Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާއާ އެކު ގިލި ހުއްޓުމަކަށް!

3 ޖެނުއަރީ 2019 | ބުރާސްފަތި 10:16

ހުރިހާ ގެސްޓުން ވަނީ އެހެން ރިސޯޓްތަކަށް ބަދަލުކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 3 ޖެނުއަރީ 2019 | ބުރާސްފަތި 10:16
އަލިފާނުގެ ސަބަބުން ރިސޯޓަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި

އަލިފާނުގެ ސަބަބުން ރިސޯޓަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި

މަޝްހޫރުކަން ހޯދާފައިވާ ރާއްޖޭގެ ގިލި ލަންކަންފުށި ރިސޯޓްގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ އެކު އެ ރިސޯޓް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ 22:30 ހާއިރު މާލެ އަތޮޅު ގިލި ލަންކަންފުށި ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތް ވޯޓާ ވިލާ އާއި އެރަށުގެ ރެސްޓޯރެންޓްގެ އިތުރުން ސްޓޯރު ވަނީ އަނދާ އަޅިއަށް ވެފައެވެ.

Advertisement - newsAdvertisement

ޖުމްލަ 230 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އެ ރިސޯޓުގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެ ރަށުގެ އެންމެ އަގު ބޮޑު ކޮޓަރި ''ކްރޫޒޯ ރެޒިޑެންސް'' ގައެވެ.

އެ ރިސޯޓުގެ އިސް ބޭފުޅަކު ރާއްޖެ އެމްވީއަށް މަައުލޫމާތު ދެއްވަމުން ވިދާޅުވީ، ކްރޫޒޯ ރެޒިޑެންސް ތިބި ގެސްޓުން އެ ގަޑީގައި ތިބީ ކޮޓަރިން ބޭރުގައި ކަމަށާއި، ގެސްޓުން ތިބީ ރަށު ތެރޭގައި ކަމަށެވެ.

އެގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި އެ ރިސޯޓްގެ އޮފިޝަލަކު ވިދާޅުވީ، ފަޔާ އެލާމް އަޅަން ފެށުމާ އެކު ހުރިހާ މުވައްޒަފުންނަށާއި، ގެސްޓުންނަށް އެންގި ކަމަށާއި، އަދި އަލިފާން ރޯވާން ދިމާވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ލަފާކުރެވޭ ކަމަށެވެ. އާ އަހަރު ފާހަގަ ކުރުމަށްޓަކައި ރިސޯޓްގައި 99 ފަތުރުވެރިން ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުވައްޒަފު ވިދާޅުވީ، އާ އަހަރު ފާހަގަކުރުމަށް 99 ފަތުރުވެރިން ތިބި ގިލިލަންކަންފުށި ރިސޯޓުގައި އަލިފާން ރޯވި ސަރަހައްދު މިހާރު ބަންދު ކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފުން ވެސް ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި ރިސޯޓު މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގިލިލަންކަންފުށި ރިސޯޓުގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ޓެމީ ގެން ވިދާޅުވީ، ރިސޯޓުގައި ތިބި ހުރިހާ ފަތުރުވެރިން އެހެން ރިސޯޓްތަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ހުރިހާ ފަތުރުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އަލިފާން ފުރަތަމަ ހިފާފައި ވަނީ އެންމެ އަގު ބޮޑު ރޫމް '' ކްރޫޒޯ ރެޒިޑެންސް'' ގައި

އަލިފާން ރޯވުމާ އެކު ރިސޯޓުގެ މެނޭޖްމެންޓްގެ އިސް ބޭފުޅުންނާއި، ވެރިފަރާތާ ގުޅިގެން އެކްޝަން ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި، އެކަމާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް މީޑިއާ އަށް ހިއްސާކުރައްވާނެ ކަމަށް ވެސް ޓެމީ ވަނީ ވިދާޅުވެފައެވެ.

ޖުމްލަ 45 ކޮޓަރި ހުންނަ ފަސް ތަރީގެ ގިލިލަންކަންފުށި ރިސޯޓަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، އެއީ ކިހާވަރެއްގެ ގެއްލުމެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ އިތުރުން ޓޫރިޒަމްގެ އިސް އޮފިޝަލުން ވެސް ރިސޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓް މުވައްޒަފުންގެ އެހީތެރިކަމާ އެކު އެމްއެންޑީއެފުން އަލިފާން ނިއްވާލާފައި ވަނީ ބުދަ ދުވަހުގެ ރޭ ފަތިހު ފަހެއް ޖެހިއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި ރިސޯޓުގެ ދެ މުވައްޒަފަކާއި، އެމްއެންޑީއެފް މީހަކަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް