މެޑަމް ފަޒްނާގެ އަރިހަށް އިންޑިއާގެ ސަފީރުގެ އަނބިކަބަލުން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
23 ޑިސެމްބަރު 2018 | އާދީއްތަ 19:58ނަފްސާނީ ދުޅަ ހެޔޮކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާ


މެޑަމް ފަޒްނާ (ކ) ރީތީ މިޝްރާ (ވ)
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދުގެ އަރިހަށް އިންޑިއާގެ ސަފީރުގެ އަނބިކަނބަލުން ރީތީ މިޝްރާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އާދިއްތަ ދުވަހު މުލިއާގޭގައި ބޭއްވި މި ބައްދަލުވުމުގައި ނަފްސާނީ ދުޅަ ހެޔޮކަމާ ބެހޭ ގޮތުން ދެކަނބަލުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި އާއްމުން ހޭލުންތެރި ކުރުވުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ދެ ކަނބަލުން މެދުގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައު ގައި އިތުރުކުރުމާއި ބެހޭ ގޮތުން ހިޔާލު ބަދަލު ކޮށްފައިވާ ކަމަށާއި، އަދި އެފަދަ ފަރާތްތަކުގެ އެކަށީގެންވާ ހުނަރު ދަސްކޮށްދިނުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ފަޒްނާއާ ރީތީގެ ވާހަކަފުޅުގައި އަލި އަޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މުލިއާގޭގާއި ބޭއްވި ބައްދަލުވުމުގެ ތެރެއިން
މީގެ އިތުރުން ދިވެހިރާއްޖެ އާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި ޘަޤާފީ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ދެކަނބަލުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން މާލޭގައި ޤާއިމުކޮށްފައިވާ އިންޑިޔަން ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންތިޒާމުކުރާ އުރުދޫ ބަސް ދަސްކޮށްދިނުމުގެ ކްލާސްތަކާއި، މިޔުޒިކު ކުލާސް ގެ އިތުރުން ޔޯގާ ކްލާސްތަކުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ.






