Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބީ ރައީސް ސޯލިހު

ސަރުކާރުގެ މަސައްކަތްތައް ބިނާވެގެން ދާނީ ރައްޔިތުންގެ މަޝްވަރާއާ އެކު ރައްޔިތުންނާ ގާތުން: އިންތިޚާބީ ރައީސް

7 ނޮވެމްބަރު 2018 | ބުދަ 16:47

ރައްޔިތުންގެ މަޝްވަރާ އަޅުގަނޑުމެން އަޑުއަހާނަން.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 ނޮވެމްބަރު 2018 | ބުދަ 16:47
އިންތިޚާބީ ރައީސް އެހެން ލީޑަރުންނާ އެކު ރޭގެ ބައްދަލުވުމުގައި

އިންތިޚާބީ ރައީސް އެހެން ލީޑަރުންނާ އެކު ރޭގެ ބައްދަލުވުމުގައި

ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގެ މަސައްކަތްތައް ބިނާވެގެން ދާނީ ރައްޔިތުންގެ މަޝްވަރާއާ އެކު ރައްޔިތުންނާ ގާތުން ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޒީރާ ހޮޅުއަށި" ގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޢާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭ ގެ ރަންނަބަނޑޭރި މާލަމުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކައަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުމަށްޓަކައި ރައްޔިތުންނާ މަޝްވަރާ ކުރައްވާނެކަން ކަމަށެވެ.

"އަޅުގަނޑުމެން މިއައީ ތިބޭފުޅުން ދައްކާ ވާހަކަ އަޑުއަހަން. އެނގިވަޑައިގަންނަވާނެ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އަޅުގަނޑުމެން ދައްކަމުންދިޔަ ވާހަކައަކީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ރަނގަޅަށް އެޚިދުމަތްތައް ދިނުމަށްޓަކައި ރައްޔިތުން ބޭނުންވާ ގޮތަށް ދިނުމަށްޓަކައި ރައްޔިތުންގެ އަޑުއަހަން ޖެހޭ ވާހަކަ. މިރޭ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިފަށަނީ އެމަސައްކަތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތްތައް ބިނާވެގެން ދާނީ ރައްޔިތުންގެ މަޝްވަރާ އާއި ރައްޔިތުންގެ އަޑުއެހުމާ އެކީގައި ރައްޔިތުންނާ ވަރަށް ގާތުން. އެގޮތުން ރައްޔިތުންގެ މަޝްވަރާ އަޅުގަނޑުމެން އަޑުއަހާނަން. އަދި ސިވިލް ސޮސައިޓީތަކާއި އެންޖީއޯތަކުގެ ބައިވެރިވުން އިތުރު ކުރެވިގެން ދާނެ. އަދި ރައްޔިތުންނަށްދޭ ޚިދުމަތްތައް އަޅުގަނޑުމެން ދެމުން ގެންދާނީ ސިޓީ ކައުންސިލްތަކާއި ރަށުކައުންސިލްތައް މެދުވެރިކޮށް ލާމަރުކަޒީ އުސޫލުން" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

Caption

އިންތިޚާބީ ރައީސް ސޯލިހް ވިދާޅުވީ މިފެށުނު ބައްދަލުވުންތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާ ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ބައްދަލުވުންތަކެއް ކަމަށެވެ. އަދި މިބައްދަލުވުންތައް ބާއްވާނީ ހަމައެކަނި މާލޭގައި ނޫންކަމަށާއި އެހެން ރަށްރަށުގައި ވެސް ބާއްވާނެ ކަމަށެވެ.

ހޯމަދުވަހުގެރޭގެ ބައްދަލުވުން އަމާޒުކޮށްފައި ވަނީ "މާލޭގެ މަގުމަތި" މިމައުޟޫއަށެވެ. މާލޭގެ މަގުމައްޗަށް އިޝާރާތް ކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ ޖަޒީރާ ރާއްޖެއަކަށް ހެދުމަށްޓަކައި މާލޭގެ މަގުމައްޗަކީ ހިތްފަސޭހަ ތަނަކަށް ވާންޖެހޭ ކަމަށެވެ.

"ލާމަރުކަޒީ ރާއްޖެ ޖަޒީރާ ރާއްޖެ ތަރައްޤީކުރުމަށްޓަކައި މާލެ އެބަޖެހޭ ހިތްފަސޭހަ ތަނަކަށް ވާން. މާލެ ރަނގަޅު ދިރިއުޅޭ ތަނަކަށް ވާނީ ރާއްޖެ ލާމަރުކަޒީ ނިޒާމަކުން ތަރައްޤީ ކުރެވިގެން." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް