Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ޔާމީންގެ ތުހުމަތަށް ބީއެމްއެލްގެ ރައްދު: މުއާމަލާތް ހިންގީ ގާނޫނުތަކާ އެއްގޮތަށްކަން ޔަގީން

8 ޑިސެމްބަރު 2018 | ހޮނިހިރު 11:18

އެމްއެމްޕީއާރްސީގެ ތުހުމަތު ޔާމީން ކުރެއްވީ ބޭންކުތަކަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 ޑިސެމްބަރު 2018 | ހޮނިހިރު 11:18
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ބޭންކުތަކަށް ތުހުމަތުތަކެއް ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމިީން ވިދާޅުވި ވާހަކަތަކަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރައްދު ދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތް ހިންގާފައި ވަނީ ބޭންކިންގ ނިޒާމުގެ ތެރެއިން ކަމަށާއި ބޭންކުތަކުން އެކަމުގެ ޒިންމާވާން ޖެހޭނެ ކަމަށެވެ. އެ ހިޔާނާތް ހިންގާފައި ވަނީ ބޭންކުތައް ބައިވެރިވެގެން ކަމަށް ތުހުމަތުކޮށް ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement
"އެމް.އެމް.ޕީ.އާރް.ސީއަށް ކްރޮސްކޮށްފައި ދޭ ޗެކު، ކީއްވެގެންހޭ އެހެން ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށް ދެނީ. ޖަމާކޮށްދޭއިރު ބޭންކުތަކުގައި ތިބޭ މީހުންނަށް އެނގެންވާނެ، އެސްއޯއެފަކީ ޕްރައިވެޓް ކުންފުންޏެއްތޯ؟ ސަރުކާރު ކުންފުންޏެއްތޯ؟،" ރައީސް ޔާމީން ވިދާޅުވިއެވެ. "މިއީ ބޭންކިންގެ ނިޒާމުގެ ތެރޭގައި ހިންގާފައި ހުރި ކަންކަން. ބޭންކު ނިޒާމުގެ ތެރޭގައި މިވަރުގެ ކަންކަން ހިނގާފައިވާ ކަމުގައި ވަންޏާ، ބޭންކުގެ ކޮންމެ ވެސް ލެވެލްއަކުން މިއަށް ޒިންމާ އުފުލަންޖެހޭނެ."

ރައީސް ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލުނު މައްސަލާގައި ހިމެނޭ މުއާމަލާތްތައް ބީއެމްއެލުން ހިންގާފައި ވާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. ބީއެމްއެލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ބޭންކިންގ އާ ގުޅޭ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިކަމުގައި ބީއެމްއެލުން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަން. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ މައްސަލައަކީ މިވަގުތު ވެސް ތަހުގީގީ އިދާރާތަކުން ބައްލަވަމުން ގެންދަވާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން،" ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އަބަދުވެސް އެ ބޭންކުން މަސައްކަތް ކުރަމުންދާނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމައަށް ފޯރުކޮށްދީ ގައުމުގެ ކުރިއެރުމަށެވެ.

ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ޔާމީންގެ ވެރިކަމުގައި ވަނީ ހިޔާނާތްތެރިވެފައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ ތެރެއިން ހިންގި އެ ހިޔާނާތުގެ ތެެރެއިން 80 މިލިއަން ޑޮލަރު ޔާމީންގެ ގެކޮޅަށް ގެންގޮސް ވަކި ކޮޓަރިއެއްގައި ގުނި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ. ގ. ދޫވެހީގައި ހުންނަ އެ ކޮޓަރިއަކީ ފައިސާ ގުނުމަށް ހާއްސަ ކޮށްފައި ހުންނަ ކޮޓަރިއެއް ކަމަށާއި އެކޮޓަރީގައި ރައީސް ޔާމީން ފައިސާ ގުނުއްވަނީ ބަންގްލަދޭޝް މީހަކާ އެކުގައި ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް