Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަނޑުގެ ދިރުން

ވިލިމާލެ ފެރީ ޓާމިނަލް ފަޅުތެރެ ކަޅު ޓަޔަރުން ފުރިފައި!

ބޮޑެތި ދަގަނޑުތަކާއި، ޕްލާސްޓިކް ފުޅިތައް ވަނީ ނަގާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2019 | ހޮނިހިރު 10:25
ވިލިމާލެ ފެރީ ޓާމިނަލް ފަޅު ތެރެއިން ނެގި ޓަޔަރުތަކެއް

ވިލިމާލެ ފެރީ ޓާމިނަލް ފަޅު ތެރެއިން ނެގި ޓަޔަރުތަކެއް

ރާއްޖޭގެ ކަނޑު ފަޅާއި މޫދަކީ ގުދުރަތީ ގޮތުން ލިބިފައިވާ އެންމެ އަގުބޮޑު ނިއުމަތެވެ. ރާއްޖޭގެ މުޅި އިގްތިސާދު އެކަމަށް ބަރޯސާވެފައިވާއިރު، ކަނޑުގެ ދިރުންތައް ހަލާކުވެގެންދާނެ ކަމުގެ ރަނގަބީލު މިވަނީ އަޅަން ފަށާފައެވެ. އެއީ ކަނޑުގެ ދިރުންތައް ހަލާކުވަމުން ދަނީ އިންސާނުންގެ އަމަލުތަކުންނޭ ބުންޏަސް މިއަދު އެކަން ދޮގު ކުރެވޭކަށް ނެތެވެ. އެކަން މިއަދު ވެސް މިވަނީ ސާބިތުވެގެން ގޮސްފައެވެ. ވިލިމާލެ ފެރީ ޓާމިނަލް ފަޅުގެ ސަރަހައްދުން އެކި ކުލަކުލައިގެ މުރަކަ އާއި، މަސްފެނުމުގެ ބަދަލުގައި ފެނިގެން ދިޔައީ ބޮޑެތި ކަޅު ޓަޔަރުތަކެވެ. މުޅި ފަޅު ފުރިފައި އޮތީ މި ޓަޔަރުތަކުންނެވެ.

މުޅިރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، އެމްއެންޑީއެފް ކޯސްޓްގާރޑްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ވިލިމާލެ ފެރީ ޓާރމިނަލްގެ ފަޅުތެރެ ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ. ގިނަ އަދަދެއްގެ ސިފައިން ނުކުމެ އެ ސަރަހައްދުގެ ފަޅުތެރެ ސާފުކޮށްފައިވާއިރު، ފަޅުތެރެއިން ގިނައިން ނެގީ ކަޅު ބޮޑެތި ޓަޔަރުތަކެވެ. ޓަޔަރުގެ އިތުރުން ދަގަނޑުތަކާއި، ޕްލާސްޓިކްފުޅި އާއި، ކޮތަޅު ގިނަ ކަން ފާހަގަކޮށްލެވެ.

މާލޭ ސަރަހައްދުގެ ފަޅުތަކުގެ ތެރެއިން އެންމެ އޮޑިފަހަރު މަދުން އަޅާފައި އޮންނަ މި ފަޅުން ހީވެސް ނުކުރާހާ ވަރަށް މިފަދަ ކުނިބުނި ވަނީ ނަގާފައެވެ. ހެނދުނު 7:00 އިން ފެށިގެން 10:30 އަށް ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި އުންމީދު ކުރިގޮތާ ހިލާފަށް މިޒާތުގެ ކުނި ނެގުމުން މާލެ ސިޓީ ކައުންސިލްގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޮޑީދޯނިފަހަރު މަދުން ބަނދަރުކޮށްފައިވާ ވިލިމާލެ ފަޅުން މިހާ ގިނަ އަދަދެއްގެ ކުނި ނަގާފައިވާއިރު މާލެ ވަށައިގެންވާ ފަޅުތެރޭގެ ހާލަތު އޮތް ގޮތް ތަސައްވަރު ކުރަން ވެސް އުނދަގޫވާނެކަން ޔަގީނެވެ.

ފަޅު ތެރެއިން ނެގި ޓައެރެއް ނަގައިގެން ގެންދަނީ

މީގެ އިތުރުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކެއުމަށް މި ބޭނުން ކުރާ މަހުގެ ހާލަތަށް ވެސް މިއަދު މިވަނީ ވިސްނަން ޖެހިފައެވެ. ދާދިފަހުން ވެސް ދެ ފާނައިގެ ބަނޑުތެރެއިން ޕްލާސްޓިކް ކޮތަޅުގެ ބައިތަކެއް ވަނީ ފެނިފައެވެ. އެއީ ޕްލާސްޓިކް ކޮތަޅުން ރާއްޖެއަށް އޮތް ނުރައްކާ އަންގައިދޭ ވަރަށް ރަނގަޅު މިސާލެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މި މައްސަލައާ ބެހޭ ގޮތުން ބަހުސްތައް ކޮށްފައެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުން ކަނޑުގެ ދިރުންތަކާއި ޕްލާސްޓިކް މިހާރު ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އަދި އެތަކެތީގެ ޒަރިއްޔާ އިން އިންސާނާގެ ހަށިގަނޑަށް ވެސް މި ޕްލާސްޓިކްގެ އަސަރުކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ނަމަވެސް މިފަދަ ހާދިސާއެއް ހިނގުމުން އެ ވާހަކަ ދައްކާ ބަހުސް ކުރިޔަސް ނުފުދެއެވެ. އަޅުގަނޑުމެންގެ އަމަލުތައް ބަދަލު ކުރަންޖެހެއެވެ. މާލޭގެ ފަޅުތެރެއިންނާއި، ކަނޑުގެ ސަރަހައްދުން މަސް ބާނާއިރު، ފަޅުތަކަށް ކުނިއެޅުމުގެ ކުރިން އެބަ ވިސްނަންޖެއެވެ. އެތައް އަހަރުތަކަކަށް މި ގެއްލުންތައް ދެމިގެންދާއިރު، މިކަމުގެ ނެދެވޭ އަސަރު މުޅި ރާއްޖެއަށް އެބަކުރެއެވެ.

މޫދަށް ކުނިއަޅާތީ ކަންބޮޑުވުން ފާޅުކުރައްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާވަންތަކޮށް އުފެދިފައި އޮންނަ ނާޒުކު ތިމާވެއްޓެއް ކަމަށާއި، ތިމާވެށި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި އޮޑިވެރިން ފަޅުތެރެއަށް ވަރަށް ގިނައިން ކުނި އަޅާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިކަން ހައްލު ކުރުމަށް ޚާއްސަ މަސައްކަތްތައް ކައުންސިލުން ކުރާނެ ކަމަށެވެ.

"މި ސަހައްދަކީ މާލޭގެ އެހެން ސަރަހައްދާ ބަލާއިރުތަންކޮޅެއް މަދުން އޮޑިދޯނި ފަހަރު ހުންނަ ސަރަހައްދެއް. ވަކިން ޚާއްސަކޮށް މިކަން އެހެން ނަމަވެސް މިތަނުން ނަގާ ސާމާނު ފެނިފައި ހައިރާން ހީވޭ. ބޮޑެތި ދަގަނޑު ބުރިއާއި ބޮޑެތި ކުނި ގިނަތަކެތި އެބަ ނެގޭ،" ޝަމާއު ވިދާޅުވިއެވެ.

ވިލިމާލޭގެ ފެރީ ޓަމިނަލް ސަރަހައްދުން ނެގި މި ޓަޔަރުތަކަކީ އޮޑިދޯނި ފަހަރުގެ ސަލާމަތަށް ބަނދަރުކުރާއިރު ބޭނުންކުރާ ތަކެއްޗެވެ. މި ތަކެތި މޫދަށް ދޫވެގެން ދަނީ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ އިހްމާލުންނެވެ.

ފަސޭހައަކަށް މިތަކެތި ފަޅަށް ދޫކޮށްލުމުން ތިމާވެއްޓަށް އެދެވެނީ ވަރަށް ބޮޑު ގެއްލުމެކެވެ، ކޮށްލެވޭ ކުޑަކުޑަ ކަމަކުން އެ ތަނެއްގެ ދިރުން ނެތި ހިނގައިދާނެއެވެ. އަދި މިހާރު ފެންނަ މަންޒަރުތަކުން މިފަދަ އަމަލުތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ ދިރުން ވަނީ ނެތި ގޮސްފައެވެ. އިންސާނުންގެ އިހްމާލުން ހިނގާ މިފަދަ ކަންކަން ހުއްޓުވަން ތިބީ ވެސް އިންސާނުން ކަމަށްވާއިރު ތިމާ ދިރިއުޅޭ ވެއްޓަށް މިހާ އިހާނެތިކޮށް ހިތުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގައި ހިންގާ ސާފުކުރުމުގެ ޕްރޮގްރާމަކުން ހައްލުވާނެ މައްސަލައެއް ނޫނެވެ. މި މައްސަލަ ހައްލުކުރުމަށް ބޭނުން ވަނީ ފަރުދީ ޒިންމާއެވެ. ތިމާގެ އަމިއްލަ އަމަލުތައް އިސްލާހުކުރުމެވެ. މޫދަށް ކުނި އެޅުން ހުއްޓަލައިގެންނެވެ. އެއްބަޔަކު ނަގާ ވަރަށް އަނެއް ބަޔަކު އަޅަމުންދާ ނަމަ މިއީ ދުވަހަކު ވެސް ހައްލުވާނެ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޗިން ފެރީ: ރާއްޖޭގެ އުފެއްދުންތައް އިންޑިއާ މާކެޓުން، ބައިނަލްއަޤުވާމީ މާކެޓަށް!

ކޮޗިން ފެރީ: ރާއްޖޭގެ އުފެއްދުންތައް އިންޑިއާ މާކެޓުން، ބައިނަލްއަޤުވާމީ މާކެޓަށް!

24 ސެޕްޓެމްބަރު 2020
5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން

5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން

03 މާރިޗު 2020
ސީޕްލޭން ޓާމިނަލް ހަދަން ފެށިއިރުވެސް އެމްއޭސީއެލްގެ ވިސްނުން ހުރީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށްދޭން!

ސީޕްލޭން ޓާމިނަލް ހަދަން ފެށިއިރުވެސް އެމްއޭސީއެލްގެ ވިސްނުން ހުރީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށްދޭން!

17 ފެބުރުއަރީ 2020
ކަޅުވަކަރު މިސްކިތް ބަހުސް: ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި ބަހައްޓަން!

ކަޅުވަކަރު މިސްކިތް ބަހުސް: ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި ބަހައްޓަން!

19 ޑިސެމްބަރު 2018
ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

25 އެޕްރީލު 2018

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު