Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދިވެހި ބަސް
ހިލާލީ ދަރިކޮޅާއި، ހުރަވީ ދަރިކޮޅު

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

ކަންނަންނޫރު ޢަލީ ރާޖާ ވެސް ރާއްޖެއަށް އުނދަގޫ ކޮށްފައި ވެއެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2018 | ބުދަ 03:36
މުންނާރު ކުރިން ހުރި ތަން

މުންނާރު ކުރިން ހުރި ތަން

01 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ހުރާގޭ ދަރިކޮޅުގެ ވެރިކަން ފެށިފައި ވަނީ 1759 ގައި ސުލްޠާން ޙަސަން ޢިއްޒުއްދީން (އެއްވަނަ) ސްރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން، ނުވަތަ ދޮންބަންޑާރަ އިންނާއި ހަމައިންނެވެ. މި ދަރިކޮޅުގެ އަޞްލު ނިސްބަތްވާ ރަށަކީ ކ.ހުރާ އެވެ. އެޗްސީޕީ. ބެލް ލިޔުއްވާފައިވާ ގޮތުގައި ދޮންބަންޑާރައިންގެ ފަހުން ހުރާގޭ ދަރިކޮޅުގެ އެތަކެއް ބޭފުޅުންނެއް، ދިވެހިރާއްޖޭގެ ރަސްކަމާއި ވެރިކަން، އަދި އެންމެ އިސްވަޒީރުކަން ވެސް ކުރައްވާފައި ވެއެވެ.

ކޮންމެއަކަސް މި ދަރިކޮޅުގެ ބާނީ ދޮންބަންޑަރައިންނަށް ދިވެހިރާއްޖޭގެ ރަސްކަން ލިބިވަޑައިގަތީ، ދިޔަމިގިލީ ދަރިކޮޅުގެ އެންމެ ފަހު ރަދުން އައްސުލްޠާޒު މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ވެރިކަމުގައި 1752 މ. ގައި މަލާބާރީން (ހޮޅީން) މާލެއަށް އަރައި އެރަދުން ރަހީނު ކޮށްގެން ގެންގޮސް ރާއްޖެއަށް ވެރިކަން ކުރަމުން، މީހުންނަށް އަނިޔާ ކުރަމުން ގެންދަނިކޮށް އެ އަނިޔާވެރި ކަމާއި، އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެއްވެވި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުންނެވެ. މުޙައްމަދު އަމީން 1949ގައި ހާމަ ކުރައްވާ ގޮތުގައި "މިހާރާ ޖެހެންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރައްވަމުން ވަޑައިގަންނަވާ ޚާންދާން ފެށޭ އަޞްލަކީ، އަލްޣާޒީ ޙަސަން ޢިއްޒުއްދީނެވެ." މަލާބާރުންނާ ކުރެއްވި ވިސްނުންތެރި ހަނގުރާމައަކަށްފަހު ރާއްޖެ މިނިވަން ކުރެވުނީ 1753 މީލާދުގައެވެ. ވެރިކަމުގައި ދެމި ހުންނެވީ 8 އަހަރުއެވެ.

މަލާބާރުންގެ އަތުން ޤައުމު ސަލާމަތް ކުރެއްވުމަށް ފަހުގައި ރަސްކަމާ ޙަވާލުވެ ވަޑައި ނުގެން މުކައްރަމް މުޙައްމަދު ޢިމާދުއްދީން މަލިކުގައި އަވަހާރަ ވުމުން، ދިވެހި ރައްޔިތުންގެ އެދުމުގެ މަތިން ރަސްކަމާ ޙަވާލުވެ ވަޑައިގެންނެވިއެވެ. މިދަރިކޮޅުގައި 15 ނުވަތަ 13 ބޭފުޅުން ރަސްކަން ނުވަތަ ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ. އަލްއިސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ ހާމަކުރައްވާ ގޮތުގައި މިރަސްކަމުގައި 193 އަހަރާއި، 4 މަހާއި ދެދުވަހު ވެރިކަން ކުރައްވާފައި ވެއެވެ. އެއީ 1968 ވަނަ އަހަރާ ހަމައަށެވެ.

މި ޑައިނިސްޓީގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތައް ވެސް ކުރިމަތި ވެފައިވަނީ ވެރިކަމަށް ދަހިވެތިކަން ހުރި މިންވަރުން، ވެރިކަން އަތުލެއްވުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުގެ ބާރުތަކުގެ އެހީތެރިކަން ހޯއްދެވުމަށް ބައެއް ރަސްރަސްކަލުން މަސައްކަތް ކުރައްވާފައި ވާތީއެވެ. މިގޮތުން 1188 ގައި ޣިޔާޘުއްދީން ރަދުން އަވަހާރަކޮށްލި ގޮތުގެ ވާހަކަ ނަސީމާ މުޙައްމަދު ވިދާޅުވެފައި ވަނީ ކަނޑުފައްތާލެވުނު ކަމުގައެވެ.

މިދަރިކޮޅަށް ވެސް ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުން ދިޔަ ބަދަލުތަކާ ހުރެ މަޖުބޫރީ ޙާލަތު ގައްޔާއި، ވެރިކަމުގެ ދަހިވެތި ކަމުގައި ވެސް ދިވެހި ރާއްޖެއަށް ބޭރުގެ ނުފޫޒުގައި މަސައްކަތް ކުރުމަށް ޖެހިފައިވާ ކަން ފާހަގަ ވެއެވެ. މިދުވަސްވަރު މުޅި ދުނިޔެއަށް ވެސް އެންމެ ބޮޑު ނުފޫޒެއް އޮތީ އިޤްތިޞާދީ ގޮތުންނެވެ. މިހެންވުމުން އިޤްތިޞާދީ އަޅުވެތިކަމުގެ ދަށުގައިވެ ބޭރުގެ ނުފޫޒު ރާއްޖެއަށް ފޯރާފައި ވެއެވެ. މިގޮތުން ވޯރާ ވިޔާފާރިވެރިންގެ ނުފޫޒު ކުޑަކޮށް، ސަލާމަތް ވުމުގެ މަޤްޞަދުގައި އިނގިރޭސީންނާ އެކު ކުރެވުނު އެއްބަސް ވުމެއްގެ ދަށުން ޙިމާޔަތް ހޯދުމަށް މަސައްކަތް ކުރެވިފައި ވެއެވެ. މިއެއްބަސްވުމުގެ ދަށުން ޚާރިޖީ ކަންކަމުގައި ދިވެހި ދައުލަތުގެ އިޚްތިޔާރާއި، ބާރު ކުޑަވެ، އިނގިރޭސީންގެ ނުފޫޒު ގަދަވެގެން ގޮސްފައިވި ކަމުގައި ނަސީމާ މުޙައްމަދު (2010) ވިދާޅުވެއެވެ.

މި ދަރިކޮޅުގެ ދުވަސްވަރު 1753 ، 1755، 1761 މިއިން ކޮންމެ އަހަރެއްގައި މަލަބާރުން (ހޮޅިން) ރާއްޖެއާ ހަނގުރާމަ ކޮށް ތޮޅިފައިވެ އެވެ. އެއީ އައްސުލްޠާޒު ޙަސަން ޢިއްޒުއްދީނުގެ ދުވަސްވަރު 1759 ން 1767މ. އާ ދެމެދުގައެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު ނަޞްރު ހޯދާފައި ވަނީ ދިވެހިންނެވެ. މީގެ އިތުރުން ކަންންނޫރު ޢަލި ރާޖާ ވެސް ރާއްޖެއަށް އުނދަގޫ ކޮށްފައި ވެއެވެ. އެއީ 1827 ގައެވެ. އެގޮތުން ދިވެރާއްޖެއިން ޖިޒީ ހޯދުމަށް މަސައްކަތްކޮށް ޖިޒީ ދިނުމަށް މަޖުބޫރުކުރުވާފައި ވެއެވެ.

މިހެންވުމުން މި ދެދަރިކޮޅުގެ ދުވަސްވަރު ރާއްޖެއަށް ބޭރުގެ ނުފޫޒު ފޯރާފައި ވެއެވެ. މިދެދަރިކޮޅުގެ ތެރެއިން ބޮޑަށް ނުފޫޒު ފޯރާފައިވަނީ ހިލާލީ ދަރިކޮޅުގައި ވެރިކަން ކުރެއްވި މިދަރިކޮޅަށް ނިސްބަތްވާ 30 ނުވަތަ 29 ރަސްކަލުން 34 ފަހަރުގެ މަތިން، 168 އަހަރާ 4 މަހާއި 15 ދުވަހު ރަސްކަން ކުރެއްވި ދުވަސްވަރު ގައިކަން ބެލި ބެލުމުންނާއި، މަތީގައި ވާ ހެކިތަކުން ދޭހަވެއެވެ. ރާއްޖޭގެ އިޤްތިޞާދަށް ބޭރުގެ ނުފޫޒު ވަރަށްބޮޑަށް ފޯރާފައި ވުމުގެ އިތުރުން ދެވަނަ ފަހަރަށް ދިވެހިރާއްޖެ ބޭރުގެ ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގޮސް އަޅުވެތި ވެފައި ވަނީވެސް ހިލާލީ ދަރިކޮޅުގެ ދުވަސްވަރުގައެވެ. އެއީ 1557 ގައި ރަސްކަން ކުރެއްވި ޢަލީ ރަސްގެފާނު (6 ވަނަ) ޝަހީދުކުޅައުމަށް ފަހުގައެވެ.

-ނުނިމޭ-

ކޮމެންޓް

އިތުރަށް ކިޔާލަން

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

20 ފެބުރުއަރީ 2019
ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

10 ޑިސެމްބަރު 2018

08 ޑިސެމްބަރު 2018

07 ޑިސެމްބަރު 2018

02 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު