Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޒީރޯ އަށް ފަސްދުވަހުން 81 ކްރޯޑް!

މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 81.32 ކްރޯޑް ރުޕީސް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޑިސެމްބަރު 2018 | ބުދަ 19:10
ޒީރޯއިން ފެނިގެންދާ ދެ ތަރިންކަމަށްވާ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް

ޒީރޯއިން ފެނިގެންދާ ދެ ތަރިންކަމަށްވާ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޝާހުރުކް ޚާން ގެ ފިލްމް "ޒީރޯ" އަށް، ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 81 ކްރޯޑަށް އަރައިފިއެވެ.

ޝާހުރުކް ޚާންގެ އިތުރުން އަނުޝްކާ ޝާރުމާ އާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް، ރިލީޒްކުރި ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20.14 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި ހޮނިހިރު ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.22 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު ލިބިފައި ވަނީ 18.25 ކްރޯޑް ރުޕީސްއެވެ.

މި ފިލްމަށް ހޯމަ ދުވަހު 9.50 ކްރޯޑް ލިބިފައިވާއިރު ކްރިސްމަސްޑޭ ކަމަށްވާ އަންގާރަ ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.75 ކްރޯޑް ރުޕީސް އެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 81.32 ކްރޯޑް ރުޕީސްއެވެ.

200 ކްރޯޑްގެ ބަޖެޓަކުން ހަދަފައިވާ "ޒީރޯ" ވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ. މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމް ތަކުގެ ލިސްޓްގައި ހިމެނެނީ "ޕަދްމާވަތީ"، "ރޭސް3"، "ސަންޖޫ" އަދި "ތަގްސް އޮފް ހިންދުސްތާން" އެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2018

ރޭސް3: ފަސް ދުވަހުން 132 ކްރޯޑް ހޯދައިފި

21 ޖޫން 2018
ރޭސް3: ފަސް ދުވަހުން 132 ކްރޯޑް ހޯދައިފި
15 މެއި 2018

ޒީރޯގެ ޝޫޓިންއަށް ޝާހު ނިއުޔޯކްއަށް

15 މެއި 2018
ޒީރޯގެ ޝޫޓިންއަށް ޝާހު ނިއުޔޯކްއަށް
03 ޖެނުއަރީ 2018

ޒީރޯއިން ޝާހު ފެންނާނީ ކުރު މީހެއްގެ ގޮތުގައި

03 ޖެނުއަރީ 2018
ޒީރޯއިން ޝާހު ފެންނާނީ ކުރު މީހެއްގެ ގޮތުގައި
02 ޖެނުއަރީ 2018

މި އަހަރު ނުކުންނަ ޝާހްރުކް ޚާންގެ ފިލްމުގެ ނަމަކީ ޒީރޯ!

02 ޖެނުއަރީ 2018
މި އަހަރު ނުކުންނަ ޝާހްރުކް ޚާންގެ ފިލްމުގެ ނަމަކީ ޒީރޯ!
09 އޯގަސްޓު 2017

ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް

09 އޯގަސްޓު 2017
ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު