Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ވަގުން ހިފޭނީ ރައްޔިތުން މަޖިލީހުގައި ތިބި ވަގުން ބޭރުކޮށްގެން: ޝުނާނާ

4 ޖެނުއަރީ 2019 | ހުކުރު 01:57

ވަގުންނެއް ވަގުން ހިފާކަށް މާބޮޑެތި މަސައްކަތެއް ނުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖެނުއަރީ 2019 | ހުކުރު 01:57
ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ

ވަގުން ހިފޭނީ ރައްޔިތުން މަޖިލީހުގައި މިހާރު ވެސް ތިބި ވަގުން އެ މަޖިލީހުން ބޭރުކޮށްގެން ކަމަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރިޚީ ޕްރޮގްރާމްގައި ޝުނާނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރާ، އަދި ކުރަންޖެހޭ ބަޔަކީ ރައްޔިތުން މަޖިލީހަށް އައްޔަން ކުރާ ރައްޔިތުންގެ މަންދޫބުން ކަމަށެވެ. ނަމަވެސް މި ފާއިތުވި ދުވަސްތަކުގައި އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިގެން ދިޔައީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ކަމަށް ޝުނާނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި އަހަރު އިންތިޚާބުކުރާ މަޖިލީހަކީ ވަގުން ހިފާނެ މަޖިލީހަކަށް ވެގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޝުނާނާ ވިދާޅުވީ ވަގުން ހިފޭނީ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގައި ތިބި ވަގުން ބޭރުކޮށްގެން ކަމަށެވެ. ވަގުން، ވަގުން ހިފާކަށް މާބޮޑެތި މަސައްކަތެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންނަށް މިހާރު މަޖިލީހުގައި ތިބި ވަގުންނަކީ ކޮންބައެއްކަން އެނގޭނެ ކަމަށާއި، ނަމަވެސް ކޮރަޕްޝަންގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކަށް ޓިކެޓް މިހާރު ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޑިމަކްރަސީ ރީތި އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައިގެން އުޅުއްވާއިރު، މިފަދަ ފަރާތްތަކާއި ދެކޮޅަށް އެންޓި ކެމްޕޭން ކުރަންޖެހޭ ކަމަށެވެ. ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭ ފަރާތްތަކަށް ކެމްޕޭން ކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝުނާނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެތެރެ އިސްލާހު ކުރުމަށްފަހު، އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަންވީ ރައްޔިތުން މިފަދަ ކަންކަން ހޭލުންތެރިކުރަން ކަމަށެވެ.

"ޕޮލިޓިކްސް މުޑުދާރޭ ވެސް ކިޔާނެ. މުޑުދާރު ވީމަ ތިމަންނަމެންނަށް ޗޮއިސްއެއްނެތޭ. އެއީ އުޒުރެއް ނޫން އަސްލުގައި. އެއީ ސަބަބެއް ވެސް ނޫން. އެބަޖެހޭ ގޯސް ކަންކަން ރަނގަޅުވާން. އެހެންވީމަ ރައްޔިތުންނަށް އެބަ ޖެހޭ ޗޮއިސް ދޭން. ސާފު ނޫން މީހުން ވެސް ޕާޓީތަކުގެ ލީޑަރުންނަށް ވެސް އައިޑެންޓިފައިވާނެ ކްލީން ނޫން މީހުންނަކީ ކޮބާކަން. އެބޭފުޅުން އެކަހެރިކުރާނެ މެކޭނިޒަމްއެއް އެބަޖެހޭ،" ޝުނާނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މަހުޖަނުން ކިބައިން ސަލާމަތްކުރަންޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާ ލައްވާ ޝުނާނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަހުޖަނުން ތިބުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި، އެހެން ނަމަވެސް މަހުޖަނަށް ވީ ކޮރަޕްޝަން ކަމަށްވަންޏާއެއީ މައްސަލައެއް ކަމަށެވެ.

ޝުނާނާ ވިދާޅުވީ ބުރަ މަސައްކަތުން މަހުޖަނުންނަށްވާ މީހުން ތިބޭ ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެ، ލިބޭ 80،000 ރުފިޔާއިން މަދު މުއްދަތެއްގެ ތެރޭގައި އެމެންބަރެއްގެ އަތުގައި މިލިއަނުން ފައިސާ ހުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ޝުނާނާ ވިދާޅުވީ މިފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނީ ވަކި އުސޫލެއްގެ ދަށުން މެކޭނިޒަމްއެއް އޮވެގެން ކަމަށެވެ.

އެގޮތުން ޔޫކޭގެ އިތުރުން ބައެއް ގައުމުތަކުގައި އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށްވާ ''ކްރައިމްސް އޮފް ޕްރޮސީޑް ގާނޫނު'' ފަދަ ގާނޫނެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށް ޝުނާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސުވާލު އުފެދޭ ގޮތަށް އެމީހަކަށް ފައިސާ ލިބިއްޖެނަމަ ސުވާލު ކުރެވޭނެ ކަމަށާއި، އެފައިސާ ހޯދި ގޮތާއި މެދު ޖަވާބުދާރީނުވެވިއްޖެނަމަ އެފައިސާ ދައުލަތަށް ނެގޭނެ ކަމަށެވެ.

"މިސާލަކަށް ރައީސް ޔާމީންގެ އެކައުންޓުން 100 މިލިއަން ޑޮލަރު ފްރީޒްކޮށްފައި އެބަހުރި. އެހެން ނަމަވެސް ދައުލަތަށް އެފައިސާ ނެގުމުގެ ގޮންޖެހުންތަކެއް އަންނާނެ ގާނޫނީ ގޮތުން. އެހެން ނަމަވެސް މިފަދަ ގާނޫނެއް އައިސްފިއްޔާ އޭނަ އަށް އެފައިސާ ލިބުނީ ކޮން ގޮތަކުންތޯ ޖަވާބު ދާނުވެއްޖެނަމަ ދައުލަތަށް ނެގޭނެ'' ޝުނާނާ ވިދާޅުވިއެވެ.

ޝުނާ ވިދާޅުވީ މިފަދަ ގާނޫނުތައް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ނަމަވެސް އެމަޖިލީހުގައި ވަގުން ތިބޭނަމަ މިކަހަލަ ގާނޫނު ފާސް ނުކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް