދޭނެއެވެ.

"ބަރާތު"ގައި ސަލްމާނާ އެކު ކުރިން ލީޑް ރޯލް ކުޅުމަށް ހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްޅާއެވެ. ނަމަވެސް އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ޕްރިޔަންކާ ވަނީ އެ ފިލްމް ދޫކޮށްލާފައެވެ. އެ ރޯލަށް ފަހުން ހަމަޖައްސާފައި ވަނީ ކެޓްރީނާ ކައިފެވެ.

މި އަހަރުގެ ޖޫން މަހުގެ 5 ގައި ރިލީޒްކުރާ މި ފިލްމް "ބާރަތު" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލްތަކުގެ ފެނިގެންދާ ތަރިންގެ ތެރޭގައި ތައްބޫ އާއި ދިޝާ ޕަޓާނީ ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
18 ފެބުރުއަރީ 2017

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި
18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
24 ޖެނުއަރީ 2017

ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން

24 ޖެނުއަރީ 2017
ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް