Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ކޯޓް

ވިސާމަށް ކުށް ސާބިތުނުވި ހުކުމުގެ އިސްތިއުނާފު ފަށަނީ

6 ނޮވެމްބަރު 2018 | އަންގާރަ 08:30

ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރީ މިދިޔަ އަހަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 ނޮވެމްބަރު 2018 | އަންގާރަ 08:30
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް: އޭނާއަށް ކުރި ދެ ވަނަ ދައުވާގެ އިސްތިއުނާފު ފަށަން ވަނީ ނިންމާފައި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް: އޭނާއަށް ކުރި ދެ ވަނަ ދައުވާގެ އިސްތިއުނާފު ފަށަން ވަނީ ނިންމާފައި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ފަށަން ތައްޔާރު ވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ކަވަރު ކުރަމުން ދަނިކޮށް، ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ، އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މި މަހު ފަހުކޮޅު ހައި ކޯޓުގައި ފަށަން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް މި މަހުގެ 27 ވަނަ ދުވަހު ހައި ކޯޓަށް ހާޒިރުވުމަށް ވިސާމަށް ވަނީ ޗިޓު ފޮނުވާފައެވެ. ކްރިމިނަލް ކޯޓުން ވިސާމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

ވިސާމުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ވަން ކަމަށް ބުނެއެވެ. އެ ދައުވާ ވިސާމްގެ މައްޗަށް އުފުލީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ވިސާމް ހައްޔަރު ކުރި ސަރަހައްދުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބި އެހެން ބަޔަކު ވެސް ތިބި މަންޒަރު ވީޑިއޯތަކުން ފެންނަ ކަމަށާއި، އެހެންކަމުން އެ ސަރަހައްދުގައި ނޫސްވެރިން ތިބުމަކީ ގާނޫނީ ގޮތުން ބަލާއިރު ފުލުހުންގެ ދައުރަށް ދަތިކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ވިސާމުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފޫޓޭޖްގެ ޗެއިން އޮފް ކަސްޓޮޑީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ވީޑިއޯގެ ސައްޚަ ކަމާ މެދު ގާޒީ ވަނީ ސުވާލު އުފައްދާފައެވެ.

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ، ވިސާމްގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ފަށަން ތައްޔާރުވެފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުކޮށްފައި ވަނިކޮށެވެ. އެ ދައުވާ ސާބިތުކޮށް، ވިސާމް ވަނީ 28،800 ރުފިޔާ އިން އޭނާ ޖޫރިމަނާ ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް