Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ހައުސިން ޔުނިޓުތައް

ތިނަދޫގެ ހައުސިންގ ޔުނިޓުތައް ދޫކުރުން ހުއްޓުވުމަށް ކައުންސިލުން އޭސީސީގައި އެދިއްޖެ

10 ނޮވެމްބަރު 2018 | ހޮނިހިރު 05:52

އެ ފަދަ އަމުރަކަށް އެދިފައިވަނީ، ވަކި ޕާޓީއެއްގެ މީހުންނަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދީފައިވާތީ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 ނޮވެމްބަރު 2018 | ހޮނިހިރު 05:52
ތިނަދޫގެ ހައުސިންގ ޔުނިޓްތައް

ތިނަދޫގެ ހައުސިންގ ޔުނިޓްތައް

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ 120 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައި ވަނިކޮށް އެ ފްލެޓުތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެރަށުގެ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް ޢައްސަދު ވިދާޅުވީ ފްލެޓު ދޫކުރުން ހުއްޓުވުމަށް އެދި ވަގުތީ އަމުރެއް ނެރެދެއްވުމަށް އޭސީސީގައި ކައުންސިލުން އެދިފައިވާނެ ކަމަށެވެ. އަދި އެ ފަދަ ޢަމުރަކަށް އެދިފައި ވަނީ، އަވަސް އަރުވާލައިގެން ވަކި ޕާޓީއަކަށް ނިސްބަތްވާ ފަރާތްތަކަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދޫކޮށްފައި ވާތީއާއި، ފްލެޓުތަކަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރުވުމާއި، އެކަމުގެ ސަބަބުން ޢާންމުންގެ ތެރޭގައި މަޞްލަޙަތު ގެއްލުމުގެ ފުރުސަތު އޮތުމުން ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"މި މަސައްކަތް ވީހާވެސް ބޮޑަށް ދެފުށްފެންނަ އިންސާފުވެރި ގޮތަށް ކުރިއަށް ގެންދިއުމަށާއި އަވަސް އަރުވައިގެން ރިޔާސީ ދައުރު ނިމުމުގެ ކުރިން މި ފްލެޓުތައް ދިނުމަކީ ފްލެޓު ލިބެންޖެހޭ ހައްގުވެރިން އޭގެން މަހުރޫމްވެ، އާންމުންގެ ތެރޭގައި މަސްލަހަތު ގެއްލެން ދިމާވުމަކީ މި ކައުންސިލުން ދިމާވާން ބޭނުންވާ ކަމަކަށް ނުވާތީ، ފްލެޓު ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަށް ހުއްޓުވުމަށް ކައުންސިލުން ބޭނުންވެއެވެ" ކައުންސިލުން އޭސީސީއަށް ފޮނުވި ސިޓީގައި ވެއެވެ.

މީގެ އިތުރުން ވަގުތީ އަމުރެއް ނެރެގެން ނަމަވެސް ފްލެޓު ދޫކުރުން ހުއްޓުވައި އެކަމާ ގުޅިގެން އަންނަ ޝަކުވާތައް ވީހާވެސް މަދުކޮށް އަދި އެންމެ އިންސާފުވެރި ގޮތެއްގައި ފްލެޓު ދޫކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް އޭސީސީގައި އެ ސިޓީގައި އެދިފައެވެ. މިކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. ހިޔާ މަޝްރޫޢުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ 120 ފްލެޓުތަކުގެ ތެރެއިން ފުލެޓުތަކުގެ އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް 238 ފޯމު ވަނީ ހުށަހަޅާފައެވެ. ސީ ކެޓަގަރީގެ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކަން ހަމަޖައްސާފައިވާ ފްލެޓު ތަކެކެވެ.

Advertisement - newsAdvertisement

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

ޕީޕީއެމުން އައްޑޫގައި ބާއްވާ އިވެންޓަކަށް ދިއުމަށް ހައުސިންގެ މުއައްޒަފުންނަށް މަޖުބޫރުކުރުވަނީ!

12 އޯގަސްޓު 2017
ޕީޕީއެމުން އައްޑޫގައި ބާއްވާ އިވެންޓަކަށް ދިއުމަށް ހައުސިންގެ މުއައްޒަފުންނަށް މަޖުބޫރުކުރުވަނީ!
10 ޖޫން 2017

ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

10 ޖޫން 2017
ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި
08 ޖޫން 2017

ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

08 ޖޫން 2017
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި
12 މެއި 2017

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

12 މެއި 2017
ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް