Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް ކޮމިޝަން

އާ ސަރުކާރުން އުފެއްދެވި އިތުރު މިނިސްޓްރީތަކަށް ވަގުތީ ޕީއެސް ހަމަޖައްސަވައިފި

19 ނޮވެމްބަރު 2018 | ހޯމަ 05:06

އެ ބޭފުޅުން ހަމަޖެއްސެވީ ހޯމަ ދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ނޮވެމްބަރު 2018 | ހޯމަ 05:06
ވަގުތީ ގޮތުން ޕަރމަނަންޓް ސެކްރެޓަރީންގެ ޒިންމާތައް އަދާކުރައްވާ ބޭފުޅުން

ވަގުތީ ގޮތުން ޕަރމަނަންޓް ސެކްރެޓަރީންގެ ޒިންމާތައް އަދާކުރައްވާ ބޭފުޅުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކަށް ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅުއްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަލަށް އުފެއްދި މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީ ގޮތުން ހަވާކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ޑިރެކްޓަރ ޖެނެރަލް ކަމުގައި ހުންނެވި ޙައްވާ ނަޒްލާއާއެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި އިލްޔާސް އަޙްމަދާއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީ ގޮތުން ހަވާކުރައްވާފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޝަރީފަށެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ޙަސަންއާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ފާޠިމަތު ޝާނާ ފާރޫޤްއާއެވެ.

Advertisement - newsAdvertisement

މި ބޭފުޅުންނަށް މި ޒިންމާ ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ މިކަމަށްޓަކައި ހޯމަ ދުވަހު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާއިރު އެ މިނިސްޓްރީއެއްގެ ވަޒީރަކާއި ވީހާވެސް ގުޅިގެން ސިވިލް ސަރވިސްގެ ޤާނޫނުނާއި ޤަވާޢިދާއި ކަމާގުޅުންހުރި އެހެން ޤާނޫނުތަކާއި ޤަވާޢިދުތަކާވެސް އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސިވިލް ސަރވިސްއާ ގުޅޭ މުހިންމު ލިޔެކިއުންތަކާބެހޭ މައުލޫމާތު އެބޭފުޅުންނާ ހިއްސާކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް