Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތަގްސް އޮފް ހިންދުސްތާން

'ތަގްސް އޮފް ހިންދުސްތާން' އަށް ޗައިނާ އިން ވެސް ތަރުހީބެއް ނުލިބުނު!

ރިލީޒް ކުރި ފުރަތަމަ ދުވަހު 52.5 ކުރޯޑް ރުޕީސް ލިބިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 ޑިސެމްބަރު 2018 | އާދީއްތަ 14:31
\'ތަގްސް އޮފް ހިންދުސްތާން\' ޕޯސްޓަރ

\'ތަގްސް އޮފް ހިންދުސްތާން\' ޕޯސްޓަރ

ބޮލީވުޑުގެ ސުޕަރސްޓަރ އާމިރު ޚާން އާއި އަމީތާބް ބައްޗަން އެކުގައި އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ޗައިނާ އިން ވެސް ތަރުހީބެއް ނުލިބުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގައި އާމިރު ޚާންގެ ފިލްމުތަކަށް ބޮޑު ސަޕޯޓެއް ލިބިފައިވީ ނަމަވެސް "ތަގްސް އޮފް ހިންދުސްތާން" އަށް ޗައިނާ ބޮކްސް އޮފީހުން ލިބިފައި ވަނީ ފިނި ތަރުހީބެކެވެ.

އެ ގޮތުން އިންޑިޔާގައި ފިލްމު ރިލީޒްކުރިތާ އެއްމަސް ފަހުން ޗައިނާގައި މި ފިލްމު އެޅުވި ދުވަހު ލިބިފައި ވަނީ 10 ކްރޯރް ރުޕީސްއެވެ.

އިންޑިޔާގެ ސިނަމާތަކުގައި "ތަގްސް އޮފް ހިންދުސްތާން" އަށް އެހާ ބޮޑު ތަރުހީބެއް ނުލިބުމުނު ނަމަވެސް އާމިރު އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ "ޑަންގަލް" އަދި "ސީކްރެޓް ސުޕަރސްޓަރ" އަށް ލިބުނު ފަދަ ތަރުހީބެއް ބޭރު ގައުމުތަކުގައި މި ފިލްމަށް ވެސް ލިބިގެންދާނެ ކަމަށް ޕްރޮޑިއުސަރުން އުންމީދު ކުރިއެވެ. "ޑަންގަލް" އަދި "ސީކްރެޓް ސުޕަރސްޓަރ" އަކީ ޗައިނާގެ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިބެއް ހޯދާފައިވާ ދެ ފިލްމެވެ.

މި އަހަރުގެ ދިވާލީގައި ރިލީޒްކުރި "ތަގްސް އޮފް ހިންދުސްތާން" ވަނީ ރެކޯޑް މުގުރާލާފައެވެ. އެގޮތުން މި ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 50 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެހެން ނަމަވެސް ފުރަތަމަ ދުވަހާ އަޅާބަލާއިރު ފިލްމަށް ލިބެމުން ދިޔަ ތަރުހީބު ކުޑަވެފައި ވަނީ ފިލްމު ކްރިޓިކުންގެ ފާޅުކުރި ނެގެޓިވް ހިޔާލުތައް ގިނަވުމުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމުތައް ދިރާސާކުރާ ފަރާތްތަކުން ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދަ އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފިލްމަށް މިހާތަނަށް ލިބިފައި ވަނީ 150.32 ކްރޯރް ރުޕީސްއެވެ. ފިލްމް އުފެއްދުމަށް 300 ކްރޯރް ރުޕީސް ހޭދަވި ކަމަށް ވެއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
15 މާރިޗު 2017

"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ

15 މާރިޗު 2017
"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
01 މާރިޗު 2017

މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި

01 މާރިޗު 2017
މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި
25 ފެބުރުއަރީ 2017

މާދަމާ "ރިންގް އޮފް ފަޔާ" އިރުކޭތަ ހިފާނެ:ނާސާ

25 ފެބުރުއަރީ 2017
މާދަމާ "ރިންގް އޮފް ފަޔާ" އިރުކޭތަ ހިފާނެ:ނާސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު