Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމާރާތް ކުރުން

ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ

17 ޑިސެމްބަރު 2018 | ހޯމަ 16:30

ރާއްޖޭގެ އިކޮނޮމީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޑިސެމްބަރު 2018 | ހޯމަ 16:30
މަސީން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މަސީން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ މުޅި ސިނާއަތަށާއި، ގައުމަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފިއެވެ.

މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ކުޑަ ކުއްޖެއް ނިޔާވުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސީ އެކްޒެކްޓިވް ބޯޑުގެ މެންބަރު މުހައްމަދު އަލީ ޖަނާހް ވިދާޅުވީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހަދައި އިމާރާތްކުރުމުގެ ހުއްދަ ނުދިނުމަށާއި، ވަގުތީގޮތުން އިމާރާތްކުރުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ގާނޫނީ ވަކީލުންތަކެއް މައްސަލަ ހުށައެޅުން އެއީ ހައްލު ނޫން ކަމަށެވެ. އަދި މިއީ ރާއްޖޭގައި އޮތް ދެވަނަ އަށް އެންމެ ބޮޑު ސިނާއަތްކަން ފާހަގަކުރައްވައި، ޖަނާހު ވިދާޅުވީ މަސައްކަތް ހުއްޓުވައިފިނަމަ މުޅި ސިނާއަތަށާއި، ރާއްޖޭގެ އިކޮނޮމީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޖަނާހު ވިދާޅުވީ މި ސިނާއަތުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަށް އުޅޭ ކަމަށާއި، މިފަދަކަމެއް ކޮށްފިނަމަ މިއީ އެފަރާތްތަކަށްވާ ބޭއިންސާފެއް ކަމަށެވެ.

"ކޯޓު އަމުރުގެ ދަށުން އެކަހަލަކަމެއް ހިނގާފިއްޔާ އެއީ މުޅި އިންޑަސްޓްރީއަށްވެސް، ރާއްޖެއަށްވެސް، މުޅި އިކޮނޮމީއަށް ވެސް ލިބޭ ގެއްލުމެއް. އިކޮނޮމީ މިއޮތީ ވަރަށް އެހެން ކަހަލަ ނޫޒުކު ހާލަތެއްގައި. ކޮންމެ ދުވަހަކު ވެސް ހަމަ ޓެކްސްއާ އެއްޗެހި ބޭނުންވާ ހާލަތެއްގައި. އެގިވަޑައިގަންނަވާނެ މީޑިއާގައި ހުރި ޚަބަރުތަކުން. ކޮންމެ ހަފްތާއަކު ދައުލަތުގެ ހަރަދުތައް އެބަ ހިނގާ. އެއާއެކު ޓެކްސްއަށް މިޑިޕެންޑް މިވަނީ. އެންމެ ހަފްތާއަކު ހުއްޓާލިއަސް ކޮންޓްރެކްޓަރުންގެ އިތުރުން ހަމަ ޓެކްސްއިން ހަމަ ނޭދެވޭ އަސަރު އިކޮނޮމީއަށް ވަރަށް ބޮޑަށް ކުރާނެ" ޖަނާހު ވިދާޅުވިއެވެ.

ޖަނާހު ވިދާޅުވީ މިއީ އެކަކު އަނެކަކު ކުށްވެރިކުރަންވީ ވަގުތު ނޫން ކަމަށާއި، މިކަން ހައްލުކުރުމަށް އެންމެންގެ އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާގައިވެސް ވަރަށް ހާލުން މަސައްކަތް ކުރާ މީހުން އުޅޭ ކަމަށާއި، އެންމެންނަކީ އަތްމަތި އެހާތަނަވަސް މީހުން ނޫން ކަމަށެވެ. އެގޮތުން މިއީ އެމީހުންނަށް އަދަބު ދޭންވީ ވަގުތު ނޫން ކަމަށާއި، މިއީ އެމީހުންނަށް ރަނގަޅު މަގު ދައްކައިދޭންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ސަރުކާރުންވެސް، ސިޓީ ކައުންސިލުން ވެސް، ރޭއްސުރެން އެނަންގަވަމުން ގެންދެވީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް. އަދި ރައީސުލްޖުމްހޫރިއްޔާގެ ގައިޑެންސް ވަރަށް ފުރިހަމަ. މަސީން މިކަމަށް ފުލް ސަޕޯޓް ދޭނަން. އެއި ކަން ހިނގިތަން ތަހުގީގު ކުރައްވަމުން އެބޭފުޅުންގެ މަސައްކަތް މިވަގުތަށް ހުއްޓުވާލުމަށްފަހު އެހެން އެންމެނަށް މަސައްކަތް ކުރެވޭނެ ގޮތް ހައްދަވާފަ. ދެން އެގެންދަވަނީ މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކެއްގެ ސޭފްޓީ ރިވިއު ކުރައްވަމުން" ޖަނާހު ވިދާޅުވިއެވެ.

މަސީގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ އިމާރާތުގެ މަސައްކަތް ކުރިއަށްދާއިރު، އާންމުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށްދާއިރު، މަގަށް ނުވަނުމަށް އެދި ބޯޑު ބެހެއްޓި ނަމަވެސް އެއަށް ބެލުމެއް ނެތި އާންމުން އެމަގަކުން ވަދެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ މަސައްކަތް ކުރަމުންދާ ސަރަހައްދުގެ ނުރައްކާތެރިކަން އާންމުންނަށް އިހުސާސްކުރެވެންޖެހޭ ކަމަށާއި، މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވާން ޖެހޭ ކަމަށެވެ.

"މީހުންގެ ހޭލުންތެރިކަން ވަރަށް މުހިންމު. ބޯޑު ބަހައްޓާފަ، ޓޭޕް ޖަހާފަ ހުންނައިރުވެސް އެތާ ފާރުކައިރިން ލާފަ ދަނީ. މިކުރާ މަސައްކަތުގައި އާންމުގެ ހޭލުންތެރިކަން ބަލަހައްޓަންޖެހޭ. ހުއްޓުވުމަށް މަސައްކަތް ކުރަންޖެހިއްޖެނަމަ ޒުވާބަކަށް ދާނީ." އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ އިމާރާތް ކުރާއިރު މަސައްކަތްތެރިންގެ ސަލާމަތާއި، ރައްކާތެރިކަމުގެ އިތުރުން، މަސައްކަތް ކުރަމުންދާ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އަޅާ ކޮންމެ ކަމަކަށް މަސީން އެއްބާރުލުން ދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް