Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސިޝަން ކޮމިޓީތައް

ތައުލީމީ ދާއިރާ ހިންގުމަށް މި އަހަރަށް އިތުރު ފައިސާ އަދި ބޭނުންވޭ: ޓްރާންސިޝަން ކޮމެޓީ

13 ނޮވެމްބަރު 2018 | އަންގާރަ 16:07

ފަންނުވެރިން މަދުވުމުން ދަތިތަކެއް އެބަހުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 13 ނޮވެމްބަރު 2018 | އަންގާރަ 16:07
އިބްރާހިމް އިސްމާއިލް ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮން އުޅުއްވި

އިބްރާހިމް އިސްމާއިލް ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮން އުޅުއްވި

ތައުލީމީ ދާއިރާ ހިންގުމަށް މިއަހަރަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އަށް އިތުރު ފައިސާ ބޭނުންވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ޓްރާންސިޝަން ކޮމެޓީން ބުނެފި އެވެ.

ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއަހަރަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އަށް 350 މިލިއަން ރުފިޔާ މަދުވާ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"އަންނަ އަހަރު ސުކޫލްތައް ހިންގަން ފަށަންވާއިރު ރާއްޖޭގެ ސުކޫލްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ފައިސާ ވެސް ބަޖެޓްގައި ނެތް ކަމަށް މި ފާހަގަ ކުރެވެނީ. މި ވާހަކަ މި ދަންނަވަނީ މިއީ މުހިންމު ކަންކަން މި ދަނޑިވަޅު މި ކަން ކަމަށް،" އިބްރާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގައި އަމަލުކޮށްފައި ވަނީ އޮނިގަނޑުގައި ލިޔެފައިވާ އެއްޗަކާ ތަފާތުކޮށެވެ. އެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގައި އަނެއް މައްސަލަ އެއްގެ ގޮތުގައި އިބްރާހީމް އިސްމާއިލް ފާހަގަ ކުރެއްވީ ސިވިލް ސާވީސް މުވައްޒަފުން ބޭނުން ނުކޮށް ކޮންމެ ސެކްޝަނެއްގައި ވެސް ސިޔާސީ ބޭފުޅުން އިސްކޮން ތިއްބަވައިގެން ހިންގުމެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކަށީގެންވާ ވަސީލަތްތަކާއި ފަންނީ މުވައްޒަފުން ނެތުމުގެ ސަބަބުން މަތީ ތައުލީމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން ޓެބްލެޓްތައް ދިނުމާ ގުޅޭ ގޮތުން އިބްރާ ވިދާޅުވީ 71 ހާސް ޓެބްލެޓަށް ފައިސާ ސަރުކާރުން ދިން ނަމަވެސް މިނިސްޓްރީ އަށް މިހާތަނަށް ލިބިފައި ވަނީ 21 ހާސް ޓެބްލެޓް ކަމަށެވެ.

"ކޮންޓްރެކްޓަރުގެ މުއްދަތު ނިމިއްޖެ އެ ފައިސާ ދީ ހުރީ ނިމިފައި، ޓެބްލެޓްތަކަށްވީ ގޮތެއް ނޭނގެ،" އިބްރާ ވިދާޅުވި އެވެ.

މި ކޮމެޓީގައި ހިމެނޭ ކުރީގެ އެޑިކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ތައުލީމީ ދާއިރާގައި އެކަމުގެ ފަންނުވެރި މުވައްޒަފުން އެކަށީގެންވާ ވަރަށް ނެތް މައްސަލަ ވެސް ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި އަންނަ އަހަރު ކީ ސްޓޭޖު4 ތައާރަފުކުރަން ހަމަ ޖެހިފައިވާއިރު އެކަމަށް މިނިސްޓްރީން ތައްޔާރުވެފައި ނެތްކަން ވަނީ ފާހަގަ ކުރައްވާފައި ކަމަށެވެ.

މީގެ އިތުރުން ވެސް 32 ސްކޫލެއްގައި ޕްރިންސިޕަލުން ނެތްކަން ޓްރާންސިޝަން ކޮމެޓީން ހޯދި މައުލޫމާތުން ފާހަގަ ކުރެއްވުނު ކަމަށް މުސްތަފާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް