Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެޕަލްގެ ޝެއަރ

އެޕަލްގެ ޝެއަރ 10 އިންސައްތަ ދަށަށް ހިނގައްޖެ

ބާރބެރީއާއި ހާމްސްގެ ޝެއަރވެސް ވަނީ ދަށްވެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ޖެނުއަރީ 2019 | ހުކުރު 14:37
އެޕަލް ކުންފުނީގެ އައުޓްލެޓެއް

އެޕަލް ކުންފުނީގެ އައުޓްލެޓެއް

ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ އެޕަލްގެ އުފެއްދުން ތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވިޔަފާރި ރަނގަޅު އުފެއްދުންތަކެކެވެ.

އެހެންނަމަވެސް ނިމިގެންދިޔަ އަހަރުގެ ފަހު ކުއާރޓާގައި އެޕަލްގެ ޝެއަރ ވަނީ 10 އިންސައްތަ ދަށްވެފައެވެ. އެޕަލްގެ ޗީފް އެގްޒެކެޓިވް، ޓިމް ކުކް ބުނެފައިވަނީ އެޕަލްގެ ޝެއަރ ދަށަށް ގޮސްފައިވަނީ ޗައިނާ ބާޒާރުގައި އެޕަލްގެ އުފެއްދުންތަކުގެ ވިޔަފާރި ދަށްވުމުން ކަމަށެވެ.

2018 ވަނަ އަހަރުގެ ފަހު ތިން މަސްދުވަހު ފާއިދާގެ ގޮތުގައި 89 ބިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކޮށްފައި ވީނަމަވެސް އެ މުއްދަތުގައި ލިބިފައިވަނީ 84 ބިލިއަން ޑޮލަރު ކަމަށެވެ.

އެޕަލްގެ އުފެއްދުންތަކުގެ ޝެއަރ ދަށްވެފައިވާއިރު މަޝްހޫރު ފެޝަން ބްރޭންޑްތައް ކަމަށްވާ ބާރބެރީގެ ޝެއަރވަނީ 6 އިންސައްތަ ދަށްވެފައެވެ. އަދި އެލްވީއެމްއެޗް، ހާމްސްގެ ޝެއަރވެސް ވަނީ ދަށަށް ގޮސްފައެވެ.

އަހަރުގެ ފަހު ކުއާރޓާގައި އެހެންކުންފުނިތަކުގެ ވިޔަފާރި ދަށަށް ދިޔަ ނަމަވެސް އެޕަލްގެ އެންމެ ފަހުގެ އުފެއްދުން އަބަދުވެސް މާރކެޓަށް ނެރެމުން އަންނަނީ އަހަރުގެ ފަހު ކުއަރޓާގައި ކަމަށްވެފައި، މިއީ އެޕަލްގެ ވިޔަފާރި އެހެން ކުންފުނިތަކާއި އަޅާބަލާއިރު ރަނގަޅު ކުއާރޓާއެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

2018 ވަނަ އަހަރުގެ ފަހު ކުއާރޓާގައި 84 ބިލިއަން ޑޮލަރު ލިބުނު އިރު މިއީ 2017 ވަނަ އަހަރުގެ ފަހު ކުއާރޓާގައި ލިބުނު ވަރަށްވުރެ 5 އިންސައްތަ ދަށް އަދަދެކެވެ.

ޓިމް ކުކް ބުނި ގޮތުގައި ވިޔަފާރީގައި މައްސަލަތަކެއް ދިމާވެފައިވަނީ ގްރޭޓަރ ޗައިނާ ހިސާބުގައި ކަމަށާއި އެގޮތުން ހޮންގކޮންގް ޓައިވާން ފަދަ ގައުމުތަކުގައި އެޕަލްގެ އުފެއްދުންތަކުގެ ވިޔަފާރިވަނީ ދަށަށް ގޮސްފައެވެ.

މިގޮތަށް ވިޔަފާރި ދަށްވެފައިވަނީ އިޤްތިޞާދީ ހީނަރުކަމެއް އައިސްފައިވާތީ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
10 ޖުލައި 2017

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
11 ޖޫން 2017

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

11 ޖޫން 2017
ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
05 ޖޫން 2017

ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި

05 ޖޫން 2017
ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު