Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ޓެރަރިޒަމަށް ޚަރަދުކުރިކަމަށް ޝައްކު ކުރެވޭ ގިނަ މައްސަލަތަކެއް!

ޝައްކު ކުރެެވެނީ 54 ޕަސެންޓް މައްސަލައަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2018 | ހޯމަ 14:25
ސީރިއާގެ ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ ބައަކު

ސީރިއާގެ ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ ބައަކު

ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ޓެރަރިޒަމަށް ހަރަދުކުރި ކަމަށް ޝައްކު ކުރެވޭ ގިނަ މައްސަލަތަކެއް ހުރިކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަހަރީ ރިޕޯޓުން ފާހަގަވެއްޖެއެވެ.

އާދިއްތަ ދުވަހު އެފްއައިޔޫ އިން އާންމުކުރި އެ ޔުނިޓްގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 54 ޕަސެންޓް މައްސަލައަކީ ޓެރަރިޒަމަށް ފައިނޭންސް ކުރި ކަމަށް ޝައްކު ކުރެވޭ ކަންކަމެވެ. އެއީ ގާތްގަނޑަކަށް ހަތް މައްސަލަ އެވެ.

Advertisement - newsAdvertisement

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރޭތޯ ބަލާ ޔުނިޓްގެ ރިޕޯޓުގައި ވާ ގޮތުގައި މާލީ މުއާމަލާތްތަކުގެ ތެރެ އިން އެ ޔުނިޓަށް ޝައްކު ކުރެވިގެން 13 މައްސަލައެއްގެ ޓްރާންސެކްޝަން އެނަލައިސިސް ހަދާފައިވެ އެވެ.

މީގެ އިތުރުން މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ތުހުމަތު ބޮޑަށް ކުރެވޭ ގައުމަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެން 23 މައްސަލައެއްގެ އެނަލައިސިސް ހަދާފައިވެއެވެ.

ތިން ވަނަ އަށް އެންމެ ގިނައިން އެނަލައިސިސް ހަދާފައި ވަނީ މީހާ އާ ނުބައްދަލު ބޮޑެތި މާލީ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލަތައް ނަމަވެސް އެކަމުގެ ތަފްސީލެއް އެ ރިޕޯޓްގައި ހާމަކޮށްފައެއް ނުވެއެވެ.

އެފްއައިޔޫ އިން ބުނީ ޓެރަރިޒަމާ ގުޅުން ހުރި ކަންތައްތަކުގައި މާލީ އިދާރާތައް މެދުވެރިކޮށް ސެލްފް ފައިނޭންސް ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެފްއައިޔޫ އިން ބުނާ ގޮތުގައި ސެލްފް ފައިނޭންސް ކުރުމަކީ ޓެރަރިޒަމުގެ އަމަލެއް ހިންގުމަށް ނުވަތަ އެފަދަ ކަމެއްގައި ބައިވެރި ވާން އަމިއްލަ އަށް ހަރަދު ކުރުމެވެ.

އޭގެ ތެރޭގައި ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް އަމިއްލަ ހަރަދުގައި ދަތުރު ކުރުމާއި ދަތުރުމަތީ ކެއިންބުއިމުގެ ހަރަދުތައް ވެސް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެފްއައިޔޫގެ ރިޕޯޓުގައި ތުރުކީ މަގުން ސީރިއާ އަށް އެތެރެވާން މަސައްކަތް ކޮށްފައިވާކަން ހާމަވާކަން ފާހަގަކޮށްފައިވެއެވެ.

އެފްއައިޔޫ އިން އެއްވެސް މައްސަލަ އެއް ތަހުގީގުކުރާ ފަރާތަކަށް ނުވާތީ ޝައްކު ކުރެވޭ މައްސަލަތައް ފޮނުވަނީ ކަމާ ބެހޭ އެކިއެކި އިދާރާތަކަށެވެ. އެގޮތުން އެފްއައިޔޫ އިން ބެލި އެ މައްސަލަތަކުގެ ތެރެ އިން ފުލުހުންނަށް އެކަނި 10 މައްސަލަ އެއް ވަނީ ފޮނުވާފައެވެ. ފުލުހުންނަށާއި މީރާ އަށް ނުވަ މައްސަލައެއް ފޮނުވާފައިވާ އިރު ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ހަތަރު މައްސަލައެއް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު