ނައިވާދޫއަށް މަރުވެފައިވާ މީހެއް ހަށިގަނޑު ލައްގައިފި
1 ޖެނުއަރީ 2019 | އަންގާރަ 08:07ހަށިގަނޑު ލައްގާފައި އޮތީ އެރަށުގެ އިރުމަތީ ފަރާތުގެ ބޯޓް ޔާޑް ސަރަހައްދުގައި

ނައިވާދޫއަށް ލައްގާފައިވާ ހަށިގަނޑު: ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ހދ ނައިވާދޫއަށް މަރުވެފައިވާ މީހެއް ހަށިގަނޑު ލައްގައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ފާއިޒު ވިދާޅުވީ 11:30 ހާއިރު އެރަށުގެ ގޮނޑުދޮށުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކާކުކަން ނޭނގޭ ވަރަށް ހަށިގަނޑު ހަލާކުވެފައިވާ ކަމަށާއި، ލަފާ ކުރެވެނީ އަންހެނެއްގެ ހަށިގަނޑާ ކަމަށެވެ.
ހަށިގަނޑު ލައްގާފައި އޮތީ އެރަށުގެ އިރުމަތީ ފަރާތުގެ ބޯޓް ޔާޑް ސަރަހައްދުގައި ކަމަށް ފާއިޒު ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިފަދަ މައުލޫމާތެއް 12:00 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށާއި، ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުންގެ ޓީމެއް އެރަށަށް ދަތުރު ކުރަމުންދާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.







