Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތޮލްހަތު އިބްރާހީމް ކަލޭފާނު

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތުވެސް މިނިވަން ކޮށްފި

8 ނޮވެމްބަރު 2018 | ބުރާސްފަތި 12:11

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ، ހުށަހެޅިފައިވާ މައްސަަލައަށް ވަކި ގޮތެއް ނިމެންދެން ހުކުމް ތަންފީޒު ކުރުން މަޑުޖައްސާ ލުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ނޮވެމްބަރު 2018 | ބުރާސްފަތި 12:11
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު (މެދުގައި)

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު (މެދުގައި)

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 10 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

މި މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓަށް ތޮލްހަތުގެ ފަރާތުން ހުށަހަޅާފައިވާ މަސައްލައަށް ވަކިގޮތެއް ނިމެންދެން ތޮލްހަތުވެސް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު މިވަނީ ލިބިގެން ގޮސްފައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރުގައި ވަނީ ކްރިމިނަލް ކޯޓުން ތޮލްހަތު ޖަލަށްލުމަށް ކުރިހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ، ތޮލްހަތުގެ ފަރާތުން ހައިކޯޓުގެ ނިންމުން މީގެކުރިން ސުޕްރީމް ކޯޓަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށް ތޮލްހަތުގެ ފަރާތުން މިމަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އެދިފައިވާ ކަށެވެ.

ތޮލްހަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ވަކި ގޮތެއް ސުޕްރީމް ކޯޓުން ކަނޑައަޅެންދެން، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އެއަމުރުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ތޮލްހަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި، އެހުކުމް ތަންފީޒު ކުރުމުގެ ގޮތުން ތޮލްހަތު އާމެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.

ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އެ ހުކުމް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމުގެ ދައުވާ ސާބިތުވުމުންނެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމުން، ހައިކޯޓުންވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެ ހުކުމަށް ތާއީދުވެސް ކޮށްފައެވެ.

ތޮލްހަތުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީނަމަވެސް، ފާއިތުވި ދެ އަހަރު ތޮލްހަތު ހުންނެވީ ގޭބަންދުގައެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާ ހުންނެވި ޖަލު ގޮޅި މަރާމާތުކޮށް ނުނިމޭތީ ކަމަށް ކަރެކްޝަނުން ދާދިފަހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް