Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ލިބިއްޖެނަމަ ބޮންޑް ވިއްކަން ނުޖެހޭނެ: ފިނޭންސް މިނިސްޓަރު

3 ޑިސެމްބަރު 2018 | ހޯމަ 14:03

2019 އަހަރުގެ ބަޖެޓްގައި 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކުމަށް ވަނީ ހިމަނާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2018 | ހޯމަ 14:03
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ބަޖެޓް ސަޕޯޓަށް 200 މިލިއަނެއްހައި ޑޮލަރު ލިބިއްޖެނަމަ ބޮންޑް ވިއްކަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ 2019 އަހަރުގެ ބަޖެޓްގައި 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކުމަށް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ބޭރު ގައުމުތަކުން ބަޖެޓް ސަޕޯޓަށް އެކަށީގެންވާ ފައިސާ ހަމަޖެހިއްޖެ ނަމަ ބޮންޑް ނުވިއްކާނެ ކަމަށެވެ.

Advertisement - newsAdvertisement

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވާ މިނިސްޓަރ އަމީރު ވިދާޅުވީ، ބަޖެޓް ސަޕޯޓަށް ފައިސާ ނުލިބިއްޖެނަމަ ޑިސެމްބަރު މަހު ކޭޝް ފްލޯއަށް ދަތިތަކެއް ކުރިމަތިވާނެތީ ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދުމަށް އިންޑިޔާއަށް ޕްރޮޕޯސަލްއެއް ހުށަހެޅިކަމަށެވެ. މިޕްރޮޕޯސަލްއާއެކު ފައިސާގެ އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް އިންޑިއާއިން ދީފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސްގެ ދަތުރުފުޅާ އެއްކޮށް މިކަންތައްތައް އެގްރިމެންޓަކާއި ހަމައަށް ގޮސްފައި ސޮއިކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އޭގެ އިތުރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރާއި ވެސް އަޅުގަނޑުމެން ބައްދަލުކުރިން. އަދި ވީހައި ވެސް އަވަހަކަށް 25 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރިޒާވް މެނޭޖް ކުރުމަށްޓަކައި މިހާރު ސާކް ފައިނޭންސްގެ ދަށުން ކަރެންސީ ސްވެޕް ފެސިލިޓީއެއް އޮންނަކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު އިންނަނީ 200 މިލިއަން ޑޮލަރު ކަމަށާއި، މިއަދަދަށް އިތުރު ކުރުމަށް އެދިފައިވާ ކަމަށެވެ.

"ދެން އޭގެ އިތުރުން އަޅުގަނޑުމެން އެދުނީ އަޅުގަނޑުމެންގެ ޕީ.އެސް.އައި.ޕީގެ ޕްރޮޖެކްޓަށް ޚާއްސަކޮށް އަޅުގަނޑުމެންގެ ފެނާއި ނަރުދަމާއަށް 2019 ވަނަ އަހަރުގެ ބަޖެޓްގައި އަޅުގަނޑުމެން ހިމަނާފައިވާނެ 72 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުމަށް. އޭގެ ތެރޭގައި ޖުމްލަ އަދަދު ގާތްގަނޑަކަށް 120 މިލިއަން ޑޮލަރު ޕްރޮޖެކްޓް އެއީ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ތިން ޓާޝަރީ ހޮސްޕިޓަލް އެޅުމާއި ބެހޭ ގޮތުން މަޝްވާރާ ކުރެވުނު ކަމަށާއި، މާލޭގެ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި އިންވެސްޓަރ ފައިނޭންސިންގ ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

"އެއްބިލިއަން ޑޮލަރުގެ ވާހަކައަކީ ހަގީގަތުގައި އެގޮތަށް އަޅުގަނޑުމެންނާ ދެކެވުނު ވާހަކައެއް ނޫން. އަޅުގަނޑުމެން އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް އަޅުގަނޑުމެންނަށް ފީސިބަލް ޕްރޮޖެކެޓްތައް ފްރޮޕޯސަލްތައް ހުށަހެޅީމަ އެއްބިލިއަން ޑޮލަރާ ހަމައަށް އަދި އޭގެ އިތުރުން ވެސް ފަންޑް އެރޭންޖް ކުރެވިދާނެ ވާހަކަ ދެކެވުނީ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ދަރަންޏަށް އެއްބިލިއަން ޑޮލަރު އިތުރުވުން ނޫން ކަމަށާއި، އިންޑިޔާ އިން އެއްބިލިއަން ޑޮލަރު ހޯދަނީ ނޫން ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް