Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާރިޖީ ވަޒީރު ޝާހިދު

ޔާމީން ސަރުކާރަކީ މި ސަރަހައްދަށް މައްސަލަތައް ޖަމާކުރި ސަރުކާރެއް: ޚާރިޖީ ވަޒީރު

22 ނޮވެމްބަރު 2018 | ބުރާސްފަތި 00:15

އިންޑިއާ ކަނޑުގެ ގުޅުން ހަމަހަމަ ކުރަން ޖެހިފައިފައިވާކަން ޝާހިދު ފާހަގަކުރެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 22 ނޮވެމްބަރު 2018 | ބުރާސްފަތި 00:15
އިންޑިއާ ސަފީރާއި ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުން

އިންޑިއާ ސަފީރާއި ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުން

ނިމިގެންދިޔަ ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރަކީ މި ސަރަހައްދަށް މައްސަލަތައް ޖަމާކުރި ސަރުކާރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ސިފަކުރައްވައިފިއެވެ.

ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސް އަބުދުﷲ ޔަމީންގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫ އަރަފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ ގާތްކޮށް "ފޯކަލް ޕޮއިންޓްގެ" ގޮތުގައި ހަދާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިންޑިއާ ކަނޑުގެ ގުޅުން ހަމަހަމަ ކުރަން ޖެހިފައިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެެވެ.

"އިންޑިއާ ކަނޑުގެ ހަމަޖެހުން އެހެން އެއްވެސް ކަމަކަށް ވުރެ މުހިއްމު. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިންޑިއާއާއި ވަނީ ވަރަށް ބޮޑަށް ގުޅިފައި" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އިންޑިއާ އާއި އެކު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު ވަނީ މަޝްވަރާތައް ފައްޓަވާފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގެންނެވުމުން ދޭހަކޮށްދެނީ ރާއްޖެއާއި އިންޑިއާއާއި ދެ ގައުމުގެ ގުޅުން މުސްތަގުބަލުގައި ވަރުގަދަ ކުރެއްވަން ބޭނުންފުޅުވާ މިންވަރު ކަމަށެވެ.

އިންޑިއާއަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ތަަރައްގީގެ މުހިއްމު ބައިވެރިއަކަށް ވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ބޮލާލާ ޖަަހައި އަނބުރާ އިންޑިއާއަށް ގެންދިއުމަށް ބުނެފައިވާއިރު، އެ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާ ނުލައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ދުނިޔޭގެ ގައުމުތަކާއި އޮތް ގުޅުން ހަރުދަނާ ކުރުމަކީ ޑިމޮކްރެސީއަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމުން ޔާމީން ސަރުކާރުގައި ކޮމަންވެލްތާއެކު އޮތް ގުޅުން ކަނޑާލި، ކަނޑާލުން ނިމުމަކަށް ގެނެސް އަލުން ކޮމަންވެލްތާ ގުޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ރާއްޖެގައި ތިބި އިންޑިއާގެ މަސައްކަތްތެރިންނަށް އޮތް ވިސާ ލިބުމުގެ ދަތިތައް ހައްލުކޮށްދެއްވާނެކަމަށާއި އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އޮތް ވިސާގެ ދަތިތައް ހައްލުކޮށްދެއްވުމަށް އިންޑިއާ ސަރުކާރާއި އެކު މަޝްވަރާ ކުރައްވާނެކަމަށް "ޓައިމްސް އޮފް އިންޑިއާ"އަށް ދެއްވި ބަސްދީގަތުމުގައި މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު ކަމަށް ޝާހިދު އައްޔަން ކުރެއްވުމަށް ފަހު އެމަނިކުފާނު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތުމަށް ވެސް ނިންމަވަފައި ވަނީ އިންޑިއާއަށެވެ. އެގޮތުން މި މަހުގެ 26 ގައި އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގަންނަވާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް