Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑީޕީއީ

ޖެނުއަރީ މަހު ބާއްވާ އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިމަހުގެ ފަހުކޮޅު ލިބޭނެ: ޑީޕީއީ

14 ނޮވެމްބަރު 2018 | ބުދަ 13:51

ލިޓްރޭޗަރ އަދި ޖިއޮގްރަފީގެ އިމްތިހާނުގައި ސީއެޗްއެސްއީގެ 10 ދަރިވަރުން ބައިވެރިވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 ނޮވެމްބަރު 2018 | ބުދަ 13:51
ސީއެޗްއެސްއީގެ ދަރިވަރުންތަކެއް

ސީއެޗްއެސްއީގެ ދަރިވަރުންތަކެއް

އަންނަ ޖެނުއަރީ މަހު ސީއެއްޗްއެސްއީގެ އާޓްސް ސްޓްރީމަށް ކިޔަވާ ދަރިވަރުން ހަދާ އޭލެވެލް އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިމަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބު މިހެން ވިދާޅުވީ ސީއެޗްއެސްސީގެ 11 އަދި 12 ގެ ދަރިވަރުން އަންނަ ޖެނުއަރީގައި ހަދަންޖެހޭ އިމްތިހާނެއްކަމަށްވާ ލިޓަރޭޗަރ އަދި ޖިއޮގްރަފީގެ އިމްތިހާނަށް ވަންނަން ބޭނުންވާ ސްޓޭޓްމަންޓް އޮފް އެންޓްރީ ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ޝަކީބް ވިދާޅުވީ އިމްތިހާނަށް ވަނުމަށް ބޭނުންކުރާ ސްޓޭޓްމަންޓް އޮފް އެންޓްރީ ލިބުމުގައި ބައެއްފަހަރު ލަސްތަކެއް އުޅޭ ކަމަށެވެ. އެހެން ނަމަވެސް މިމަހު ފަހުކޮޅު ސްޓޭޓްމަންޓް ލިބޭނެކަމަށް ވިދާޅުވިއެވެ.

"ސްޓޭޓްމަންޓް އޮފް އެންޓްރީ ދިނުން ލަސްވެގެން އުޅެނީ. ޕްރޮސެސްގައި އުޅެނީ. ބައެއްފަހަރު ލަސްވުންތަކެއް އާދޭ. ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ދޭނެ،" ޝަކީބު ވިދާޅުވިއެވެ.

އަންނަ ޖެނުއަރީގައި ލިޓްރޭޗަރ އަދި ޖިއޮގްރަފީގެ އިމްތިހާނުގައި ސީއެޗްއެސްއީގެ 10 ދަރިވަރުން ބައިވެރިވާނެއެވެ. އެ ދަރިވަރުންގެ ބެލެނެވެރިންގެ ކަންބޮޑުވުން ބޮޑުވެ ސީއެޗްއެސްސީގެ އިސްވެރިންނާއި އަދި ޑީޕީއޭގެ އިސްވެރިންނާއި ވެސް ވަނީ ބައްދަލުކޮށްފައެވެ.

ބެލެނެވެރިން ބުނީ ޖެނުއަރީގައި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ޖެނުއަރީމަހު އިމްތިހާނުގައި ބައިވެރި ނުވެވޭނެކަމަށް ސީއެޗްއެސްއީ އިން ބުނެފައިވާކަމަށެވެ. އެހެން ނަމަވެސް ސީއެޗްއެސްއީ އިން އެކަން ދޮގުކުރެއެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ އިމްތިހާނަށް ތައްޔާރުވުމަށް ލިޓްރޭޗަރ އަދި ޖިއޮގްރަފީ ކްލާސްތައް ނަގަމުން އަންނަކަމަށެވެ. އަދި ސްޓޭޓްމަންޓް އޮފް އެންޓްރީ ލިބުމުގައި ލަސްތަކެއް އުޅޭތީ ޑީޕީއީއާއި ވާހަކަދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކުދިންގެ ސިލަބަސް ނިންމާ އެކްސްޓްރާ ކްލާސްތައް މިހާރު މިނަގަނީ. ސްޓޭޓްމަންޓް ލިބުމުގައި ޑީޕީއޭ އާއި ވާހަކަދައްކައިގެން ކުރިއަށް މިދަނީ. އެ ޕޭރެންޓުންގެ ކަންބޮޑުވުން ހުންނާނެ ދެއްތޯ،" ސޮފޫރާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް