Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2018

ބަޖެޓް ރިޕޯރޓްގައި ހިމަނާނެ ނުވަ ރިކޮމެންޑޭޝަނެއް ބަޖެޓް ކޮމިޓީއިން ފާސްކޮށްފި

22 ނޮވެމްބަރު 2018 | ބުރާސްފަތި 16:40

ނުވަ ރިކޮމެންޑޭޝަނެއް ހުށަހެޅުނުއިރު ފާސްވެފައި ވަނީ ހަތް ރިކޮމެންޑޭޝަނެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 22 ނޮވެމްބަރު 2018 | ބުރާސްފަތި 16:40
ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް

ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް

ބަޖެޓް ރިޕޯރޓްގައި ހިމަނާނެ ނުވަ ރިކޮމެންޑޭޝަނެއް ބަޖެޓް ކޮމިޓީ އިން ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު އޮތް ބަޖެޓް ކޮމިޓީ އަށް 9 ރިކޮމެންޑޭޝަނެއް ހުށަހެޅުނު އިރު ފާސްވެފައި ވަނީ ހަތް ރިކޮމެންޑޭޝަނެކެވެ. ބަޖެޓް ކޮމިޓީ އަށް ހުށަހެޅުނު އިސްލާހުތަކުގެ ތެރެ އިން ފާސްވެފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި، ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް އާއި، ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އާޢި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ރިކޮމެންޑޭޝަން ތަކެވެ.

Advertisement - newsAdvertisement

މި ރިކޮމެންޑޭޝަން ތަކުގެ ތެރެއިން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރިކޮމެންޑޭޝަންގެ ގޮތުގައި ބަޖެޓަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އީވާގެ ފުރަތަމަ ރިކޮމެންޑޭޝަންއަކީ ބަޖެޓަކީ އާ ސަރުކާރު އެކުލަވާލުމުގެ ކުރިން، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކަށްވާ އިރު، އައު ސަރުކާރު އެކުލަވާލުމާ އެކު، ސަރުކާރުގެ އޮފީސްތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ބަޖެޓަށް އަންނާނެ ބަދަލުތައް މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގައި ވަކިވަކިން އެނގެން ނެތުމުން، މިނިސްޓްރީ އޮފް ފިނޭންސް އިން ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރަށް ކަނޑައަޅުއްވައި ހުށަހެޅުއްވި ބަޖެޓްގައި ބަޔާންކޮށްފައިވާ ޖުމްލަ ބަޖެޓަށް ބަދަލު ނާންނާނެ ގޮތެއްގެ މަތިން، އައު ސަރުކާރުގެ ފަރާތުން ސަރުކާރުގެ އޮފީސްތަކަށް ގެންނެވި ބަދަލުތަކާ ގުޅިގެން އޮފީސްތަކަށް ކަނޑައެޅުއްވި ބަޖެޓް އޮންނާނެ ގޮތް، ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި ބަޖެޓް ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމީޓީއަށް ފޮނުވުމެވެ.

އީވާ ހުށަހެޅުއްވި ދެވަނަ ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ އިންކަމް ޓެކްސް ތައާރަފް ކުރުމަށެވެ.

އީވާ ހުށަހެޅުއްވި ތިން ވަނަ ރިކޮމެންޑޭޝަނަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންޑޭޓް ފުރިހަމަ އަށް އަދާކުރުމަށާއި އެ އޮތޯރިޓީގެ ހިދްމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދައި، ވަސީލަތްތައް ގާއިމްކުރުމަށް، ދައުލަތުގެ އާމްދަނީ އިން ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު މިންވަރެއް، 2019 ވަނަ އަހަރުގެ ބަޖެޓުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ދަށުން އެ އޮތޯރިޓީން އެދޭ ބަޖެޓެއް ހަމަޖައްސައި ދިނުމަށެވެ.

ބަޖެޓް ކޮމިޓީއަށް ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވާފައި ވަނީ އެންމެ ރިކޮމެންޑޭޝަނެކެވެ. ގަޕޯ ހުށަހެޅުއްވި ރިކޮމެންޑޭޝަނަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަޖެޓް އިތުރުކޮށްދެވިފައި ވާއިރު، މިހާރަށްވުރެ ބާރު ސްޕީޑެއްގައި މައްސަލަތައް ނިންމުމާއި، ޕަރފޯމެންސް އޮޑިޓެއް ހެދުމަށް ފަހު މާލިއްޔަތު ކޮމިޓީއަށާއި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ އަށް ފޮނުވައި ދެއްވުމެވެ.

ބަޖެޓް ކޮމިޓީއަށް ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އެންމެ ރިކޮމެންޑޭޝަނެއް ހުށަހެޅުއްވާފައި ވާއިރު އެ ރިކޮމެންޑޭޝަންގައި ބުނެފައި ވަނީ މިހާރު ހަދަން ފަށާފައި ހުރި ޑޮމެސްޓިކް އެއަރޕޯޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ދެ ރިކޮމެންޑޭޝަނެއް ހުށަހަޅުއްވާފައެވެ. އަސްލަމް ހުށަހެޅުއްވި ފުރަތަމަ ރިކޮމެންޑޭޝަނަކީ ލާ މަރުކަޒީ އުސޫލުން ހިންގުން ހަރުދަނާ ކުރުން ސަރުކާރުގެ ސިޔާސަތަކަށް ވީހިނދު، ކައުންސިލްތަކުން އިތުރަށް ކުރަންޖެހޭ ހަރަދުތައް މިނިސްޓްރީ އޮފް ފިނޭންސްގެ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި ދިނުމެވެ.

އަސްލަމްގެ ދެވަނަ ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އެތަންތަނުގެ ޕަރފޯމަންސް އޮޑިޓެއް ހެދުމަށެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު ވެސް ދެ ރިކޮމެންޑޭޝަނެއް މަޖިލީހަށް ހުށަހަޅުއްވާފައި ވާއިރު، ފުރަތަމަ ރިކޮމެންޑޭޝަނެއްގެ ގޮތުން ހުށަހަޅުއްވާފައި ވަނީ ސަރުކާރުން ހިންގާފައިވާ ބޮޑެތި ޕްރޮޖެކްތްތަކުގެ ތެރޭގައި ހިމެނޭ ހައުސިންގ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް، ބްރިޖް، ޑޮމެސްޓިކް އެއަރޕޯޓްތަކުގެ މަޝްރޫއުތައް ހިންގާފައި ވަނީ ދައުލަތުގެ ގާނޫނުތަކާއި އެއްގޮތަށްތޯ ބަލައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުމެވެ.

ދެވަނަ ރިކޮމެންޑޭޝަނެއްގެ ގޮތުގައި ނާޝިދު ބަޖެޓް ކޮމިޓީ އަށް ހުށަހަޅުއްވާފައިވާ ރިކޮމެންޑޭޝަނަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލައި، އެ މައްސަލާގައި ދައުލަތަށް ލިބެންޖެހޭ މިންވަރު އެނގޭނެ އޮޑިޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ބަޖެޓް ކޮމިޓީއަށް ހުށަހެޅުއްވި ރިކޮމެންޑޭޝަންއަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނިކަހާ ސާފުކުރުމަށް މިހާރު ދޭ އަގުތަކަކީ ވަރަށް ކުޑަ އަގެއްކަމަށްވާތީ، އެއަގުތައް އަލުން ރިވިއުކުރުމަށްފަހު މިހާރުގެ އަގުތައް ބޮޑުކޮށްދިނުމެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ހުށަހެޅުއްވި ރިކޮމެންޑޭޝަންއަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ކޮންޓިންޖެންސީ ބަޖެޓްގެ ތެރެއިން މަދަނީ ޖަމިއްޔާތައް ކުރިއަރުވައި ނެގެހެއްޓުމަށް އެކަށީގެންވާ އަދަދެއް ހަމަޖައްސައި ދިނުމެވެ.

އަންނަ ހަފްތާގައި ބަޖެޓް ރިޕޯރޓް މަޖިލީހަށް ހުށަހަޅުއްވާއިރު، މި ރިކޮމެންޑޭޝަންތައް ބަޖެޓް ރިޕޯރޓްގައި ހިމަނާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް