Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފަރު އެއާޕޯޓް

މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އޭސީސީން އަންގައިފި

8 ނޮވެމްބަރު 2018 | ބުރާސްފަތި 14:26

ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް މަހްރީން ސަސްޕެންޑް ކުރުމަށްވެސް ސީއެސްސީގައި އޭސީސީން ވަނީ އެދިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 ނޮވެމްބަރު 2018 | ބުރާސްފަތި 14:26
މާފަރު އެއަރޕޯޓް ރައީސް ޔާމީން ހުުޅުއްވައި ދެއްވަނީ. މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އޭސީސީން ވަނީ އެދިފައި

މާފަރު އެއަރޕޯޓް ރައީސް ޔާމީން ހުުޅުއްވައި ދެއްވަނީ. މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އޭސީސީން ވަނީ އެދިފައި

ރިޔާސީ އިންތިޚާބާއި ދިމާކޮށް ނ. މާފަރުގައި ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި އެއަރޕޯޓު ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އެންޓިކަރަޕްޝަން ކަމިޝަން، އޭސީސީ އިން ރީޖަނަލް އެއަރޕޯޓަށް އަންގައިފިއެވެ.

އޭސީސީން ބުނީ އެމަސައްކަތް ހުއްޓުވާފައި ވަނީ މާފަރު އެއަރޕޯޓް ދިނުމުގައި ބިޑިން ޕްރޮސެސްގައި ކަރަޕްޝަން އެކުލެވޭ ކަމަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރާތީ ކަމަށެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ސަރުކާރަށް ދިން 60 މިލިއަން ޑޮލަރު (927 މިލިއަން ރުފިޔާ) އިން ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އެންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ.

Advertisement - newsAdvertisement

އެމައްސަލައިގެ ތަހުގީގު ތެރެއިން ރީޖަނަލް އެއަރޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު މަހްރީން ސަސްޕެންޑު ކުރުމަށް އޭސީސީ އިން ސިވިލް ސާރވިސް ކަމިޝަން ގައި ވަނީ އެދިފައެވެ. މަހުރީން ސަސްޕެންޑު ކުރަން އެންގީ މާފަރު އެއަރޕޯޓާ ގުޅިގެން ލިބުނު ޝަކުވާގެ މައްސަލަ އެއް ބަލަމުންދާތީ ކަމަށް އޭސީސީން ބުނެއެވެ. އެހެން ނަމަވެސް މަހްރީން ސަސްޕެންޑް ކުރިކަމެއް އަދި ސާފެއް ނުވެއެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން ހަދާފައިވާ މާފަރު އެއަރޕޯޓްގައި 2،200 މީޓަރުގެ ރަންވޭއެއް ވަނީ ހަދާފަ އެވެ. އެއަރޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. މި އެއަރޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއަރބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މާފަރު އެއަރޕޯޓު ހުޅުވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް