Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސްތުވާތަކެތި އަތުލައިގަތުން

ތައިލެންޑުން ރިކޯޑް އަދަދަކަށް މެތަމްފެޓަމިން އަތުލައިގަތުން

7 ޑިސެމްބަރު 2018 | ހުކުރު 16:12

ފުލުހުން މި ތަކެތި ހޯދާފައިވަނީ ލޮރީއެއްގެ ތެރެއިން

އަލީ ސަމާޚް
އަލީ ސަމާޚް | 7 ޑިސެމްބަރު 2018 | ހުކުރު 16:12
ފުލުހުން އަތުލައިގަތް މަސްތިވާތަކެތި މީޑިއާއަށް ދައްކާލަނީ

ފުލުހުން އަތުލައިގަތް މަސްތިވާތަކެތި މީޑިއާއަށް ދައްކާލަނީ

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންގެ 15 މިލިއަން ގުޅަ އަތުލައިގަނެވިފައިވާކަމަށް ތައިލެންޑުގެ ފުލުހުން ބުނެފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ތައިލެންޑް އާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދުގައި، ބުރާސްފަތި ދުވަހުގެރޭ ތައިލޭންޑުގެ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ތައިލެންޑުގެ ނާކޮޓިކްސް ސަޕްރެޝަން ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި މެތަމްފެޓަމިން ހޯދާފައިވަނީ މަސްތުވާތަކެތި އުފުލާކަމަށް ޝައްކުކުރެވިގެން ފާސްކުރި ލޮރީއެއްގެ ތެރެއިންނެވެ.

އެލޮރީ ދުއްވަން އިނީ 31 އަހަރުގެ ފިރިހެނެއް ކަމަށާއި ފުލުހުން ލޮރީ މަޑުކުރަން އެންގުމުން އެނާ ފުލުހުންނާއި ދިމާލަށް ބަޑިޖަހަން ފެށިކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުންނާއި ލޮރީ ޑްރައިވަރާއި ދެމެދު ބަދަލުކުރި ބަޑީެ ހަމަލާތަކުގައި ލޮރީ ޑްރައިވަރު މަރުވެފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ލޮރީގެ ތެރޭގައި އިތުރު ދެމީހަކު ތިބިކަމަށާއި އެމީހުން ފިލާފައިވާކަމަށް ތައިލެންޑު ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. މެތަމްފެޓަމިން ގުޅަތައް ބަންދުކޮށްފައި ހުރި ޕެކެޓްތަކުގެ ބޭރުގައި "999" ހިމެނޭ މާކެއް ޖަހާފައިވާ ކަމަށާއި، މި ނަންބަރަކީ މިޔަންމާގެ ޑްރަގް ވިޔަފާރިވެރިން ޓްރޭޑްމާކެއް ގޮތުގައި ބޭނުންކުރާ ނަމްބަރެއް ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ފާއިތުވީ ހަފްތާގައި ތައިލެންޑްގެ 17 ސަރަހައްދަކުން 79 މިލިއަން ގުޅަ މެތަމްފެޓަމިން އަތުލައިގެންފައިވާކަމަށް ފުލުހުންގެ ރިޕޯޓްތައް ބުނެއެވެ.

ތައިލެންޑާއި މިޔަންމާ ގުޅޭ ބޯޑަރު ހުރަސްކޮށް ތައިލެންޑަށް މަސްތުވާތަކެތީގެ ގިނަ ބާވަތްތަކެއް ދަނީ އެތެރެކުރަމުންނެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2020

2019ގައި އެމެރިކާއިން އަފްގާނިސްތާނަށް ބޮމުގެ ހަމަލާތަކެއް ރިކޯޑްއަދަކަަށް ދީފައިވޭ!

30 ޖެނުއަރީ 2020
2019ގައި އެމެރިކާއިން އަފްގާނިސްތާނަށް ބޮމުގެ ހަމަލާތަކެއް ރިކޯޑްއަދަކަަށް ދީފައިވޭ!
27 ޑިސެމްބަރު 2019

މި އަހަރު ޖަޕާންގެ އާބާދީ ރެކޯޑް އަދަދަކަށް ދަށްވެ، އުފަންވި ކުދިންގެ އަދަދު މަދުވެއްޖެ

27 ޑިސެމްބަރު 2019
މި އަހަރު ޖަޕާންގެ އާބާދީ ރެކޯޑް އަދަދަކަށް ދަށްވެ، އުފަންވި ކުދިންގެ އަދަދު މަދުވެއްޖެ
21 ނޮވެމްބަރު 2019

ޗައިނާއިން ގިނަ އަދަދަކަށް ބޯޓުދެލި އަންދަނީ

21 ނޮވެމްބަރު 2019
ޗައިނާއިން ގިނަ އަދަދަކަށް ބޯޓުދެލި އަންދަނީ
10 ސެޕްޓެމްބަރު 2019

ޔޫރަޕްގެ ސްޕޭސް އެޖެންސީއިން އެމަޒޮންގެ އެއަރ ޕޮލިއުޝަން ރިކޯޑްކޮށްފި

10 ސެޕްޓެމްބަރު 2019
ޔޫރަޕްގެ ސްޕޭސް އެޖެންސީއިން އެމަޒޮންގެ އެއަރ ޕޮލިއުޝަން ރިކޯޑްކޮށްފި
12 ފެބުރުއަރީ 2019

ތައިލެންޑުން ހައްޔަރުކުރި ފުޓުބޯޅަ ކުޅުންތެރިޔާ އެނބުރި އޮސްޓްރޭލިޔާއަށް ގޮސްފި

12 ފެބުރުއަރީ 2019
ތައިލެންޑުން ހައްޔަރުކުރި ފުޓުބޯޅަ ކުޅުންތެރިޔާ އެނބުރި އޮސްޓްރޭލިޔާއަށް ގޮސްފި
09 ފެބުރުއަރީ 2019

ޔޫރަޕްގައި ރެކޯޑް އަދަދަކަށް މީސްލްސް ބަލީގެ ކޭސްތަށް ރިޕޯޓް ކުރެވިފައި: ޑަބްލިއު އެޗްއޯ

09 ފެބުރުއަރީ 2019
ޔޫރަޕްގައި ރެކޯޑް އަދަދަކަށް މީސްލްސް ބަލީގެ ކޭސްތަށް ރިޕޯޓް ކުރެވިފައި: ޑަބްލިއު އެޗްއޯ
22 ޖެނުއަރީ 2019

އެންމެ މުސްކުޅި މިހާގެ ރިކޯޑް އޮތް މަސާޒޯ މަރުވެއްޖެ

22 ޖެނުއަރީ 2019
އެންމެ މުސްކުޅި މިހާގެ ރިކޯޑް އޮތް މަސާޒޯ މަރުވެއްޖެ
03 ޑިސެމްބަރު 2018

ބަޙްުރޭނުގެ ގާނޫނު ހަދާ މަޖިލީހަށް ރެކޯޑް އަދަދަކަށް އަންހެން މެމްބަރުން

03 ޑިސެމްބަރު 2018
ބަޙްުރޭނުގެ ގާނޫނު ހަދާ މަޖިލީހަށް ރެކޯޑް އަދަދަކަށް އަންހެން މެމްބަރުން
24 ނޮވެމްބަރު 2018

ލަންކާގެ ފައިސާގެ އަގު ރެކޯޑް އަދަދަކަށް ދަށަށް!

24 ނޮވެމްބަރު 2018
ލަންކާގެ ފައިސާގެ އަގު ރެކޯޑް އަދަދަކަށް ދަށަށް!
29 މެއި 2018

އިނގިރޭސިވިލާތުން އިސްރާއީލަށް ރެކޯޑް އަދަދަކަށް ހަތިޔާރު ވިއްކައިފި

29 މެއި 2018
އިނގިރޭސިވިލާތުން އިސްރާއީލަށް ރެކޯޑް އަދަދަކަށް ހަތިޔާރު ވިއްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް