Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އޮރިއެންޓަލިސްޓުން

އޮރިއެންޓަލިސްޓުން ޙަދީޘާ ގުޅޭގޮތުން ދައްކަނީ ބުހުތާނު ވާހަކައެވެ.

އޮރިއެންޓަލިސްޓުންގެ މަސައްކަތް ބިނާވެފައި އޮންނަނީ ހަމައެކަނި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި މެދު ޝައްކު އުފެއްދުމުގެ މައްޗަށް އެކަންޏެއް ނޫނެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2018 | އަންގާރަ 01:44
ބުދު ދީނުގެ ހާމުދުރުންތަކެއް. ރާއްޖޭގައި. އޮރިއެންޓަލިސްޓުންނަކީ ވަކި ދީނެއް ޤަބޫލުކުރާ ބއެއް ނޫނެވެ.

ބުދު ދީނުގެ ހާމުދުރުންތަކެއް. ރާއްޖޭގައި. އޮރިއެންޓަލިސްޓުންނަކީ ވަކި ދީނެއް ޤަބޫލުކުރާ ބއެއް ނޫނެވެ.

އޮރިއެންޓަލިސްޓުންނަކީ ދީނީގޮތުންނާއި ފިކުރީ ގޮތުން އިސްލާމް ދީނާއި ދެކޮޅަށް އެންމެ ވަރުގަދަޔަށް ޙަރަކާތްތެރިވެ، އިސްލާމް ދީނަށާއި މުސްލިމުންނަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް މުސްލިމުންގެ ޢަޤީދާ ބަލިކަށި ކޮށްލުމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން ބައެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ ފޮތްތައް ކިޔައި ދިރާސާކޮށް އުޅޭ މުސްލިމުންނަށް ވަނީ ވަރަށް ބޮޑަށް އެކަމުގެ އަސަރުކޮށްފައެވެ. އަދި ކިއެއްތޯއެވެ. އިސްލާމްދީނަށް ނިސްބަތްވާ އެ ދަރީންނަކީ އޮރިއަންޓްލިސްޓުންގެ ވާހަކަތައް އެ ބައިމީހުންގެ ލިޔުންތަކުގައި އާއި ތަޤްރީރު ތަކުގައި އެމީހުންނާއި އެއްގޮތަށް ލިޔެ ވާހަކަ ދައްކަމުން ދާބައެކެވެ. އޮރިއެންޓަލިސްޓުންނެކޭ އެއްފަދައިން މުސްލިމް ދަރިންގެ މި ޢަމަލުތަކުން ބަޔާންކޮށްދޭން އެމީހުން ބޭނުން ވަނީ އިސްލާމީ ޝަރީޢަތަކީ އިންސާނުންނަށް އެކަށީގެންވާ ޝަރީޢަތެއް ނޫންކަމެވެ.

އަދި އިސްލާމީ ޝަރީޢަތަކީ އެއަށް އިޞްލާޙްތަކެއް ގެންނަންޖެހޭ އެއްޗެއްކަމުގައެވެ. އަދި އިސްލާމީ ޝަރީޢަތަކީ އިންސާނުންގެ ތެރޭގައި އޮންނަން ހެޔޮ ނުވާ ވަރުގެ އެއްޗަކަމަށް ދެކޭތީ މުޅި ދުނިޔެ އިން އިސްލާމްދީން ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.

ކަންމިހެން ހުރުމާއި އެކު މުސްލިމުން، އިސްލާމް ދީނުން ބޭރުކުރުމަށްޓަކައި އެމީހުން ގެންގުޅޭ ރޭވުންތެރިކަމުގެ ދަށުން، އިސްލާމް ދީނުގެ އެންމެ މުހިންމު ދެ މަޞްދަރު ކަމުގައިވާ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތާއި މެދު މުސްލިމުންގެ ހިތުގައި ޝައްކު އުފެއްދުން އެއީ އެމީހުންގެ ރޭވުމުގެ ދަށުން ކުރެވޭ މުހިއްމު އެއް ކަމަކަށް ވަނީ ހަދާފައެވެ. ސަބަބަކީ މުސްލިމުން އެދެ މަޞްދަރުގައި ހިފަހައްޓައިގެން ތިބިހާ ހިނދަކު އެބައި މީހުންގެ ސިކުނޑި އާއި ކުޅެލުމަކީ ފަސޭހަކަމަކަށް ނުވާތީ އާއި އަދި އިސްލާމީ އުއްމަތުގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުސްލިމުން އިސްލާމް ދީން ފޯރުކޮށްދީ މުސްލިމުންގެ ބާރު ދުނިޔޭގެ ކަންކަޅުތަކުގައި ގަދަވެގެން ދިޔަ ފަދައިން މިހާރު ވެސް އެކަން އެގޮތަށް ކޮށްފާނެތީއެވެ.

އާދެ! އޮރިއެންޓަލިސްޓުންގެ މަސައްކަތް ބިނާވެފައި އޮންނަނީ ހަމައެކަނި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި މެދު ޝައްކު އުފެއްދުމުގެ މައްޗަށް އެކަންޏެއް ނޫނެވެ. ކިއެއްތޯއެވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަޚްޞިއްޔަތާއި މެދު ނަފްރަތު އުފެއްދުމަކީ ވެސް އެ އެބައި މީހުންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. ބުރޮކޮލްމޭން އާއި، މޯންޓް ޖަރމީ ފަދަ އޮރިއެންޓަލިސްޓުން ވަނީ ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ނަފްސާނީ މައްސަލަތަކެއް ހުރި ބޭކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. نعوذ با الله من ذالك ބުރޮކޮލްމޭން ވަނީ ކީރިތި ޤުރުއާނަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމިއްލަފުޅަށް މައްކާގެ މުޖުތަމަޢުގައި އޮތް ޙާލަތު އިޞްލާޙް ކުރެއްވުމަށްޓަކައި ގެންނެވި އެއްޗެއް ކަމަށް ސިފަކޮށްފައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުތަކާއި ބެހޭގޮތުން އޮރިއެންޓަލިސްޓުން ގެންގުޅޭ އެންމެ މުހިންމު ދެ ފޮތަކީ ގޯލްޑް ތަޗަރުގެ "ދިރާސާތު އިސްލާމިއްޔާ" އާއި، "އުޞޫލުއްޝަރީޢަތުލް މުޙައްމަދިއްޔާ" އާއި މި ދެފޮތެވެ. "އުޞޫލުއް ޝަރީޢަތު އަލް މުޙައްމަދިއްޔާ" ގައި ބުނެފައި ވަނީ އިސްލާމީ ފިޤުހުގައި ޞައްޙަ އެއްމެ ޙަދީޘެއް ވެސް ނެތް ކަމަށެވެ. އެބައި މީހުންގެ ވާހަކަ އިން ދޭހަވެގެން ދަނީ އިސްލާމް ދީނަކީ އެއްވެސް ކަހަލަ އަޞްލެއް އަސާސެއް ނެތް އެއްޗެއްގެ ގޮތުގައެވެ. -ނުނިމޭ-

ނޯޓު: މިއީ ޑރ. ޢަބްދުﷲ ޖަމީލް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮރިއެންޓްލިސްޓުން ޙަދީޘާ ގުޅޭ ގޮތުން ދައްކަނީ ބުހުތާނު ވާހަކައެވެ.

އޮރިއެންޓްލިސްޓުން ޙަދީޘާ ގުޅޭ ގޮތުން ދައްކަނީ ބުހުތާނު ވާހަކައެވެ.

22 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު