Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2019

ވޭތުވެދިޔަ ފަސް އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވޭ!

25 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ޕީއެސްޕީއައިގެ މަޝްރޫއުތަކަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2018 | އަންގާރަ 08:17
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ބްރިޖް މަޝްރޫއު

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ބްރިޖް މަޝްރޫއު

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވޭތުވެދިޔަ 5 އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 25 ބިލިޔަން ރުފިޔާ ހޭދަކުރެވިފައި ވާނީ ޕީއެސްޕީއައިގެ މަޝްރޫއުތަކަށް ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރިޔާސީ ދައުރެއްގެ ތެރޭގައި އުމްރާނީ ތަރައްގީއަށް މި ވަރުގެ ބޮޑު ހަރަދެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މިއަދު ދިވެހިންނަށް އޭގެ މަންފާ މެދުކެޑުމެއް ނެތި ލިބެމުންދާ އުމްރާނީ ތަރައްގީއަކީ އެއީ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ޕްރޮޑަކްޝަންގެ ޕޮސިބިލިޓީ ފްރަންޓް ނުވަތަ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް މި ވަގުތު ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓްތަކެއް ކުރެވިގެން ދިޔަ ފަސް އަހަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތުން ފާއިތުވެދިޔަ އަހަރުތަކުގައި މި ދެންނެވި ލަނޑުދަނޑިތައް ހާސިލްކުރުމަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 79 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރަސްމީ ރިޒާވް މީގެ ފަސް އަހަރު ކުރިން 368 މިލިޔަން ޑޮލަރުގައި ހުރިއިރު މި އަހަރުގެ ނިޔަލަށް 674 މިލިޔަން ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރައްޔިތުންގެ ހަޒާނާ މި ވަނީ ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެފައި ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ރިއަލްއެސްޓޭޓްގެ ދާއިރާއިން މި ވަގުތު ރާއްޖޭގެ އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އަނެއް ދާއިރާއަކީ އިމާރާތްކުރުމުގެ ދާއިރާ ކަމަށާއި، މީގެ އެންމެ ބޮޑު އެއް ސަބަބަކީ ވޭތުވެދިޔަ 5 އަހަރު އިގްތިސާދުގެ ދުޅަހެޔޮ ކަމާއި ސަރުކާރުން އުމްރާނީ ތަރައްގީ ކުރަމުން އަންނަ ބޮޑު ހޭދަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތް އެމްއެމްއޭގެ މިނިވަން ރިޒާވް ރިކުއަރމަންޓް ނުވަތަ ބޭންކްތަކުން އެމްއެމްއޭގައި ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭ ފާއިސާގެ މިންވަރު ވަނީ ދަށްކުރެވިފައި ކަމަށެވެ. އޭގެ ސަބަބުން ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ހާއްސަކޮށް އިމާރާތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު މި އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް 23.8 އިން ސައްތަ އިތުރުވެފައިވާ ކަމަށެވެ. އޭގެ ފާއިދާ އެ ސިނާއަތަށާއި މުޅި އިގްތިސާދަށް ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ ފިސްކަލް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު ޖުމްލަ އާމްދަނީ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 20.3 ބިލިޔަން ރުފިޔާ. އަދި 22.5 ބިލިޔަން ރުފިޔާ ހަރަދުކުރެވިފައިވޭ އެހެންކަމުން 2017 ވަނަ އަހަރު ދައުލަތުގެ ބަޖެޓް ވަނީ 2.2 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވެފައި. މިއީ ޖީޑީޕީގެ ނިސްބަތުން 3 އިންސައްތަ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް ދައުލަތުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 3.5 އިން ސައްތަ އަށް ވުރެ ކުޑަކުރެވުނު ދެވަނަ އަހަރުކަން ފާހަގަކޮށްލަން،" މިނިސްޓަރ ވިދާޅުވިއެވެ

މި ހިނގާ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް 25 ބިލިޔަން ރުފިޔާ ހަރަދުކުރެވިފައިވާއިރު ކޮންމެ އަތޮޅަކަށް އެވްރެޖްކޮށް 14 މަޝްރޫއު ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ދައުލަތުން ހަރަދުކޮށްފައިވާ މަޝްރޫއުތަކަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ދައުލަތުގެ އާމްދަނީ އިތުރުކޮށް ދަރަނި އަދާކުރުމުގެ ގާބިލްކަން އިތުރުކޮށްދޭނެ މަޝްރޫއުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަސް އަހަރުގެ ތެރޭގައި އެންމެ ފާގަހަކޮށްލެވުނު އެއް މަޝްރޫއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރޫއު ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު