Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިނަދޫ އިސްލާމީ މަރުކަޒު

ވަގުތީ ގޮތުން ހުޅުވި މިސްކިތަށް ކުރަންޖެހޭ ޚަރަދު އަދި ވެސް އެތައް މިލިއަނުގައި!

މަރުކަޒު ހުޅުވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 11ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2019 | ހޯމަ 09:15
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިނަދޫގައި އިމާރާތްކުރި އިސްލާމީ މަރުކަޒު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިނަދޫގައި އިމާރާތްކުރި އިސްލާމީ މަރުކަޒު

މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ބިނާ ކުރި ފުރަތަމަ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ގދ. ތިނަދޫގައި ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެރަށު ކައުންސިލުން 68،000 އަކަފޫޓުގެ ބިމެއް، އެމްއާރުޑީސީއާ ހަވާލުކޮށްފައި ވަނީ އެ އިމާރާތުގައި ލައިބްރަރީއަކާއި 500 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 30 މީހުންގެ ޖާގައިގެ ހަތަރު ކްލާސް ރޫމާއި އޮފީހެއް ހެދުމަށެވެ. އެއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އެހީ އާއި، ދިވެހި ސަރުކާރުގެ ބަޖެޓާ އެކު ޖުމްލަ 34.4 މިލިއަން ރުފިޔާއަށް ޚަރަދުކޮށްގެން އެޅި އިމާރާތެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބާ ދިމާކޮށް ވަގުތީ ގޮތުން ހުޅުވި އެ އިމާރާތް ބޭނުންކުރުން ނުރައްކަލަކަށްވެ، ރަށުގެ ރައްޔިތުންގެ ޝަކުވާ ކައުންސިލާއި، އިސްލާމިކް މިނިސްޓްރީއަށް ދިޔައީ ހުށަހަޅަމުންނެވެ.

ވާރޭ ވެހޭ ދުވަސްތަކުގައި މިސްކިތުގެ އެތެރެއަށް ފެން ފައިބާތީ ބާލިދީ ބަހައްޓަންޖެހޭ ކަމުގެ ޝަކުވާ ރަައްޔިތުން ދިޔައީ ކުރަމުންނެވެ. މިސްކިތުގެ ތެރޭގައި އަޅާފައި އޮތް ކާޕެޓްގެ ސަބަބުން ސަޖިދައިގައި އޮންނައިރު އޭގައި ހުރި ކުނޑި އަނގައަށާއި ނޭފަތަށް އެޅޭ ކަމުގެ ޝަކުވާއާއި، މިހެން ގޮސް އެތައް ޝަކުވާއެކެވެ. އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން އިމާރާތްކުރި މިސްކިތުގައި އެހާ ބޮޑެތި މައްސަލަތައް ހުރުމަކީ ރައްޔިތުންނަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ.

މަރުކަޒުގެ މަސައްކަތް އެންމެ ފުރަތަމަ ފަށައިގަތްއިރު ސަރުކާރުން ކައުންސިލާ ގުޅިގެން މަސައްކަތްކުރި ނަމަވެސް މިސްކިތް ހަދަމުން ދިޔައިރު ފާހަގަކުރެވުނު މައްސަލަތަކުގެ ވާހަކަ ދައްކައި އެތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީ ހިސާބުން ސައިޓަށް ވަނުމުގެ ފުރުސަތު ކައުންސިލަށް ބަންދުކުރިއެވެ. އެ ސަބަބާ ހުރެ މަސައްކަތް ފަހުން ކުރިއަށްގެންދިޔަ ގޮތެއް ކައުންސިލަށް ނޭނގޭ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

"އިސްލާމީ މަރުކަޒު އެހެރީ މަސައްކަތް އެއްކޮށް ނުނިމެނީސް ހުޅުވާފައި. މިދިޔަ ހަފްތާގައި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން އެހެރީ ޗެކް ކުރުމުގެ ކަންތައްތައް. އޭގެ ކުރިން އަޅުގަނޑުމެން މިދިޔަ މަހުގެ ތެރޭގައި ޗެކް ކުރުމަށް ސިޓީ ލާފައި ވާނީ،" ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު ވިދާޅުވިއެވެ.

މަރުކަޒު ބިނާކޮށްފައި ވަނީ އެމްއާރުޑީސީއާ ހަވާލުކޮށްގެން ނަމަވެސް ތަނުގެ މަސައްކަތް ނުނިމި އުޅެނިކޮށް އެކުންފުނި ވަނީ އުވާލާފައެވެ. އެ އަށް ފަހު މަސައްކަތް ހަވާލުކޮށްފައި ވަނީ އެހެން ކުންފުންޏަކާއެވެ. ވާނުވާ ނޭނގި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި މަސައްކަތް ރަނގަޅަށް ނުނިމެނީސް އެ މިސްކިތް ހުޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުނިމި ހުރި ތަންތަން ހުޅުވި ގޮތަށެވެ. ތިނަދޫ އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 11 ގައި އޭރުގެ ރައީސް ޔާމީނެވެ.

މަރުކަޒު ހަދާފައި ހުރި ގޮތުން އެތަން ބޭނުންކުރުމަށް ހުރި ނުރައްކާތެރިކަން ރައްޔިތުން އިސްލާމިކް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ވުޒާރާތަކުގެ ބޭފުޅުންނާއި، އެތަނުގެ ކޮންޓްރެކްޓަރުންގެ ޓީމަކުން ވަނީ އެތަނުގައި ހުރި މައްސަލަތައް ބެލުމަށް ގޮސްފައެވެ.

މިސްކިތުގައި ވަގުތީ ގޮތުން ބޭނުންކުރާ ކަރަންޓް ކޭބަލް

ޓީމަށް ފާހަގަވެފައިވާ ބައެއް ކަންތައްތައް:

  • 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ހަދާފައި ހުރި މުޅި އިމާރާތުގައި ހުރީ އެންމެ ފާޚާނާއެކެވެ. މިސްކިތުގެ ފާރުތެރެއިން ފެން ލީކުވެ، އެތަނުގެ ކުޑަދޮރުތަކުގައި ޕެކިން މައްސަލަ ހުރުމުން ވާރޭ ވެހޭ ނަމަ ކުޑަދޮރުތަކުން ވެސް ފެން އެތެރެއަށް ވަނުމުގެ މައްސަލަ ފާހަގަވިއެވެ.
  • ލިފްޓެއް ބަހައްޓަން ހުރި ތަނުގައި ދެވަނަ ފަންގިފިލާގައި ދެ ފިލާގަޑު އަޅާފައި ތިރީ ފަންގިފިލާގައި ފިލާގަނޑެއް އަޅާފައެއް ނެތެވެ. އޭގެ ސަބަބުން އެތަނަށް އަރާ ފައިބާ މީހަކަށް ގެއްލުން ވެދާނެކަމުގެ ބިރު ބޮޑެވެ.
  • ސިޑިއާ ދިމާލުން ފެން ލީކުވާއިރު، އެދިމާ އަޑީގައި ކަރަންޓް މީޓަރުތަކެއް ވަނީ ބަހައްޓާފައެވެ. ސިޑި ބަހައްޓާފައި ހުރީ އަރާ އުޅެވެން ފަސޭހަ ގޮތަކަށް ނޫން ކަމާއި އަވި ގަދަ ދުވަހެއްގައި ސިޑި ހޫނުވެ އަރާ ފައިބަން އުނދަގޫވާ ކަމަށް ފާހަގަވިއެވެ.
  • ވަގުތީ ގޮތުން ހުޅުވި މިސްކިތަށް ދީފައި އޮތީ ވަގުތީ ކަރަންޓެކެވެ. ކަރަންޓް ކޭބަލް އަޅާފައި އޮތީ ސިޑި ކައިރިން ޕެނަލް ބޯޑެއް ނުލައެވެ. އޭގެ ސަބަބުން ސިޑި މަތިން ފައިބާ ފެން ލީކުވެއްޖެ ނަމަ ނަމާދަށް ގޮސްތިބޭ މީހުންނަށް ކަރަންޓުގެ އަސަރު ކޮށްފާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.

ސިޑި ކައިރީގައި ބަހައްޓާފައި ހުރި ކަރަންޓް ބޯޑު

މި މައްސަލަތަކާ އެކު އެ މަރުކަޒަށް ކުރަންޖެހޭ ޚަރަދު އެތައް ގުނައެއް ވަނީ އިތުރުވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ނާއިބު އަހުމަދުﷲ ޖަމީލު ވިދާޅުވީ މިހާރު ފެންނަން ހުރި ކަންތައްތަކަށް އެކަނި ބެލިކަމުގައި ވިޔަސް އެ އިމާރާތުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ހަތަރު މިލިއަނާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޚަރަދެއް ހޭދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ސަރވޭ ޓީމުން ސަރވޭ ކޮށްފައި ވަނީ. އެ ރިޕޯޓު ލިބުމުން އަޅުގަނޑުމެންނަށް އޭގެ ތަފްސީލެއް އެނގޭނީ. އެހެން ނަމަވެސް މިހާރު ފެންނަން ހުރި ކަންތައްތަކުން ހަތަރު މިލިއަނާއި ފަސް މިލިއަން އެތަނަށް ހޭދަވާނެ،" އަހުމަދުއްﷲ ޖަމީލު ވިދާޅުވިއެވެ.

ވަގުތީ ގޮތުން އިމާރާތް ހުޅުވިއިރު ހަމައެކަނި ހުރީ އިމާރަތްކުރުމުގައި ގެންގުޅު ފަރުވާކުޑަކަމުގެ މައްސަލަތަކެއް ނޫނެވެ. އެ އިމާރާތަށް މުއައްޒަފުން ނަގާފައި ވަނީ ވެސް އެއްވެސް އިއުލާން ކުރުމެއް ނެތިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މަރުކަޒުގައި ހަތަރު ދިވެހިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މުއައްޒަފުން ނަގާފައި ވަނީ ކިހިނެއް ކަމެއް އަދި އެ މުއައްޒަފުންނަކީ ކޮން ބައެއް ކަމެއް އެ މިނިސްޓްރީއަށް އެނގޭނެ ލިޔުމެއް ފެންނާކަށް ނެތެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިމާމަކާއި މަސައްކަތު ދެ މީހުންނާ. އަޅުގަނޑަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ ހަތަރު މުއައްޒަފުން ނެގިކަމަށް. އެކަމަކު އެ ނެގި ގޮތެއް އެނގީ ކޮންތާކުން ކޮން ބައެއް ކަމެއް ސާފުކޮށް އެނގޭކަށް ނެތް،" އަހުމަދުﷲ ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް

ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް

03 ނޮވެމްބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު