Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިރިހެނުންގެ ދުވަސް ފާހަގަ ކުރުން

ބައެއް އޮފީސްތަކުގައި ކުލަގަދަ ގޮތެއްގައި ފިރިހެނުންގެ ދުވަސް ފާހަގަކޮށްފި

19 ނޮވެމްބަރު 2018 | ހޯމަ 09:03

ބައެއް އެހެން އޮފީސް ތަކުގައި ވެސް ވަނީ ފިރިހެނުންގެ ދުވަސް ފާހަގަ ކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ނޮވެމްބަރު 2018 | ހޯމަ 09:03
މީރާ އިން ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަފްލާގެ ތެރެއިން

މީރާ އިން ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަފްލާގެ ތެރެއިން

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ފިރިހެނުންގެ ދުވަސް ބައެއް އޮފީސްތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އިން ވަނީ އެ ތަނުގެ ފިރިހެން މުވައްޒަފުންނަށް ހާއްސަ ހަފްލާއެއް ބާއްވައި ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.

Advertisement - newsAdvertisement

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯމަ ދުވަހު މީރާގެ ފިރިހެން މުވައްޒަފުން އޮފީހަށް ދިއުމުން އެތަނުގެ އަންހެން މުވައްޒަފުން، އެ މީހުންނަށް މަރުހަބާ ކިޔާފައި ވަނީ ރަތް ދޫލައިންނެވެ. އެގޮތުން އޮފީސް ކުރިމަތީ އަޅާފައި އޮތް ރަތް ދޫލަ ވަށައިގެން އަންހެން މުވައްޒަފުން ތިބީ ރަން ތާޖުތަކެއް ހިފައިގެންނެވެ. މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ފިރިހެން މުވައްޒަފެއްގެ ބޮލުގައި ތާޖު އަޅުވާފައި ވަނީ އަންހެން މުވައްޒަފުންނެވެ.

މީރާގެ ފިރިހެން މުވައްޒަފުންނަށް މިއަދު މަރުހަބާ ކިޔަނީ

މީގެ އިތުރުން މުވައްޒަފުންގެ ފަރާތުން ހެނދުނުގެ ސައި ދިނުމާއި ކޭކް ފެޅުން ވެސް އޮތެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު މުޅި ދުނިޔޭގައި ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަނީ، ދުނިޔެ އާއި އާއިލާތަކާއި އަދި މުޖުތަމައު އަށް ފިރިހެނުން ގެނެސްދޭ ހެޔޮ އުސޫލުތަކާއި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

މީރާގެ އިތުރުން ރާއްޖޭގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގައި ފިރިހެނުންގެ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ކޮންމެ އަހަރެއްގެ ވެސް އަންހެނުންގެ ދުވަހަކީ މުޅި ރާއްޖޭގައި ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. އެ ފެންވަރުގައި ފިރިހެނުންގެ ދުވަސް ފާހަގަނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

ފިރިހެނުންގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ ކުރި މުއައްސަސާތަކުގެ ތެރޭގައި މަރުކަޒީ ބޭންކް އެމްއެމްއޭ ވެސް ހިމެނެއެވެ. އެ އޮތޯރިޓީގެ ފިރިހެން މުވައްޒަފުން އޮފީހަށް އައުމުން ވަކިވަކި އަންހެން މުވައްޒަފުން ފިރިހެން މުވައްޒަފުންނަށް މާ ހަދިޔާކުރިއެވެ. އަދި އަންހެން މުވައްޒަފުންގެ ފަރާތުން ހެނދުނުގެ ސައެއް ދިނެވެ.

އޮފީސްތަކާއި ބައެއް އަމިއްލަ ކުންފުނިތަކުގައި ވެސް އެކި ފެންވަރުގައި ވަނީ ފިރިހެނުންގެ ދުވަސް ފާހަގަ ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް