Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރައީސް ސޯލިހުގެ ކެބިނެޓަށް ބޮޑު އަގުލަބިއްޔަތަކުން މަޖިލީހުން ރުހުން ދީފި

ފަސް ވަޒީރަކަށް 72 ވޯޓު ލިބިވަޑައިގެންނެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2018 | އަންގާރަ 09:38
ރައީސް ސޯލިހުގެ ކެބިނެޓް ވަޒީރުން

ރައީސް ސޯލިހުގެ ކެބިނެޓް ވަޒީރުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ 20 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޕާޓީތައް އުކުލެވިގެން އުފައްދާފައިވާ ސަރުކާރުގެ ކެބިނެޓަށް ރައީސް ސޯލިހު ފުރަތަމަ އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުން ދީފައި ވަނީ ވަކިވަކިންނެވެ. އެގޮތުން ރައީސް ސޯލިހުގެ ކެބިނެޓަށް ރުހުން ދިނުމަށް ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ އިތުރުން އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ވެސް ވޯޓު ދެއްވިއެވެ.

Advertisement - newsAdvertisement

ރުހުން ލިބިވަޑައިގެންނެވި ވަޒީރުންގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު ރުހުން ލިބިވަޑައިގެންނެވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށެވެ. އެ ފަސް ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 72 މެމްބަރުންނެވެ.

އެންމެ ދަށުން މަޖިލީހުން ރުހުން ލިބިވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށެވެ. އޭނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 67 މެމްބަރުންނެވެ. ޝިދާތާއަށް ރުހުން ދޭން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.

ރުހުން ލިބިވަޑައިގެންނެވި 20 ވަޒީރުން:

ރުހުން ލިބިވަޑައިގެންނެވި ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި ފިނޭންސް މިނިސްޓަރު އިމްރާހިމް އަމީރާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިކޮނަމިކް މިނިސްޓަރު ފައްޔާސް އިސްމާއިލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު