Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަައުދީ - އިސްރާއީލް

ސައުދީން އިސްރާއީލާއެކު ގުޅުން ގާއިމް ކުރަން ކުރި މަސައްކަތް ހުއްޓުމަކަށް

އިސްރާއީލްއާއި އެކު ގުޅުން ގާއިމު ކުރުމުގެ މަސައްކަތުގައި އެއްމެ ގަދަޔަށް އުޅުއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން

އަމަން ހަލީމް
އަމަން ހަލީމް | 20 ޑިސެމްބަރު 2018 | ބުރާސްފަތި 08:36
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން

އެމެރިކާގެ ވާގިވެރިވުމާއި އެކު، އިސްރާއީލާއި އެކު ގުޅުން ގާއިމް ކުރުމަށް ސައުދީން ކުރި މަސައްކަތަށް ބުރޫ އަރައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ހާމަކޮށްފައިވާ ގޮތުގައި، ސައުދީއިން ވަނީ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ ތުހުމަތު ވަލީއަހުދު ސަލްމާންއަށް ކުރެވުނު ހިސާބުން، ސައުދީއާއި މެދު މީހުން ދެކޭ ގޮތް ގޯސްވެދާނެ ކަހަލަ އެއްވެސް ހާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށެވެ. އިސްރާއީލްއާއެކު ގުޅުން ގާއިމު ކުރުމުގެ މަސައްކަތުގައި އެންމެ ގަދަޔަށް އުޅުއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ.

ހަޝޯގީގެ މަރާ ގުޅިގެން ރަސްގެފާނު ސަލްމާން ވަނީ ދައުލަތުގެ ކުރީ ސަފުގައި އަމަލީ ގޮތުން ހަރަކާތްތެރި ވާން ފަށާފައެވެ. މި ފަހުން ރަސްގެފާނު ވިދާޅުވީ އިސްރާއީލް-ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުން އެއީ އެއްމެ މުހިންމު ކަން ކަމަށެވެ.

މިކަމުގެ މައުލޫމާތު އެނގޭ ބަޔަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފައި ވަނީ މިހާރު މިކަން މަޑުޖައްސާލި ނަމަވެސް، ސިއްރިޔާތުގައި މި ވާހަކަތައް ކުރިޔަށް ދާނެ ކަމަށެވެ. ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ މަސްލަހަތު އޮތުމާއި ގުޅިގެން، ދެ ގައުމުން ވެސް ގުޅުން ގާއިމް ކުރަން މަސައްކަތް ކުރާނެ ކަމަށެ ވެސް އެ ފަރާތްތަކާ ހަވާލާދީ އެ ނޫހުގައި ވަނީ ލިޔެފައެވެ.

ސައުދީއާއި އިސްރާއީލްއާއި ގުޅުން ގާއިމް ކުރަން މަސައްކަތް ކުރެވެމުން ދާ އިރު، އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި އެއްވެސް ރަސްމީ ސިފައެއްގައި ސައުދީއިން ބަލައިގަނެފައިވާ ގައުމެއް ނޫނެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
03 އެޕްރީލު 2017

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
25 ފެބުރުއަރީ 2017

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު