Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަމުގެ އެވޯޑް

ނޫސްވެރިކަމުގައި ވޭތިވެ ދިޔަ 7 އަހަރަކީ ނޫސްވެރިކަމުގެ 75 އަހަރާއި އަޅާ ނުކިޔޭނެ ދުވަސްތަކެއް: ފިޔާޒް

މިއަހަރުގެ މާރޗްމަހުގެ 16 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ހިތާމަވެރި އެއްދުވަސް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 12 ޑިސެމްބަރު 2018 | ބުދަ 08:09
ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ (ކ-2) ރާއްޖެޓީވީގެ ޓީމަކާއިއެކު ބްރޯޑްކޮމް އާއި ބައްދަލުކުރަނީ

ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ (ކ-2) ރާއްޖެޓީވީގެ ޓީމަކާއިއެކު ބްރޯޑްކޮމް އާއި ބައްދަލުކުރަނީ

ވޭތުވެ ދިޔަ 7 އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރާއި އަޅާ ނުކިޔޭނެ 7 އަހަރުކަމަށް ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޔާޒް ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަތި ގޮންޖެހުންތަކާއި ކުރިމަތިވި އަހަރެއް ކަމަށާއި އަދި މިދައިރާގައި މަސައްކަތް ކުރަމުންދާ ގިނަ ނޫސްވެރިން ތަކަށްކަށް ވަރަށް ބޮޑަތި އަނިޔާ ތަކެއް ލިބުނު އަހަރެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިއަހަރުގެ މާރޗްމަހުގެ 16 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ހިތާމަވެރި ތަޖުރިބާ ކުރަންޖެހުނު ދުވަސްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެދުވަހު ރާއްޖެ ޓީވީގެ ތިން ނޫސްވެރިން އެއްފަހަރާ ބަންދުކޮށް ޖަލަށް ގެންދެވުނު ކަމަށެވެ.

ފިޔާޒް ވިދާޅުވީ ވަކި ޚަބަރެއް ނުވަތަ ވަކި މީހެއްގެ ޚަބަރެއް ނުޖެހުމަށް ބޮޑަތި އަދަދުތަކުން ފައިސާ ހުށަހެޅިގެން ދިޔަކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއްގެ އަވާގައި ނުޖެހި ތެދުވެރިކަމާއި ހިތްވަރާއި އެކު މަސައްކަތް ނުކުރިނަމަ މިއަދު މިހާހިސާބަށް ނާދެވެނެކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ހިތްޕުޅު ހަމަޖެހުނު ދުވަސްތަކަކީ ރާއްޖެ ޓީވީގައި ސީއޯއޯ އެއްގެ ގޮތުގައި މަސައްކަތްކުރެއްވި ތިން އަހަރާއި ބައިގެ މުއްދަތު ކަމަށާއި، ރާއްޖެ ޓީވީގެ މުވައްޒަފުން ފާހަގަކުރަނީ ވަރަށް ކެރޭ ހިތްވަރުގަދަ ނޫސްވެރިންތަކެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ އޭނާއަށް ލިބިލެއްވި ނޫސްވެރިކަމުގެ ރަން ގަލަން އެވޯޑުގެވެސް ހަގީގީ ހައްގުވެރިންނަކީ ރާއްޖެ ޓީވީގެ މުވައްޒަފުންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ ނޫސްވެރިކަމަކީ 8 ގަޑިއިރުގެ މަސައްކަތެއް ނޫންކަމަށާއި އެއީ ވަރަށް ގިނަވަގުތު އެކަމަކަށް ހޭދަކޮށްގެން ނޫނީ ނުކުރެވޭނެ މަސަކަތެއް ކަމުގައެވެ.

އޭގެ އިތުރުން މުރާލި ކަމާއި ހީވާގި ކަމާއި އިޚްލާސްތެރިކަމަކީ ކޮންމެ ނޫސްވެރިއެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކެއް ކަމުގައި އޭނަ ވިދާޅުވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކޮށްދިނުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ ނޫސްވެރިކަމުގެ ރަން ގަލަން ފިޔާޒު އަށް ލިބިފައިވަނީ ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަކުރުމަށާއި ވޭތުވެ ދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ލިބުނު ފަރާތްތަކަށް އިނާމު ދިނުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު