Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔެލޯ ވެސްޓް މުޒާހަރާ

ޔެލޯ ވެސްޓް މުޒާހަރާ: 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

9 ޑިސެމްބަރު 2018 | އާދީއްތަ 12:47

211 މީހުން ހައްޔަރުކުރެވުނު: ޕޮލިސް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ޑިސެމްބަރު 2018 | އާދީއްތަ 12:47

ދިރިއުޅުމުގެ އަގުތައް މައްޗަށްދާތީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހޮނިހިރު ދުވަހު މުޒާހަރާކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް ކަރުނަ ގޭހާއި ޕެޕަރސްޕޭރޭ ބޭނުންކޮށް 200 އަށްވުރެގިނަ މީހުން ހައްޔަރުކޮށްފިއެވެ.

"ޔެލޯ ވެސްޓް" ގެ ނަން ދީފައިވާ މި މުޒާހަރާ ފެށިގެންދިޔައީ ޑީސަލްގެ އަގު ބޮޑުވެގެންނެވެ.

ޑީސަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރުމުން ފެށުނު މުޒާހަރާތައް މިހަފްތާ ބަންދުގައި ހޫނުވެދާނެ ކަމަށް ލަފާކޮށް، ޕެރިހުގައި ފަތުރުވެރިންގެ މަޤްބޫލުކަން ލިބިފައިވާ ބައެއް ތަންތަން ހޮނިހިރު ދުވަހު ވަނީ ބަންދުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު ރިޕޯޓަރުންނަށް ވިދާޅުވީ ޗެމްޕްސް އެލީސީ ސަރަހައްދުގައި 1500 އެއްހާ މީހުން މުޒާހަރާކޮށްފައި ވާއިރު 211 މީހުން ހައްޔަރު ކުރެވުނުކަމަށެވެ. އެމީހުން ހައްޔަރުކުރީ ހަތިޔާރުގެ ގޮތުގައި ބެލެވޭ، ބޭސް ބޯލް ބެޓާއި، ދަގަނޑު ބޯޅަ ގެންގުޅެފައިވާތީ ކަމަށް ފުލުހުން ބުނެއެވެ.

ފަރަންސޭސީ ބޮޑުވަޒީރު އެޑުއަރޑް ފިލިއްޕެ ވިދާޅުވީ ޕެރިހުގެ މަޝްހޫރު އެއިފިލް ޓަވަރާއި، ޕެރިހުގެ މައި މަގުތަކުގައި ހުޅުވާފައިވާ ކެފޭތަކުގެ އިތުރުން ބައެއް ދާރުލްއާސާރުތައް ވެސް ހޮނިހިރު ދުވަހު ބަންދު ވާނެކަމަށެވެ. އޭގެ ތެރޭގައި މަޝްހޫރު ލޫވް މިއުޒިއަމް ހިމެނެއެވެ. ހަފްތާ ބަންދުގައި ގިނަ ތަންތަން ބަންދުކުރުމަށް ނިންމީ، ހަމަ ނު ޖެހުންތަކުގައި ޕެރިހުގެ އާސާރީ އަދި ފަތުރުވެރިންގެ މަޤްބޫލުކަން ހޯދާފައިވާ އާކް ޑި ޓްރައޯމްފް ފަދަ ތަންތަނަށް މުޒާހަރާކުރާ ފަރާތްތަކުން ގެއްލުން ދިނުމާއި ގުޅިގެންނެވެ.

ނިމިދިޔަ ހަފްތާ ބަންދުން ފެށިގެން ޕެރިހުގެ މަގުތަކުގައި ހަމަ ނު ޖެހުން ހިނގަމުންދާއިރު ފަރަންސޭސީވިލާތުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 89 ހާސް ފުލުހުން ނެރެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެޤައުމުގައި ހިނގާ މިފަދަ ދާޚިލީ އެންމެ ބޮޑު ހަމަނުޖެހުމެވެ.

މުޒާހަރާތައް ހޫނުވެ، ތެލުން ނަގަން އުޅުނު ޓެކްސް އަންނަ އަހަރުގެ ބަޖެޓްގައި ނުހިމެނުމަށް ފަރަންސޭސީވިލާތުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަ ވެސް ތެލުން ނަގަން އުޅޭ ޓެކްސް އާއި ހެދި ފެށުނު މުޒާހަރާތައް، ސަރުކާރުގެ ގިނަ ސިޔާސަތުތަކާއި މެދު ހިތްހަމަ ނުޖެހޭ މީހުން ޝުޢޫރުފާޅުކުރާ މުޒާހަރާތަކަކަށް ބަދަލުވުމާއި އެކު މުޒާހަރާތަކަށް ހުއްޓުމެއް ނާދެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި

30 އެޕްރީލު 2017
ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި
16 އެޕްރީލު 2017

އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

16 އެޕްރީލު 2017
އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
13 ފެބުރުއަރީ 2017

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

13 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް