Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސިމްބާ: ތިން ދުވަހުން 100 ކްރޯޑް ކްލަބަށް!

ފިލްމް ރިލީޒް ކުރި ފުރަތަމަ ހަފްތާބަންދުގައި ހަމައެކަނި އިންޑިއާއިން 76 ކްރޯޑް ރުޕީސް ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 ޑިސެމްބަރު 2018 | ހޯމަ 13:32
ސިމްބާގެ ޕޯސްޓަރު

ސިމްބާގެ ޕޯސްޓަރު

ރަންވީރު ސިންގްގެ ފިލްމް ތަކުގެ ތެރެއިން "ސިމްބާ" ވަނީ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ސޯލޯ ފިލްމަށް ވެގެން ގޮސްފައެވެ.

ރޯހިތް ޝެޓީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ހަފްތާބަންދުގައި ހަމައެކަނި އިންޑިއާއިން 76 ކްރޯޑް ރުޕީސް ލިބިފައެވެ. އެ ގޮތުން މި ފިލްމަށް ރިލީޒް ކުރި ހުކުރު ދުވަހު 20.72 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހޮނިހިރު ދުވަހު ވަނީ 23 ކްރޯޑް ރުޕީސް ލިބިފައެވެ. އަދި އާދިއްތަ ދުވަހު ވަނީ 31 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމަށް އިންޓަނޭޝަނަލް މާކެޓްގައި ވަނީ 29 ކްރޯޑް ރުޕީސް ލިބިފައެވެ. އެހެންކަމުން މި ފިލްމަށް ތިން ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ ވަނީ 100 ކްރޯޑަށް އަރާފައެވެ.

ރަންވީރުގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައި އޭނާ އާއި އަންހެނުން ދިޕިކާ އެކުގައި ކުޅޭފައިވާ ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމް ހިމެނެއެވެ. އެއީ "ގަލިޔޯންކި ރަސީލާ- ރާމް ލީލާ"، "ބާޖިރައޯ މަސްތާނީ" އަދި "ޕަދްމާވަތީ" ހިމެނެއެވެ. އެގޮތުން ރާމް ލީލާ އަށް 112 ކްރޯޑް ރުޕީސް، ބާޖިރައޯ މަސްތާނީއަށް 183 ކްރޯޑް ރުޕީސް އަދި ޕަދްމާވަތީއަށް 282 ކްޜޯޑް ރުޕީސް ވަނީ ލިބިގެން ގޮސްފައެވެ. މީގެ ތެރެއިން ޕަދްމާވަތީ އަށް ވަނީ ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 114 ކްރޯޑް ރުޕީސް ލިބިފައެވެ.

ރަންވީރު ކުރިން ކުޅެފައިވާ ސޯލޯ ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަށް ވެފައިވަނީ "ބޭފިކްރޭ" އެވެ. އެފިލްމަށް އިންޑިއާގައި ލިބިފައިވަނީ 60 ކްޜޯޑް ރުޕީސް ކަމަށް ބޮކްސް އޮފީސް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ރަންވީރު އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން "ބޭންޑް ބަޖާ ބާރާތް" އަދި ލޭޑީސް ވާރސަސް ރިކީ ބޭލް އަދި ލިބިފައިވަނީ 30 ކްޜޯޑް ރުޕީސް އެވެ.

"ސިމްބާ"ގައި ރަންވީރާއި އެކު ފެނިގެންދާނީ ސާރާ އަލީ ޚާން އެވެ. މި ފިލްމަށް ކްރިޓިކުންގެ ފަރާތުން ވަނީ ޕޮޒިޓިވް ކޮމެންޓްސް ލިބިގެން ގޮސްފައެވެ.

ރަންވީރު ދެން ފެނިގެން ދާނީ ޒޯޔާ އަޚްތަރުގެ "ގަލީ ބޯއީ" އިންނެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

22 މެއި 2017
"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް
11 އެޕްރީލު 2017

ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ

11 އެޕްރީލު 2017
ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ
30 މާރިޗު 2017

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

30 މާރިޗު 2017
  "އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް
29 މާރިޗު 2017

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު