Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޕީޕީއެމުން އިހުތިޖާޖު ކުރަމުން ދަނިކޮށް، ދެ ކޮމިޝަނަށް ބާރު ދޭ ބިލު ބަލައިގެންފި

4 ޑިސެމްބަރު 2018 | އަންގާރަ 10:52

ބިލު ބަލައިގަތީ 42 މެމްބަރުންގެ އަގުލަބިއްޔަތުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 ޑިސެމްބަރު 2018 | އަންގާރަ 10:52
މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

ޕީޕީއެމުން އިހްތިޖާޖު ކުރަމުންދަނިކޮށް، ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން އަންގާރަ ދުވަހު މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމަތީގައި ތިއްބަވައިގެން، އަޑުގަދަކޮށް ހަޅޭލަވަމުން ގެންދަވަނިކޮށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިމްރާހިމް ވަނީ އެ ބިލު ބަލައިގަތުމާ މެދު ވޯޓަށް އައްސަވާފައެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ ސަރުކާރު ކޯލިޝަންގެ 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ.

Advertisement - newsAdvertisement

ހިޔާނާތާއި މަރުތައް ތަހުގީގު ކުރުމަށް ހާއްސަކޮށްފައިވާ ބިލަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި މަރުގެ މައްސަލަތައް ބަލަންޖެހޭ ގޮތަށް ހަދާފައިވާ ބިލެކެވެ. އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންކަން ބަލަން އުފައްދާފައި ވަނީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ކޮމިޝަން" އާއި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެވެ.

އެ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހެޅުއްވި ބިލުގެ ދަށުން ދެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމާއި އެކައުންޓުތައް ފްރީޒު ކުރުމާއި ޕާސްޕޯޓު ހިފެހެއްޓަން އެންގުމާއި ހާޒިރުކޮށް ސުވާލުކޮށް، ހެބިބަސް ނެގުމާއި މުދަލާއި ފައިސާ ބޭރަށް ގެންދިއުން ހުއްޓުވުމާއި ބޭރުގެ ބޭންކުތަކުން ބޭނުންވާ މައުލޫމާތު ހޯދުން ހިމެނެއެވެ.

އަލިފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުން ރައީސް ސޯލިހު އުފައްދަވާފައިވާ ކޮމިޝަންތަކުން ބަލާ މައްސަލަތައް ދައުލަތުގެ އެހެން މުއައްސަސާތަކުން ބެލުން ހުއްޓުވުމުގެ ބާރު ދީފައިވެއެވެ. ހިޔާނާތާއި މަރުތައް ބަލާ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން، އެހެން މުއައްސަސާއަކުން ހޯދާއިވާ މައުލުމާތާއި ހޯދުންތައް އެ ކޮމިޝަންތަކާ ހަވާލު ކުރަން ވަނީ ބާރު އަޅާފައެވެ.

ސަރުކާރާ އިދިކޮޅު ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އަމާޒުވި އެ ބިލުގައި ބުނެފައިވާ ގޮތުން ރައީސް އުފެއްދެވި ދެ ކޮމިޝަނުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތައް ބަލާނީ ޕީޖީގެ ދަށުން ހިނގާ ހާއްސަ ޑިޕާޓްމަންޓަކުން ކަމަށެވެ. އެ ޑިޕާޓްމަންޓް ހިންގަން ވާނީ ޕީޖީގެ ރަސްމީ އޮފީހާ ވަކި އިމާރާތެއްގައި ކަމަށާއި އެ ޑިޕާޓްމަންޓަށް އަންނަ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ. އަދި ދައުވާ ކުރާ އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން 60 ދުވަހުގެ ތެރޭގައި ގޮތް ނިންމަންޖެހޭ ކަމަށާއި އިސްތިއުނާފު ކުރުމަށް ލިބޭނީ 10 ދުވަސް ކަމަށް ބިލުގައިވެ އެވެ. އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި ގޮތް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ބުނެފައި ވަނީ ހިޔާނާތާއި މަރުތައް ބެލުމަށް އުފެއްދެވި ދެ ކޮމިޝަނުން ކޮންމެ ތިން މަހުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ފޮނުވަންވާނެ ކަމަށެވެ. އެ އެ ކޮމިޝަން އުވޭނީ އެ ކޮމިޝަނަށް ގާނޫނީ ބާރު ދިން ބިލުގެ މަގުސަދު ހާސިލުވެއްޖެ ކަމަށް ރައީސަށް ފެނިގެން އެކަން ގެޒެޓް ކުރާ ހިސާބުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް