Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހައްޔަރު ކުރުމާއި އެކައުންޓް ފްރީޒު ކުރުމުގެ ބާރު ރައީސް އުފެއްދެވި ދެ ކޮމިޝަނަށް

4 ޑިސެމްބަރު 2018 | އަންގާރަ 08:27

އެ ބާރުތައް ދިނުމަށް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 ޑިސެމްބަރު 2018 | އަންގާރަ 08:27
މަރުތައް ތަހުގީގު ކުރަން އުފެއްދި ކޮމެޝަންގެ ރައީސަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ

މަރުތައް ތަހުގީގު ކުރަން އުފެއްދި ކޮމެޝަންގެ ރައީސަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ

މީހުން ހައްޔަރު ކުރަން އެންގުމާއި އެކައުންޓުތައް ފްރީޒު ކުރުމުގެ ބާރު ރައީސް އުފެއްދެވި ދެ ކޮމިޝަނަށް ލިބޭނެ ކަމަށް އެ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ އެ ބިލު ތަސްދީގުވުމުން، ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ރައީސް ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ލިބޭނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރުތައް ރައީސް އުފައްދާފައިވާ ކޮމިޝަންތަކަށް ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި ދައުވާ ކުރާނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނެވެ.

"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު"ގެ ނަމުގައި ހުށަހަޅާފައިވާ ބިލުގެ ދަށުން ގާނޫނީ ބާރު ލިބެނީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ކޮމިޝަން" އާއި "ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"އަށެވެ.

އެ ދެ ތަނުން ބަލާ މައްސަލަތައް ދައުލަތުގެ އެހެން މުއައްސަސާތަކުން ބެލުން ހުއްޓުވުމުގެ ބާރު ވެސް ބިލުގައި ދީފައިވެއެވެ. ހިޔާނާތާއި މަރުތައް ބަލާ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން، އެހެން މުއައްސަސާއަކުން ހޯދާއިވާ މައުލުމާތާއި ހޯދުންތައް އެ ކޮމިޝަންތަކާ ހަވާލު ކުރަން ވަނީ ބާރު އަޅާފައެވެ.

ބިލު ފަރުމާކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި މަރުގެ މައްސަލަތައް ބަލަންޖެހޭ ގޮތަށެވެ.

ކޮމިޝަންތަކަށް ލިބިދޭ ބާރުތައް:

  • ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުން
  • އެކައުންޓް ފްރީޒު ކުރުން
  • ޕާސްޕޯޓު ހިފެހެއްޓަން އެންގުން
  • ހާޒިރުކޮށް ސުވާލުކޮށް، ހެބިބަސް ނެގުން
  • މުދަލާއި ފައިސާ ބޭރަށް ގެންދިއުން ހުއްޓުވުން
  • ބޭރުގެ މާހިރުންނާއި ފޮރެންސިކް އެކްސްޕަރޓީޒް ހޯދުން
  • ބޭންކުތަކުން ބޭނުންވާ މައުލޫމާތު ހޯދުން
  • ބޭނުންވާ މުވައްޒަފުން ތަހުގީގަށް ވީއްލައިދިނުން

ސަރުކާރާ އިދިކޮޅު ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އަމާޒުވި އެ ބިލުގައި ބުނެފައިވާ ގޮތުން ރައީސް އުފެއްދެވި ދެ ކޮމިޝަނުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތައް ބަލާނީ ޕީޖީގެ ދަށުން ހިނގާ ހާއްސަ ޑިޕާޓްމަންޓަކުން ކަމަށެވެ. އެ ޑިޕާޓްމަންޓް ހިންގަން ވާނީ ޕީޖީގެ ރަސްމީ އޮފީހާ ވަކި އިމާރާތެއްގައި ކަމަށާއި އެ ޑިޕާޓްމަންޓަށް އަންނަ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ. އަދި ދައުވާ ކުރާ އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން 60 ދުވަހުގެ ތެރޭގައި ގޮތް ނިންމަންޖެހޭ ކަމަށާއި އިސްތިއުނާފު ކުރުމަށް ލިބޭނީ 10 ދުވަސް ކަމަށް ބިލުގައިވެ އެވެ. އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި ގޮތް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ބުނެފައި ވަނީ ހިޔާނާތާއި މަރުތައް ބެލުމަށް އުފެއްދެވި ދެ ކޮމިޝަނުން ކޮންމެ ތިން މަހަކު އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ފޮނުވަންވާނެ ކަމަށެވެ. އެ އެ ކޮމިޝަން އުވޭނީ އެ ކޮމިޝަނަށް ގާނޫނީ ބާރު ދިން ބިލުގެ މަގުސަދު ހާސިލުވެއްޖެ ކަމަށް ރައީސަށް ފެނިގެން އެކަން ގެޒެޓް ކުރާ ހިސާބުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް